މޮރޮކޯ މުބާރާތުގައި އިޔަން އަށް ރަނގަޅު ތަޖުރިބާއެއް

Feb 2, 2026, 6:11 AM
މޮރޮކޯ މުބާރާތުގައި އިޔަން އަށް ރަނގަޅު ތަޖުރިބާއެއް

މޮރޮކޯގައި މިހާރު ކުރިއަށްދާ މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕުގެ ޖޫނިއާ ބައިގައި ވާދަކޮށް ރާއްޖޭގެ ހުނަރުވެރި ބޮޑީބޯޑަރު، އިޔަން އަހުމަދު ރަނގަޅު ތަޖުރިބާއެއް ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަން، އިޔަން ވަނީ ޖޫނިއާ ބައިގެ ދެ ވަނަ ބުރުގައި ވާދަކޮށްފަ އެވެ.

ގައުމީ ޓީމެއްގެ ގޮތުގައި، ބޮޑީބޯޑިން ޓީމުން އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި، ވާދަކުރުމުގެ ފުރުސަތު މޮރޮކޯ މުބާރާތުގައި ލިބިފައިވާއިރު، މިއީ ރާއްޖޭގެ ބޮޑީބޯޑިން އަށް މުހިންމު ފިޔަވަޅެކެވެ. އޭގެ ތެރެއިން، ޖޫނިއާ އިވެންޓް، ރައިސިން ސީރީސްގައި އިޔަން ވާދަކޮށް ވަނީ ރަނގަޅު ތަޖުރިބާއެއް ހޯދައިފަ އެވެ.

އެ ގޮތުން، އެއް ވަނަ ބުރުގެ ހީޓު 8ގައި ވާދަކޮށް އިޔަން ވަނީ ދެ ވަނަ އަށް ގޮސްފަ އެވެ. އެއް ވަނަ އަށް ދިޔަ ފްރާންސްގެ ޔޯހަން ބަޗެލާޑަށް 9.75 ޕޮއިންޓް ލިބުނުއިރު، ދެ ވަަނަ ހޯދި އިޔަން އަށް ވަނީ 5.45 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ މޮރޮކޯގެ ހާޖީ ޔާސީން އަށް 3.25 ޕޮއިންޓް އަދި ފުލުން ނިންމި، ނާނީ އާދަމް އަށް ލިބުނީ 1 ޕޮއިންޓެވެ.

ދެ ވަނަ ބުރުގައި އިޔަން ދިޔައީ ވާދަކުރި ހީޓުގެ ތިން ވަނަ އެވެ. އެއް ވަނަ އަށް ދިޔަ ފްރާންސްގެ ލޫކާ ޒަނިނޮއްޓޯ އަށް 15.65 ޕޮއިންޓް ލިބުނުއިރު، ދެ ވަަނަ ހޯދި އެމެރިކާގެ ޑޭވީ އެންޑަސަން އަށް ވަނީ 10.35 ޕޮއިންޓް ލިބިފަ އެވެ. ލޫކާ އަކީ މިދިޔަ އަހަރުގެ މޮރޮކޯ އިވެންޓްގެ ޖޫނިއާ އެއް ވަނަ އެވެ.

އިޔަން ވަނީ ފުރަތަމަ ބުރަށް ވުރެން ދެ ވަަނަ ބުރުގައި ސްކޯ ރަނގަޅުކޮށް 8.15 ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު، މި ހީޓުގެ ވާދަވެރިކަން އޮތްގޮތުން ކުރިއަށްދެވޭ ގޮތެއްނުވި އެވެ. މި ހީޓުގެ ފުލަށް ދިޔަ ފްރާންސްގެ ކްރިސް މައެލަން ވެސް ވަނީ 8 ޕޮއިންޓް ހޯދައިފަ އެވެ.

ޖޫނިއާސްގެ ފައިނަލް ހީޓު ކާމިޔާބުކުރީ މޮރޮކޯގެ ލޫޝިއާނޯ ކަަމްޕޯސް އެވެ. ފައިނަލް ހީޓުގައި އޭނާ ވަނީީ 11.15 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ މެކްސިކޯގެ އިލާން ޝޮއާޑް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ.

މޮރޮކޯ މުބާރާތުގެ ސީނިއާ ކެޓަގަރީ، ޕްރައިމް ސީރީސްގައި ވާދަކުރާނީ ގައުމީ ސީނިއާ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އަލީ ހުޝްރުވާން (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، އަދި، އަޝްރަފް ހަސަން އެވެ. މި އިވެންޓްގައި ވާދަކުރަން އެންޓްރީ ހެދި މުހައްމަދު ކައިފް އަށް އަނިޔާގެ ސަބަބުން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނެވެ. ކައިފްގެ އަތަށް އަނިޔާވީ މާލޭގައި، ޕޫލުގައި ކުރިއަށްދިޔަ އެންޑިއުރަންސް ސެޝަނެއްގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox