ތުރުކީ ކަޓުވާލައި ޕެރަގުއޭ އަށް އުންމީދެއް

Jun 20, 2026, 10:09 AM
ތުރުކީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕެރަގުއޭ ކުޅުންތެރިން އުފާފާޅުކުރަނީ.

ތުރުކީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕެރަގުއޭ ކުޅުންތެރިން އުފާފާޅުކުރަނީ.

ސެން ފްރަންސިސްކޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 20) - ތުރުކީގެ މައްޗަށް 1-0 އިން ކުރިހޯދައި ޕެރަގުއޭ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުރިއަށްދިއުމުގެ އުންމީދު ހޯދައިފި އެވެ. 

ގްރޫޕް ޑީގެ ފުރަތަމަ މެޗުތަކުން މި ދެ ޓީމު ވެސް ވަނީ ބަލިވެފަ އެވެ. ޕެރަގުއޭ 4-1 އިން އެމެރިކާ އަތުން ބަލިވިއިރު، ތުރުކީ ވަނީ 2-0 އިން އޮސްޓްރޭލިއާ އަތުން ބަލިވެފަ އެވެ.  ރޭ އޮސްޓްރޭލިއާ އަތުން އެމެރިކާ ވަނީ 2-0 އިން މޮޅުވެ، ދެ ވަނަ ބުރަށް ދަތުުރުކޮށްފަ އެވެ. އަދި، ތުުރުކީ ވަނީ ޕެރަގުއޭ އަތުން ބަލިވެ ކަޓައިފަ އެވެ.

މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 32 ޓީމުގެ ބުރަށް ދިޔައި އެމެރިކާ އެވެ. ދެ ވަނައިގައި މި ވަގުތު އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު އޮސްޓްރޭލިއާ އެވެ. ތިން ވަނައިގައި އޮތް ޕެރަގުއޭ އަށް ވެސް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ސައުވީސް އަހަރަށް ފަހު ވޯލްޑް ކަޕަށް އައިސް ފުރަތަމަ ދެ މެޗުން ބަލިވެ، ތުރުކީ ވަނީ ކަޓައިފަ އެވެ. 

ތުރުކީ ކޮޅަށް ޕެރަގުއޭ އިން މެޗުގައި ލަނޑު ޖެހީ 65 ސިކުންތު ތެރޭގަ އެވެ. އެއީ، ޖޫލިއޯ އެންސީސޯ ދިން ބޯޅައަކުން ގަލާޒާ ޖެހި ގޯލެކެވެ. މިއީ، މި ފަަހަރުގެ ވޯލްޑް ކަޕްގައި ފެނުނު އެންމެ އަވަސް ގޯލެވެ. ރޭ މޮރޮކޯގެ އިސްމާއިލް ސައިބާރީ 70 ސިކުންތުން ޖެހި ލަނޑުގެ ވަގުތަށް ވުރެން އަވަހަށް ގަލާޒާ ވަނީ ލަނޑު ޖަހައިފަ އެވެ. 

ޕެރަގުއޭ އިން މި މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މިގޭލް އަލްމިރޯން އަށް ރަތެއް ދެއްކުމުންނެވެ. އަލްމިރޯން އަށް ރަތެއް ދެއްކީ، ހަމަނުޖެހުމެއް ހިނގި ވަގުތުގައި އަނގަމަތީގައި އަތްއަޅައިގެން ވާހަކަ ދައްކާފައިވާތީ އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި އަމަލުކުރަން ފެށި ގަވާއިދަކަށް ބަލައިފައި ދެއްކި ރަތްް ކާޑެކެވެ. 

ދެކުނު ކޮރެއާ އާއި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުމަށް ފަހު، ދެން ވޯލްޑް ކަޕަށް ކޮލިފައިވާން ގިނަ އަހަރުތަކެއް އިންތިޒާރުކުރަން ޖެހުނު، ތުރުކީން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗު ވެސް ޑޮމިނޭޓްކުރި އެވެ. އެކަމަކު، ދެ މެޗުގައި ޖުމްލަ އެކު، 62 ޝޮޓް ފޮނުވާލިއިރު، އެންމެ ގޯލެއް ވެސް ޖެހިފައިނުވެ އެވެ. އަދި، އެ ދަށް ރެކޯޑާ އެކު، އެމެރިކާއާ ދެކޮޅަށް ކުޅޭ މެޗު ބާކީ އޮއްވައި ތުރުކީ މި ވަނީ ކަޓައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox