އުމުރުން ހަގު ވިޔަސް އިޔަން ދެކެނީ ބޮޑު ހުވަފެނެއް

އުމުރުން ހަގު ވިޔަސް އިޔަން ދެކެނީ ބޮޑު ހުވަފެނެއް

ކުޑައިރުން ފެށިގެން މޫދަށް ދާން ހާއްސަ ޝައުގުވެރިކަމެއް ހުންނަ، އިޔަން އަހުމަދު އަކީ، ރާޅާ އެޅުމަށް ޝައުގުވެރިކަން ބޮޑު އާއިލާއަކުން ނުކުތް ރާޅާ ރައްޓެހި އެތުލީޓެކެވެ. އިޔަންގެ ބޭބެ، އާމިން އުމަރު މޫސާގެ ފަހަތުން، މާލޭ ރާޅަށް މަޝްހޫރު ސަރަހައްދު ކަމަށްވާ، ވަރުނުލާ ރާޅުގަނޑަށް އިޔަން ފުންމާލީ އުމުރުން އެންމެ 10 އަހަރުގަ އެވެ. އެކަމަކު، އޭގެ ކުރިން ވެސް ކޮންމެސް ވަރަކަށް އިޔަން ރާޅަށް ދެއެވެ.

ބޮޑީބޯޑިންގެ ފެށުން ހަވީރު ބުރު ޖަހަން ދިޔުމުގެ ތެރެއިން

އިޔަން، 17، ގެ ހިތް ރާޅަށް އެންމެ ފުރަތަމަ ދޫވީ، ކުޑައިރު، ބައްޕައާ އެކު، ހަވީރު ފިންޏަށް ބުރު ޖަހަން ދިޔުމުގެ ތެރެއިން އެވެ. އޭރު، ވަރުނުލާ ރާޅުގަނޑަށް ރާޅަށް ގޮސް ތިބި މީހުން ފެނި އެކަން ކުރާ ހިތް އިޔަންވީ އެވެ.

އެހެން އުޅުމުގެ ތެރެއިން މަންމަ ކައިރިން ހުއްދަ ނަގައިގެން ރާޅަށް ދާން ފެށީ އެވެ. އެކަމަކު، "ވައިޕް އައުޓެއް"ވެ ގަތް ބިރުން ފަހުން ރާޅަށް ދިޔުން ހުއްޓާލީ އެވެ.

އޭގެ ފަހުން، އިޔަން ރާޅަށް ދެން ދާން ފެށީ އުފަން ދުވަހުގެ ހަދިޔާ އަކަށް ބޮޑީބޯޑިން ބޯޑެއް ލިބުމުން ބޭބެ އާމިންއާ އެކުގަ އެވެ.

"އާމިންއާ އެއްކޮށް ދިޔައީ ފުރަތަމަ ފަހަރަށް ދެން އެ ދުވަހުގެ ފަހުން އަޅަން ބޭނުންވީ ހަމަ. އާމިންއާ އެކު ދިޔައީ ގާތް ގަނޑަކަށް އުމުރުން 10 އަހަރުގައި." އިޔަން ބުންޏެވެ.

ފުރަތަމަ ދުވަހު ރާޅު ބޮޑު ނޫން ނަމަވެސް ރާޅުގައި ވަރު ހުރި އެވެ. އަދި ވައިޕް އައުޓްވެސް ވިއެވެ. އެކަމަކު، ހިތްވަރު ދޫނުކޮށް އިޔަން މަސައްކަތް ފެށީ، މިކަމުން ކުރިއަށް ދިޔުމަށެވެ. އޭގެ ނަތީޖާއަކަށްވީ، ވަރުނުލާ ރާޅުގަނޑުގެ ރާޅުތަކަށް އިޔަންގެ ބިރު ކެނޑުމެވެ.

އިޔަންގެ ވިދުން "މޯލްޑިވްސް ޕްރޯ"އާ ގުޅިފައި

އިޔަން އެންމެ ފުރަތަމަ ވިދާލީ 2022 ވަނަ އަހަރު، ރާއްޖޭގައި ބޭއްވި ވިޒިޓް މޯލްޑިވްސް ޕްރޯ އިންނެވެ. ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރި މި މުބާރާތުގައި ވާދަކުރި އެތުލީޓުންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އޭރު އުމުރުން އެންމެ 13 އަހަރުގެ އިޔަން އެވެ.

"އެންމެ ފަހު ގަޑީގަ އެ ސޮރު ކުއްލިއަކަށް އަހަރެން އެ ކަޓުވާލީ. ވަރަށް ޖެހިލުން ކުޑަ ސޮރެއް އެއީ. ހުއްޓާނުލައި ރަނގަޅު ފުރުސަތުތައް ލިބެންޏާ އެ ސޮރު ވަރަށް މޮޅުވާނެ" ތިން ވަނަ ބުރުގައި އިޔާން އަތުން ބަލިވި ނިކް މީގެ ދެ އަހަރު ކުރިން އަދަދު ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ބުންޏެވެ.

މި މުބާރާތަކީ އިޔަން އަށް ހުރިހާ ގޮތަކުން ވެސް ހާއްސަ މުބާރާތެކެވެ. ސަބަބަކީ މި މުބާރާތުގައި އިޔަންގެ ރޯލް މޮޑެލް "ޕީއެސްލީ" ވެސް ބައިވެރިވީމަ އެވެ. އަދި މި މުބާރާތުގެ ހީޓެއްގައި ޕީއެލްސީއާ ވާދަކުރުމުގެ ފުރުސަތު އިޔަން އަށް ލިބުނުވެސް މެ އެވެ.

އެ ފަހަރު ޕީއެލްސީއާ ވާދަކޮށް އިޔަން ބަލިވީ ފަހު ވަގުތު ޕީއެލްސީ އެޅި ރާޅުން ހޯދި ސްކޯއާ އެކުގަ އެވެ.

"އެތަނުން ވަރަށް މީހުންނާ ދިމާވި، ދެން ވަރަށް އެއްޗެހި ކިޔާދިން. ދެން އިޔަންގެ ފޭވަރިޓް ބޮޑީބޯޑާވެސް ކޮމްޕީޓްކުރި މުބާރާތެއް އެއީ." އިޔަން ބުންޏެވެ.

އިޔަން ބުނީ، އޭގެ ފަހުން ޕޯޗުގަލް އަށް ބަދަލުވެ، ރާއްޖެ ތަމްސީލްކޮށް، ބޮޑީބޯޑިންގެ ރަނގަޅު ލެވަލްގެ މުބާރާތަކުން ހަތަރު ވަނަ ލިބުނު ދުވަސް ވެސް އެއީ އިޔަންގެ ކެރިއަރުގައި މުހިންމު ދުވަހެއް ކަމަށެވެ.

ބުރުނު ޝިކާރު ހުރިހާ ގޮތަކުން ވެސް ކާމިޔާބު

މި އަހަރު ކުރީކޮޅު ރާއްޖޭގައި ކުރިއަށްދިޔަ ބުރުނު ޝިކާރު ބޮޑީ ބޯޑިން މުބާރާތް ވެސް އިޔަން އަށް ވަރަށް ހާއްސަ އެވެ. މި މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން އިޔަން ހޯދިއިރު، މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ބޭބެ އާމިން ވަނީ ހޯދައިފަ އެވެ.

"ވަރަށް އުފާވި އޭރު. އެއީ އާމިން ވެސް ވަރަށް މަސައްކަތް ކުރި މެންސް އެތި ކާމިޔާބުކުރަން. ދެން އިޔަންގެ ބޭބެއާ ޖެހިގެން އިޔަންވެސް ޖޫނިއާސް ކާމިޔާބުކުރެވުނީމަ ވަރަށް އުފާވޭ. އާމިންއާއެކު ޕޯޑިއަމް ޝެއާކޮށް. އިޔަން ކުޑައިރުން ފެށިގެން އިޔަން ހަމަ ލުކް އަޕް ކުރަނީ އާމިން އަށް. އާމިން ކުރާ ހުރިހާ ކަންކަމެއް ކުރަނީ ހަމަ." އިޔަން ފާހަގަކުރި އެވެ.

އިޔަން އަށް، މުބާރާތަކަށް ފަހު މުބާރާތެއް، އަހަރަކަށް ފަހު އަހަރެއް މިހާތަނަށް އައި ގޮތަށް ބަލާއިރު ވެސް ކުރިއެރުން ވަޒަންކުރެވެން އެބައޮތެވެ. އެކަން އޭނާގެ ކެރިއަރުގެ ދުވެލި ހުރި ގޮތާއި މިސްރާބު ދާގޮތުން ވެސް ކަށަވަރުވެ އެވެ. އޭނާ މި ކަމުން ކުރިއަރައިގެންދާންް އަޒުމުކަނޑައަޅައިގެން ހުރީ ދަސްވާ ކޮންމެ އާ އެއްޗެއް އަދި ލިބޭ ކޮންމެ ތަޖުރިބާއެއްގެ ބޭނުން ނުހަނު ރަނގަޅަށް ހިފައިގެންނެވެ.

ބޮޑީބޯޑިންއާ މެދު މީހުން ދެކޭ ގޮތް ބަދަލުވުމަކީ އިޔަންގެ ވެސް ހިތްހަމަޖެހުން

މީގެ ކުރިން "ވަކަރުގެ ކުދިންގެ" ގޮތުގައި ލޭބަލް ވެފައި އޮތް ކުޅިވަރަކީ މިހާރު ހުރިހާ އެންމެން ވެސް ބަލައިގަންނަ ކުޅިވަރެކެވެ.

މިއީ ބޮޑީބޯޑިން ކޮމިއުނިޓީ އިން މިދިޔަ ދުވަސްތަކުގައި ހޯދި ކާމިޔާބީތަކާ ކުރި މަސައްކަތުން ބަދަލުވި ކަމެކެވެ.

އިޔަން، ފާހަގަކުރީ މިހާރު، ގައުމީ ލެވަލްގައި ރާއްޖެ ތަމްސީލްކޮށް ފަހުރުވެރި ވަނައެއް ހޯދޭނެ ކުޅިވަރެއްގެ ގޮތުގައި މޫދު ކުޅިވަރުތައް، ބޮޑީބޯޑިން އާއި ސާފިން ފަދަ ކުޅިވަރު މީހުން ފާހަގަކުރާތީ އެކަމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބޮޑީބޯޑިން އިން ރާއްޖެ އަށް ކާމިޔާބީތައް ލިބޭނެ ކަމަށް އިޔަން ފާހަގަކުރި އެވެ.

އެހެން އެތުލީޓުންނެކޭ އެއްގޮތަށް އިޔަންގެ ވެސް އެކިއިރަށް އެކި ޓާގެޓްތަކެއް އެބަހުއްޓެވެ. އެ ގޮތުން، މި އަހަރު ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދުމަކީ އޭނާގެ އަމާޒެވެެ. އަދި، ދުރުރާސްތާ ޓާގެޓެއްގެ ގޮތުގައި އިޔަން އަށް އޮތީ މާ ބޮޑު އުންމީދެކެވެ.

"އިޔަންގެ އެންމެ ބޮޑު ގޯލް އަކީ ޖޫނިއާ ވޯލްޑް ޓައިޓަލް އެއް ނެގުން. ދެން، މެންސްގައި ވެސް ވޯލްޑް ޓައިޓަލްއެއް ނެގުން. އެކަމަކު، މިހާރަށް އިނީ، އައިބީސީ ވޯލްޑް ޓުއާގެ އެއް މުބާރާތް މޮޅުވުން،" އިޔަން ބުންޏެވެ.

ރާއްޖޭގައި ހުނަރުވެރި ބޮޑީބޯޑިން ޒުވާން އެތުލީޓުން އަންނާތީވެ، އިޔަން އެކަމަށް ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކުރި އެވެ. އަދި، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ޔޫތު ޑިވެލޮޕްމަންޓަށް ހިންގާ "ހުދުފޮނު" ޕްރޮގްރާމްގެ ތެރެއިން ޑިވެލޮޕްވަމުން އަންނަ އެތުލީޓުން މުބާރާތްތަކުގައި ހޯދާ ކުރިއެރުން، އެންމެ ފަހުން ކުރިއަށްދިޔަ ބުރު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގައި ވެސް ފެނިގެންދިޔަ ކަމަށް އިޔަން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox