މެސީ އަށް އެމެރިކާ ލީގުގެ ރެކޯޑެއް

May 10, 2026, 9:32 AM
ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ.

ޓޮރޮންޓޯ، ޔުނައިޓެޑް ސްޓޭޓްސް (މެއި 10) - އިންޓަ މިއާމީގެ ކެޕްޓަން، އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ، އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި ހާއްސަ ރެކޯޑެއް ގާއިމްކޮށްފި އެވެ.

އެ ގޮތުން، މެސީ އަކީ އެންމެ އަަވަހަށް އޭނާ ހިއްސާވެގެން، އެންމެ މަދު މެޗުން 100 ގޯލު ހަމަކުރި ކުޅުންތެރިޔާ އެވެ. 

ޓޮރޮންޓޯ އަތުން 4-2 އިން އިންޓަ މިއާމީ މޮޅުވި މެޗުގައި މެސީ ވަނީ ސާޖިއޯ ރެގީއޯން އާއި ލުއިސް ސުއަރޭޒް ޖެހި ލަނޑަށް ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން ރޮޑްރީގޯ ޑެ ޕޯލް ދިން ބޯޅައަކުން ލަނޑެއް ވެސް ޖަހައިފަ އެވެ. މި މެޗުގައި އިންޓަ މިއާމީގެ އަނެއް ލަނޑު ޖެހީ ޑެ ޕޯލް އެވެ. މި މެޗުގައި ޓޮރޮންޓޯގެ ދެ ލަނޑު ވެސް ޖެހީ އެމީލިއޯ އަރިސްޓިޒަބާލް އެވެ. 

ރޭގެ ލަނޑާއި ދެ އެސިސްޓާ އެކު، މެސީ ވަނީ އެމްއެލްއެސްގައި ކުޅުނު 64 މެޗުން 100 ގޯލުގައި ހިއްސާ އަދާކޮށްފަ އެވެ. މިއީ، ރެކޯޑެކެވެ. މީގެ ކުރިން އެންމެ އަވަހަށް 100 ގޯލުގައި ހިއްސާ އަދާކުރި ޓޮރޮންޓޯގެ ސަބެސްޓިއަން ޖިއޮވިންކޯ އަށް އެކަން ހާސިލްވީ 95 މެޗުންނެވެ. 

ޕީއެސްޖީ ދޫކޮށް، 2023 ވަަނަަ އަހަރު އިންޓަ މިއާމީ އަށް ބަދަލުވެ، މިހާތަނަށް މެސީ ވަނީ ކުޅުނު މެޗުތަކުގައި 59 ގޯލު ޖަހައި، 41 ގޯލު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އިންޓަ މިއާމީއާ އެކު މެސީ ވަނީ އެމްއެލްއެސް ކަޕާއި ލީގްސް ކަޕާއި ސަޕޯޓާސް ޝީލްޑް ހޯދައިފަ އެވެ. އަދި، އޭނާ އަކީ މިދިޔަ ދެ އަހަރު ވެސް އެމްއެލްއެސްގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. 

ރޭގެ ނަތީޖާއާ އެކު، އެމްއެލްއެސް އީސްޓާން ކޮންފަަރެންސް ލީގު ތާވަލުގައި އިންޓަ މިއާމީ އޮތީ ތިން ވަނައިގަ އެވެ. އެއީ، ނޭޝްވިލް އެފްސީ އާއި ނިއު އިންގްލެންޑް ރިވޮލިއުޝަން ފަަހަތުންނެވެ. ނޭޝްވިލް އަށް 11 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ، ދެ ވަނައިގައި އޮތް ނިއު އިންގްލެންޑް ރިވޮލިއުޝަން އަށް 11 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ މިއާމީ އަށް ވެސް ވަނީ އެ އަދަދަށް މެޗު ކުޅެގެން އެ ވަރަށް ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، ލަނޑުގެ ތަފާތުން ކުރި ލިބެނީ ނިއު އިންގްލެންޑް ރިވޮލިއުޝަން އަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox