ރޮނާލްޑޯ އަށް އޮތީ އިހުތިރާމް، ޒާތީ ކަމެއް ނެތް: މެސީ

May 9, 2026, 7:54 AM
އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ

އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މެއި 9) - ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަރަށް ބޮަޑަށް އިހުތިރާމް އެބައޮތް ކަމަށާއި ޒާތީ ގޮތުން އެއްވެސް ކަމެއް ނެތް ކަމަށް އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ބުނެފި އެވެ. 

ގާތްގަނޑަށް ވިއްސަކަށް އަހަރަށް ދިގު ދެމިގެންދާ އެކާވީސް ވަނަ ގަރުނުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން ކުރިއަށްދަނީ މެސީ އާއި ރޮނާލްޑޯއާ ދެމެދުގަ އެވެ. ދެ ކުޅުންތެރިން އެއްކޮށް ބަލާނަަމަ، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ވަނީ 13 ފަހަރު ހޯދައިފަ އެވެ. އެހެންވެ، މި ދެ ކުޅުންތެރިންގެ މެދުގައި އޮތް ވާދަވެރިކަން ވަނީ ސަޕޯޓަރުންގެ މެދުގައި ވެސް ބޮޑުވެފަ އެވެ. 

އާޖެންޓީނާގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި، އެމެރިކާގެ ކްލަބް، އިންޓަ މިއާމީގެ ކެޕްޓަން، މެސީ ބުނީ، ރޮނާލްޑޯއާ ދެމެދު އޮތީ އާދަޔާހިލާފަށް ކަމުދިޔަ ކުޅިވަރުގެ ވާދަވެރިކަމެއް ކަމަށެވެ. 

"ދުނިޔޭގެ ފުޓްބޯޅައިގައި ނެޗުރަލް ކަމެއްގެ ގޮތުގައި ފެށިގެންދިޔައީ. އަހަރެން ކުޅުނީ ބާސެލޯނާ އަށް. އޭނަ ހުރީ ރެއާލް މެޑްރިޑްގައި. އަހަރެމެން ކުޅެމުން އައި ދެ ޓީމު ހުރިހާ ތަށްޓަކަށް ވާދަކުރަމުންދިޔައިރު، އަހަރެމެން ދެ މީހުން ދިޔައީ އިންޑިވިޖުއަލީ ހުރިހާ ޓްރޮފީ އަކަށް ވާދަކުރަމުން. އެހެންވީމަ، އެންމެން ދިޔައީ އަހަރެމެން އަޅާ ކިޔުމުގެ މަސައްކަތް ކުރަމުން،" މެސީ ބުންޏެވެ. 

"އެކަމަކު، އަހަރެމެންގެ ގުޅުން އޮތީ ބަދަހިކޮށް އިހުތިރާމާ އެކު. ހިނގިކަމެއް ހިނގާފައި އެ އޮތީ ކުޅިވަރުގެ ރޫހުގައި އެ އޮންނަ ވާދަވެރިކަމެއްގެ ތެރެެއިން. ޒާތީ އެއްވެސް ކަމެއް މިކަމުަގައި ނެތް،" 

މެސީ ބުނީ، ރޮނާލްޑޯއާ އަބަދުވެސް ބައްދަލުވެފައި އޮތީ މެޗުތަކާއި އެވޯޑް ހަފްލާތަކުން ކަމަށެވެ. އަދި، އޭނާ އާއި ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ވެސް މިހާރު ކެރިއަރުގައި އެ ހުރި ހިސާބުން ވިސްނުމަކަށްވާނީ ހަމަޖެހިލަައިގެން ކެރިއަރު ކުރިއަށްގެންދިއުން ކަމަށް މެސީ ވަނީ ބުނެފަ އެވެ. 

އަންނަ މަހު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕަކީ މެސީ އާއި ރޮނާލްޑޯ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ފެންނާނެ ފަހު ފަހަރެވެ. މިއީ، މެސީ އާއި ރޮނާލްޑޯ ކުޅޭ ފަހު ވޯލްޑް ކަޕް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox