ރޮނާލްޑޯ ޖޫނިއާ އަލް ނަސްރު ސީނިއާ ޓީމަށް ޕްރޮމޯޓްކުރަނީ: ރޮނާލްޑޯއާ އެކު މެޗަކުން ފެނިދާނެ!

Apr 22, 2026, 8:45 AM
ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ.

ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ.

ރިޔާދު، ސައުދީ އަރަބިއްޔާ (އޭޕްރީލް 22) - ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު) ގެ އަލް ނަސްރުގެ ސީނިއާ ޓީމަށް، 16 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ ޕްރޮމޯޓްކުރުމަށް އެ ކްލަބްގެ ކޯޗިން ޓީމުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އަލް ނަސްރުގެ ޔޫތު ޓީމުގަައި ރޮނާލްޑޯ ޖޫނިއާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ސައުދީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަންނަ ސީޒަނުގައި، އަލް ނަސްރުގެ ސީނިއާ ޓީމަށް ނަގާ ޒުވާން ކުޅުންތެރިންގެ ތެރޭގައި، ރޮނާލްޑޯ ޖޫނިއާ ހިމެނުމުގެ ފުރުސަތު ބޮޑެވެ. މާނަ އަކީ، އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އާއި އޭނާގެ ދަރިފުޅު، ރޮނާލްޑޯ ޖޫނިއާ އެއް ދަނޑުން ފެނުމުގެ ފުރުސަތު ބޮޑުވީ އެވެ. 

ކްރިސްޓިއާނޯ ރޮނާލްޑޯ، މީގެ ތިން އަހަރު ކުރިން އަލް ނަސްރަށް ބަދަލުވުމާ އެކު، އޭނާއާ އެކުގައި، ރޮނާލްޑޯ ޖޫނިއާ ވެސް އަލް ނަސްރާ ގުޅުނެވެ. ރޮނާލްޑޯ ޖޫނިއާ އަންނަނީ ޕޯޗުގަލްގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެމުންނެވެ. 

ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ (ވ) އާއި ރޮނާލްޑޯ (މ) އަދި ރޮނާލްޑޯގެ ލޯބިވެރިޔާ، ޖޯޖީނިއާ.
ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ (ވ) އާއި ރޮނާލްޑޯ (މ) އަދި ރޮނާލްޑޯގެ ލޯބިވެރިޔާ، ޖޯޖީނިއާ.

އެކަމަކު، ފީފާގެ އުސޫލުތަކާއި އެކި ގައުމުތަކުގައި ރަށްވެހިކަން ލިބޭ ގާނޫނުތަކަށް ބަލާއިރު، ފަސް ގައުމެއްގެ ތެރެއިން ބޭނުން ގައުމެއް ތަމްސީލްކުރުމުގެ ފުރުސަތު ރޮނާލްޑޯ ޖޫނިއާ އަށް އެބައޮތެެވެ.

އެ ގޮތުން، މި ވަގުތު ކުޅެމުން އަންނަ ޕޯޗުގަލްގެ ސީނިއާ ޓީމަށް ކުޅެން މި ވަގުތު ވެސް ރޮނާލްޑޯ ޖޫނިއާ އަށް ނިންމިދާނެ އެވެ.

އޭގެ އިތުރުން، އޭނާ އުފަންވެފައިވަނީ، އެމެރިކާގެ ކެލިފޯނިއާ އަށް ކަމަށްވާއިރު، އެ ގައުމުގެ ރަށްވެހިކަން ހޯދައި، އެ ޓީމަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ. ސްޕެއިން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު، ރޮނާލްޑޯ ޖޫނިއާ އަށް ހުޅުވިފައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑަށް ކުޅުނުއިރު، ސްޕެއިނުގައި ތިން އަހަރަށް ވުރެން ދިގު މުއްދަތެއްގައި އުޅެފައިވާތީ، އެ ގައުމުގެ ރަށްވެހިކަން ހޯދައިގެންނެވެ.

އިންގްލެންޑް ގައުމީ ޓީމަށް ކުޅެން ނިންމުމުގެ އިހުތިޔާރު، ރޮނާލްޑޯ ޖޫނިއާ އަށް އޮތީ 2021-2023 އަށް މެންޗެސްޓާ ޔުނައިޓެޑަށް ރޮނާލްޑޯ ކުޅުނުއިރު، އެ ގައުމުގެ ގްރާސްރޫޓު ލެވަލްގައި ކުޅެ، އެ ގައުމުގެ ރަށްވެއްސަކަށް ވުމަށް ހުށަހަޅައި ކަންކަން ފުރިހަމަކުރެވޭނެތީ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަ، މާރިއާ ޑޮލޯރެސް އުފަންވެފައިވަނީ، ކޭޕް ވާޑް އަށް ކަމަށްވާތީވެ، އެ ގޮތުން، ރޮނާލްޑޯ ޖޫނިއާ އަށް، އެ ގައުމުގެ ދަރިފަސްކޮޅަށް ނިސްބަތްވާތީ، ކޭޕް ވާޑް އަށް ކުޅެން ވެސް ނިންމުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox