އޮސްޓްރޭލިއާ ބަލިކޮށް އެމެރިކާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް

Jun 20, 2026, 2:10 AM
އޮސްޓްރޭލިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމެރިކާގެ ފްރީމަން އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

އޮސްޓްރޭލިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމެރިކާގެ ފްރީމަން އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ސިއޭޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 20) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ އެމެރިކާ އިން މިރޭ ކުޅުނު މެޗުގައި 2-0 އިން އޮސްޓްރޭލިއާ ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަަވަރުކޮށްފި އެވެ. 

މިއީ، 1930 ވަނަ އަހަރުގެ ފަހުން އެމެރިކާ އިން ވޯލްޑް ކަޕެއްގެ ފުރަތަމަ ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި 48 ގައުމުން ވާދަކުރާއިރު، ގްރޫޕް ސްޓޭޖަށް ފަހު ދެން އޮންނާނީ ގަދަ 32 ޓީމުގެ ބުރެވެ. އެ ބުރުގައި ކުޅޭނީ 12 ގްރޫޕްގެ ގަދަ ދެ ޓީމާއި ބާރަ ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ އަށް ޓީމެކެވެ. އެ ގޮތުން، ބާކީ މެޗެއް އޮއްވައި މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ޔަގީންކުރި އެއް ޓީމަކީ، މި ފަހަރުގެ އެއް ހޯސްޓް، މެކްސިކޯ އެވެ. ގްރޫޕް ޑީގައި، އެމެރިކާ މި ވަނީ ދެ ވަނަ ބުރުގެ ޖާގަ ހޯދައިފި އެވެ. 

އެމެރިކާ އިން ވަނީ އެންމެ ފަހުން ވާދަކުރި ތިން ވޯލްޑް ކަޕްގައި ވެސް ގަދަ 16 ބުރުގައި ކުޅެފަ އެވެ. އެއީ، ސައުތު އެފްރިކާގައި 2010 އާއި ބްރެޒިލްގައި 2014 އަދި ގަތަރުގައި 2022 ވަނަ އަަހަރު ބޭއްވި ވޯލްޑް ކަޕްތަކުގަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައިނުވެ އެވެ. 

ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުތަކުން، އެމެރިކާ އިން ޕެރަގުއޭ ބަލިކުރިއިރު، އޮސްޓްރޭލިއާ އިން ވަނީ ތުރުކީގެ މައްޗަށް ކުރިހޯދައިފަ އެވެ. މެޗުން މޮޅުވެގެން ދެ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުކުރަން ދެ ޓީމަށް ވެސް އޮތީ ހުޅުވިފަ އެވެ.

އެމެރިކާ އިން މި މެޗަށް ނުކުތްއިރު އެންމެ ބޮޑު ނުތަނަވަސްކަމަކީ، އެ ޓީމުގެ ތަރި، ކްރިސްޓިއަން ޕުލިސިޗްގެ ފަޔަށް ލިބުނު އަނިޔާއަކާ ހެދި މި މެޗުގައި ނުކުޅެވުމެވެ. އެކަމަކު، ޕެރަގުއޭ މެޗެކޭ އެއްގޮތަށް އެމެރިކާ އިން މި މެޗުގައި ވެސް ލީޑުނެގީ ބައިކޮޅަށް ވަން ގޯލަކުންނެވެ. އެ ގޮތުން، މެޗުގެ 11 ވަނަ މިނިޓްގައި، އޮސްޓްރޭލިއާގެ ކެމަރަން ބާގަސް އަތުން ބައިކޮޅަށް ލަނޑެއް ވަދެ، އެމެރިކާ އިން ލީޑުނެގި އެވެ. 

އެކަމަކު، ޖެހިގެން އައި މިނިޓްގައި މެތިއު ލެކީ ވަނީ އޮސްޓްރޭލިއާ އަށް އެއްވަރުކޮށްދިނުމާ ގާތަށް ޖެހިލައިފަ އެވެ. އޭރިއާ ރޮނގުކައިރިން ލެކީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން ވެސް އޮސްޓްރޭލިއާ އަށް ކައުންޓަ އެޓޭކުގައި ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. 

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، އޮސްޓްރޭލިއާ އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި އެެމެރިކާ އިން ދެ ވަނަ ލަނޑު ޖަހައި ލީޑުފުޅާކުރި އެވެ. އެ ގޮތުން، މި ލަނޑު ޖެހީ އެމެރިކާގެ އަލެކްސް ފްރީމަން އެވެ. މި ލަނޑު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑްވިތޯ ޔަގީންކުރުމަށް ފަހު އެވެ. 

އޮސްޓްރޭލިއާ އިން ދެ ވަނަ ހާފަަށް ނުކުތީ ތިން ބަދަލެއް ގެނެސްގެންނެވެ. ބަދަލުތަކާ އެކު އޮސްޓްރޭލިއާގެ އެޓޭކް ރަނގަޅުވި އެވެ. 

އެ ގޮތުން، އޮސްޓްރޭލިއާގެ ނެސްޓޯރީ އިރަކުންޑާ ދިން ބޯޅައަކުން އޭރިއާތެރެއިން ހުސްކޮށް ހުރެފައި، ކްރިސްޓިއަން ވޮލްޕާޓޯ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި، އޭގެ ފަހުން ވެސް އެމެރިކާ އޭރިއާތެެރެއިން އޮސްޓްރޭލިއާ އަށް ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox