ގިނަ ތަޖުރިބާތަކަކުން އިބުރަތް ހޯދައި އިއްޕަ ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސަކަށް

ެބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އިޝްފާން މުހައްމަދު (އިއްޕަ).--- އަދަދު ގްރެފިކްސް: އިސްމާއިލް އިމްދާދު

ެބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އިޝްފާން މުހައްމަދު (އިއްޕަ).--- އަދަދު ގްރެފިކްސް: އިސްމާއިލް އިމްދާދު

ރާއްޖޭގެ ބެޑްމިންޓަން ކޮމިއުނިޓީގެ ތެރޭގައި، އިޝްފާން މުހައްމަދު (އިއްޕަ)ގެ ތަޖުރިބާގެ މުއްދަތު ތިރީސް އަހަރާ ގާތްކުރާނެ އެވެ. ގައުމީ ކުޅުންތެރިއެއް، ކޯޗެއް، މެނޭޖަރެއް އަދި، ބެޑްމިންޓަން އެެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީއެއްގެ ގޮތުގައި ގިނަ ހަރުފަތްތަކެއް ގިރާކޮށް، މިހާރު، އިއްޕަ އެ ހުރީ ބީއޭއެމްގެ އެންމެ ފަހުގެ އިންތިހާބީ ރައީސްގެ މަގާމުގަ އެވެ.

ރާއްޖޭގެ ބެޑްމިންޓަނުގައި އިއްޕަ މިހާތަނަށް ކުރި ދަތުރުގެ ތެރޭގައި ކާމިޔާބީގެ ގިނަ ސޮފުހާތައް ވެސް ހިމެނެ އެވެ. އެކަމަކު، އެކި ކަހަލަ ގޮންޖެހުންތަކުން، ދަސްވި ގިނަ ކަންތައްތަކެއްގެ ޗެޕްޓަރުތަކެއް ވެސް މަދެއް ނޫނެވެ. މި ހުރިހާ ކަމަކަށް އަލި އަޅުވާލައި، އިއްޕަ ބޮލުގައި އެޅިފައި، މިހާރު އޮތް ޒިންމާ އަކީ، ރާއްޖޭގެ ބެޑްމިންޓަނުގެ ބެލެނިވެރި ފަރާތް، ބީއޭއެމް ހަމަ މަގަށް އަޅުވައި، އަނެއްކާ ވެސް އިތުބާރު ހިފޭ އެސޯސިއޭޝަނެއްގެ ދަށުން އެ ކުޅިވަރު ހިނގައިގަތުމަށް މަގު ފަހިކޮށްދޭނެ ލީޑަރަކަށް ވުމެވެ.

އިއްޕަގެ ބެޑްމިންޓަން ހަޔާތަށް ނަޒަރެއް

އިސްކަންދަރު ސްކޫލްގެ އިންޓަ ސްކޫލް ބެޑްމިންޓަން ޓީމު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، ޝަރަތު ނިންމީ އޭރު ފުޓްބޯޅަ އާއި އެތުލެޓިކްސްގެ ތެރޭގައި އުޅުނު، އިއްޕަ ވެސް ބެޑްމިންޓަން ޓީމަށް ގެނައުމަށެވެ. ޝަރަތުގެ އެދުމަށް، އިއްޕަ ނިންމީ ބެޑްމިންޓަން ޓީމަށް ވެސް ކުޅުމަށެވެ. އެ ގޮތަށް ފެށުުނު ބެޑްމިންޓަން ކުޅުމުގެ ހަޔާތް، ސްކޫލު ނިމުމާ ހަަމައަށް ކުރިއަށްގެންދިޔައިރު، ގައުމީ ލެވަލްގެ ކުޅުންތެރިއެއްގެ ގޮތުގައި، އިއްޕަ އަށް ހުރީ ކުރިއެރުން ލިބިފަ އެވެ.

"(ކުޅެން ފެށިއިރު) އެހާ މޮޅެއް ނުވާނެ. ދެން، 1999 ގައި ސްކޫލް ނިމުނު އަހަރު، އުމުރުން 16 އަހަރުގައި ގައުމީ މުބާރާތުގެ ޑަބަލްސްގައި ކުޅުނިން. އެ ޕީރިއަޑް ތެރެއިން ދެ ފަހަރު އިންޓަނޭޝަނަލް މުބާރާތްތަކުގައި ކުޅެން ލިބި އެކި ސަބަބުތަކާ ހުރެ ފުރުސަތު ގެއްލިފައިވަނީ. 2002 ގައި އެންމެ ޕީކްގައި ހުރެފައި ސާޖަރީ އަކަށް ދާން ޖެހުނީމަ، ދިގު މުއްދަތެއްގައި ބެޑްމިންޓަނާ ދުރުގައި ހުންނަން ޖެހުނުއިރު، ވަރަށް ގިނަ ކަންތައްތަކެއް އެ މުއްދަތުގެ ތެރޭގައި ދަސްވި، އެއީ އެންމެ ޓޮޕްކޮށްހުރިއިރު، 2023 ވަނަ އަހަރު އައިއޯއައިޖީ އަށް ދިޔަ ޓީމުން ފުރުސަތު ގެއްލުނީ އިންޖަރީއެއްގައިހުރީމަ،" ބެޑްމިންޓަންގެ ހަޔާތުގެ މުހިންމު ވާހަކަތަކެއް "އަދަދު ސްޕޯޓްސް" އަށް އިއްޕަ ވިދާޅުވި އެވެ.

އިއްޕަ ވިދާޅުވީ އަނިޔާގެ ތެރޭގައި ހުރިއިރު، ވިސްނިގެން ދިޔަ އެއް ކަމަކީ، ބެޑްމިންޓަން ކަހަލަ ކުޅިވަރެއްގެ ތެރޭގައި ހުރެގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބުމުގެ ފުރުސަތު އޮތީ ހަނިކޮށް ކަމެވެ. އަދި، އަނިޔާއިން ރަނގަޅުވެ، 2003 ވަނަ އަހަރު ޓްރެއިނިން އެއް ހަަދަން ފުރުސަތު ލިބި، އެ ފުރިހަމަަ ކުރުމަށް ފަހު، އެނބުރި އައިސް ދިމާވި ކަމަކުން ނިންމީ، ބެޑްމިންޓަނާ ދުރަށް ޖެހިލުމަށް ކަމަށް އިއްޕަ ވިދާޅުވެފައިވެ އެވެ. އަދި، 2003 އިން 2008 ވަނަ އަހަރާ ދެމެދު ބެޑްމިންޓަން ކުޅުމާ ދުރުގައި ހުރި އިއްޕަ، 2008 ގައި އެނބުރި އައިސް، 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ބެޑްމިންޓަން ސްކޮޑުގައި ވެސް ހިމެނުނެވެ.

ގައުމީ ޑަބަލްސް ޗެމްޕިއަނެއްގެ ގޮތުގައި ހުރި އިއްޕަ ކުޅުމުގެ ކެރިއަރު ނިމުމަކަށް ގެނައީ، 2012 ވަނަ އަހަރު، ކައިވެއްޏެއް ކުރުމަށް ފަހު، ދަރިއެއް ވެސް ލިބެން އުޅޭތީއާ އެކު، ދިރިއުޅުމުގެ ކަންކަމަށް ހުސްވެލުމަށެވެ.

ކުޅުމުގެ ކެރިއަރު ނިމުމަކަށް ގެނެސް އިއްޕަ އަށް ދެން ބެޑްމިންޓަނުގައި ހިދުމަތްކުރަން ލިބުނު ފުރުސަތަކީ، ގައުމީ ޓީމުގެ މެނޭޖަރަކަށް ހުރެ އެވެ. ބެޑްމިންޓަންގެ ގިނަ ކުޅުންތެރިންތަކެއް ވެސް އެދޭތީއާ އެކު، އިއްޕަ، 2014 އިން ފެށިގެން 2017 އާ ހަަަމައަށް ޓީމުގެ މެނޭޖަރަކަށް މަސައްކަތްކުރި އެވެ.

"އޭގެ ތެރޭގައި އުޅުނުއިރު ވަރަށް ދުވަސް ފަހުން ބެޑްމިންޓަން ލިބުނު ކާމިޔާބީ އައިއައޯއައިޖީގެ 2015ގައި ރިހި މެޑަލް ޓީމުގެ މެނޭޖަރުގެ ޒިންމާގެ އިތުރުން ޓެކްނިކަލް ވަރަށް ބައިވަރު ކަންތައްތައް ކުރަން ޖެހުނު، ހެޑް ކޯޗުގައި މެލޭޝިއާގައި ހުންނާތީވެ، މާލޭގައި ހުރި ކޯޗުންނާ އެކު މަސައްކަތްތައް ކުރިން. 2016 ގައި ލިބުނު ފުރުސަތެއްގައި، އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަކަށް ބަދަލުވެ، ދެ ވަނަ ދައުރެއް އައިއިރު ވެސް ޖެނެރަލް ސެކްރެޓަރީ އަކަށް ހުރީ،" މެނޭޖަރަކަށް ހުރުމުގެ އިތުރުން، އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ލިބިގެންދިޔަ ގޮތް އިއްޕަ ހިއްސާކުރެއްވި އެވެ.

އިއްޕަގެ މެނޭޖަރުކަމުގައި، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ކާމިޔާބީތަކެއް ހޯދައިފައި.

ކޮވިޑް-19ގެ ސަބަބުން އެއް އަހަރަށް ފަސް ކުރަން ޖެހުނު، ޓޮކިޔޯ އޮލިމްޕިކްސް، 2021 ވަނަ އަހަރު ބޭއްވިއިރު، އެ ފަހަރު އެ މުބާރާތުން ފުރުސަތު ލިބުނު، ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ)ގެ ކޯޗަކަށް ދިޔައީ އިއްޕަ އެވެ. އެ މުބާރާތަށް ފަހު އެނބުރިއައިއިރު، ބީއޭއެމްގެ ތެރޭގައި، ކަންތައްތައް ހިނގަމުންދިޔަ ގޮތުން، ހިތްހަމަނުޖެހުންތަކެއް ހުރުމާ އެކު، މަގާމުން އިސްތިއުފާ ދިނުމުގެ ބަދަލުގައި، އެއް ކައިރީގައި މަޑުކުރަން އިއްޕަ ނިންމި އެވެ. އެ ގޮތަށް ގާތްގަނޑަކަށް ތިން އަހަަރު ހުންނަން ނިންމި އެންމެ ބޮޑު ސަބަބަކީ، ބެޑްމިންޓަންގެ ހާލަތު ބަދަލުވެދާނެ ކަމުގެ އުންމީދެވެ.

"ރާއްޖޭގެ ކުޅިވަރުގެ ވަރަށް ގިނަ ފަރާތްތަކެއް އެ ގޮތަށް އެދުނީ އެސޯސިއޭޝަންގައި މަޑުކުރަން ކަންކަން ބަދަލުވެދާނެ ކަމުގެ އުންމީދުގައި. އެ ނަސޭހަތުގައި 2024 ގެ މެދުތެރެއާ ހަމައަށް މަޑުކުރިން، ދެން ފަހުން ވެސް ކަންކަން ބަދަލުނުވާތީވެ، އެސޯސިއޭޝަންގެ މަގާމުން އެކީ ދުރަށް ޖެހިލަން ނިންމީ،" އިއްޕަ ވިދާޅުވި އެވެ.

"ވަރަށް ބައިވަރު މީހުންގެ ސުވާލަކަށް ވެދާނެ ކީއްވެގެންތޯ އެ ޕީރިއަޑްގައި ހުރީ، އެއީ ހަމަ ހަގީގަތަކީ ކުޅިވަރަށް ލޯބިކުރާ ވަރަށް ގިނަ ފަރާތްތަކެއް އެ ކަހަލަ ރިކުއެސްޓްތަކެއް ހުރީމަ އަހަރެން ވެސް ޕާސަނަލީ ކުޅިވަރު ދެކެ ލޯބިވާތީވެ، ކަން ބަދަލުވާނެ ކަމަށް. އިންވޯލްވްމަންޓެއް ނެތަސް އަނެއްކާ ވެސް މީތި ރަނގަޅުވާނެ ކަމަށް މަޑުކުރީ އެހެން ނަމަވެސް އެ ޕީރިއަޑް ތެރޭ ވަރަށް ބައިވަރު ކުޅުންތެރިން ވެސް ބުނި އޭގެ ތެރެއިން ދުރަށް ނުދަން. ދެން، ކަންދިމާކުރި ގޮތުން އެކަން ބަދަލުނުވީމަ ހާލަތު ބަދަލުނުވީމަ ދުރަށް ޖެހިލީ،"

އިއްޕަ ވިދާޅުވީ، ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރެ، އެސޯސިއޭޝަންގެ ކަންކަމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ނެތުމުން ގިޔާސުއްދީން ސްކޫލްގެ ކޯޗެއްގެ ގޮތުގައި އިންޓަ ސްކޫލްގައި ދެ އަހަރު މަސައްކަތްކުރި ކަމަށެވެ.

އެސޯސިއޭޝަންގެ ރައީސްކަމަށް ޝައުގުވެރިވުން: ކުރަން ހުރި މަސައްކަތް ވަރަށް ގިނަ

ބެޑްމިންޓަން އޭޝިއާގެ އިންތިހާބު 2022 ވަނަ އަހަރު ނިމުނުތަނާހެން ވަރަށް ގިނަ ބެޑްމިންޓަން ކުޅުންތެރިންތަަކެއް އިއްޕަ ކައިރީގައި އެދުނު ކަމަކީ، 2024 ވަނަ އަހަރު ބާއްވާ ބީއޭއެމްގެ އިންތިހާބުގައި އިއްޕަ ރައީސަކަށް ކުރިމަތިލުމެވެ. އިއްޕަ ވިދާޅުވީ، ރައީސަކަށް ވުމަށްޓަކައި، އޭނާ މި ކުރި ދަތުރުގެ ތެރޭގައި، ވަރަށް ހާއްސަ "ހަތަރެއް ނޫނީ ފަސް،" މީހެއް އުޅޭ ކަމަށެވެ.

"އެ މީހުންގެ ސަޕޯޓް އިންތިހާބުވުމާ ހަމައަށް ވެސް ފުލްކޮށް ލިބުނު. 2024 ގެ އިންތިހާބަށް ކުރިމަތިލާން ތައްޔާރު ހިސާބުން، އިންތިހާބުވުމާ ހަމައަށް ވަރަށް ބައިވަރު "އަޕްސް އެންޑް ޑައުންސް" އައިސްފައި ހުރީ. ވަރަށް މާޔޫސްވި ދަނޑިވަޅުތަކުގައި ވެސް އެ މީހުން ދިން ހިތްވަރުން ރައީސްގެ މަގާމަށް މި އާދެވެނީ، އެ ހަތަރެއް ނޫނީ ފަސް މީހުންގެ އިތުުރުން، ޒިޔާ އާއި ޕުޗު އެހީވި،" އިއްޕަ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޮޅުން ފެށިގެން ބީއޭއެމްގައި މައްސަަލަ ޖެހެން ފަށައިފި އެވެ. މިދިޔަ އަހަރު ބާއްވަން އުޅުނު އިންތިހާބުގެ ކަންކަން ދިގުލައި ގޮސް ހައްލެއް ނުލިބި، ޝަރުއީ ކޯޓު މަރުހަލާގައި ވެސް ގިނަ ކަންތައްތަކެއް ހިނގި އެވެ. އެ ޖެހުނު ބޮޑު މައްސަލަތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެ، ރާއްޖެ މި ވަގުތު އޮތީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން މި އަހަރު މެއި މަހު 16 ވަނަ ދުވަހު ދިން ސަސްޕެންޝަނެއްގަ އެވެ. އެ ސަސްޕެންޝަނަސް މިދިޔަ ސެޕްޓެމްބަރު މަހު، ބީޑަބްލިއުއެފް އިން ލުޔެއް ދިނީ، އެ ޖަމިއްޔާގެ ބައިވެރިވުން ހިމެނޭ ގޮތަށް، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އާއި ބީއޭއެމްގެ ކުރީގެ ލީޑަޝިޕްގެ މެމްބަރަކާ އެކު، ބީއޭއެމްގެ ކަންކަން ކުރަމުން އައި ވޯކިން ގްރޫޕުގެ މަސައްކަތުންނެވެ.

ވޯކިން ގްރޫޕްގެ މަސައްކަތުން ބީޑަބްލިއުއެފްގެ ހާޒިރުގައި، ބޭއްވި އިންތިހާބަކުން، އިއްޕަ، ރައީސްކަމަށް އިންތިހާބުވީ، މިދިޔަ ހޮނިިހިރު ދުވަހު އެވެ. އިއްޕަ އަށް ބީއޭއެމްގެ ރައީސްކަން ކަށަވަރުވީ، އެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކެންޑިޑެސީ ހުށަހެޅީ އޭނާ އެކަނި ކަމަށްވާތީ އެވެ.

ބީއޭއެމްގައި ހުރި ގިނަ މައްސަލަތަކަށް ހައްލެއް ހޯދަން ބަލާއިރު، ގެއްލިގެންދިޔަ ވަގުތުތަކުގެ ތެރޭގައި، ކޮންމެވެސް ވަރަކަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާކަން އިއްޕަ ފާހަގަކުރެއްވި އެވެ. އަދި، ރާއްޖޭގެ ބެޑްމިންޓަން ނެގެހެއްޓުމަށްޓަކައި، އަތޮޅުތަކުން ކުރި މަސައްކަތް ފާހަގަކުރާ ކަމަށާއި، އެސޯސިއޭޝަން ކުރިއަށްދިއުމުގައި އެ މީހުންގެ ބައިވެރިވުން ބޮޑުކުރެވޭނެ ގޮތަށް އަސާސީ ގަވާއިދުގެ ތެރެއިން، ބީޑަބްލިއުއެފްގެ ލަފާ ހޯދައިގެން ކުރިއަށްދާނެ ކަމަށް އިއްޕަ ވިދާޅުވެފައިވެ އެވެ.

"ހަގީގަތަކީ ޑިވެލޮޕްމަންޓްގައި ރާއްޖޭގައި، މާލޭގައި އޮތް ދެ އެކަޑަމީއެއް ތިން އެކަޑަމީއެއްގެ އިތުރަށް އަތޮޅު ތެރޭގައި މުބާރާތްތަކެއް ހިނގީމަ އަތޮޅު ތެރޭގައި އެ ޕްރޮގްރާމްތައް ނުހުއްޓި އެ ދިޔައީ. މި ޕީރިއަޑް ތެރޭގައި ސަސްޕެންޝަނެއް އައިސްގެން، ދިޔަ އަޅުގަނޑުމެންގެ ނެޝަނަލް ކުޅުންތެރިންތަކަކަށް މުހިންމު މުބާރާތްތަކެއް ނުކުޅެވި، މުހިންމު މުބާރާތެކޭ މި ބުނަނީ، ރަނގަޅު ކާމިޔާބީތަކާ ދިމާލަށް ވަގުތުތަކެއްގައި އެ މުބާރާތްތަކުން އެންޓްރީ ހަދާފައި، ފަހު ގަޑީގައި އެންޓްރީ ރިޖެކްޓްކޮށްފައި ކުރުން ކަހަލަ ކަންތައްތަކެއް ވެސް ދިޔަ،" ގެއްލުނު ވަގުތުގެ ތެރޭގައި ދިމާވި ކަންކަމަށް އިޝާރާތްކުރައްވައި، އިއްޕަ ވިދާޅުވި އެވެ.

އިއްޕަ، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއުދެނީ.-

އިއްޕަ ވިދާޅުވީ، ބީޑަބްލިއުއެފްގެ ސަސްޕެންޝަނަށް މި ވަގުތު ވަރަށް ބޮޑު ލުޔެއް ދީފައިވާ ކަމަށާއި، ބީއޭއެމްގެ އާ ހިންގާ ކޮމިޓީ، ބީޑަބްލިއުއެފްގައި ރަޖިސްޓްރީ ކުރެވުމާ އެކު، ސަސްޕެންޝަން އެއްކޮށް އުވިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މިހާރު ވަކި މީހެއް، ވަކި ވަކި ފަރާތެއް، ނުވަތަ ވަކި ޓީމެއް ބަދަލުވާއިރު އިންތިހާބަކާ ދިމާކަށް، އޭގެ އެ އަންނަ ކަންތައްތައް ހުއްޓުވާލުން، އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓާގެޓެއް، އެއީ އަޅުގަނޑު ގަބޫލެއް ނުކުރަން، އެއްވެސް މީހަކު އަބަދު މުޅި އުމުރު މި ކަންތައްތަކުގެ ތެރޭގައި ހުންނަން ޖެހޭނެ ކަމަކަށް،" މައްސަލަަތަކުން އެއްކިބާވެގެން، ހިނގާތަނަކަށް ބީއޭއެމް ހެދުމުގެ އަމާޒުގައި މަަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، އިއްޕަ ވިދާޅުވި އެވެ.

ރާއްޖޭގެ ބެޑްމިންޓަން ކުރިއަރަމުން އައިއިރު، އޮތީ އިންޑިއާ އާއި ސްރީ ލަންކާ ފަހަތުން ތިން ވަނައިގަ އެވެ. އެކަމަކު، މި ފަހުން ރާއްޖޭގެ ބެޑްމިންޓުން ތިން ވަރަކަށް އަަހަރު ގެއްލިއްޖެކަން ފާހަގަކުރައްވައި އިއްޕަ ވިދާޅުވީ، މި ވަގުތު ބެޑްމިންޓަނަށް ބަލާއިރު، ސަރަަހައްދީ ގޮތުން ރާއްޖެ އޮތީ ވަރަށް ފަހަތު ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އެކަމަކު، މިހާރު އޮތް 15 އަހަރުން ދަށުގެ ޓީމު، މުޅި ރާއްޖޭގެ ކުޅުންތެރިން ހިމެނޭ ގޮތަށް، އެކުލަވާލައިގެން، ދެ އަހަރު 17 އަހަރާއި 19 އަހަރުން ދަށުގެ ލެވަލަށް އެ ކުޅުންތެރިން ގެނައުމަށް ރަަނގަޅު މަަސައްކަތްތަކެއް ކުރެވިއްޖެނަަމަ، ނަތީޖާ ނެރެވޭނެ ކަމަށް އިއްޕަ ވިދާޅުވެފައިވެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ކުރިއަށްގެންދިޔަ ވޯކިން ގްރޫޕުން ރަނގަޅު ގިނަ މަސައްކަތްތަކެއް ކުރި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަކީ، ގައުމީ ޓީމުގެ ސިލެކްޝަނެއް ހެދުމުގެ މަސައްކަތް މުޅިން އަލަށް ފެއްޓުމެވެ. އިއްޕަ ވިދާޅުވީ މިއީ ކޮންމެ ގޮތެއް ވިޔަސް ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ،

"ހަމަ އުންމީދަކީ އެ އޮތް ގޮތަށް ފަހަރުގައި އަތޮޅު ތެރެއިން ކުޅުންތެރިން އަންނައިރު، އަހަރަކު ތިނެއް ނޫނީ ހަތަރު ފަހަރު ގެންނަން ވީމަ އުނދަގޫތަކެއް ހުރެދާނެތީ، ދެ ބުރެއް އެންމެ މަދުވެގެން ނޫނީ މި އޮތްގޮތަށް ކުރިއަށްގެންދިއުމުގެ ވިސްނުން އޮތީ،" ސިލެކްޝަން ކުރިއަށްގެންދިއުމަށް އިޝާރާތް ކުރައްވައި، އިއްޕަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިލެކްޝަން ޕްރޮސަސް މި ގޮތަށް ގެނައުމަކީ އޭގެ ސަބަބުން އަތޮޅު ތެރޭ ކުޅޭ ކުދިންނަށް ވަރަށް ބޮޑު އުންމީދަކަށްވާނެ ކަމެއް ކަމަށާއި ސަބަބަކީ، ގައުމީ ސްކޮޑަށް އައިސްގެން އެ ލިބޭ އެލަވަންސެއް ލިބޭއިރު، އެ ކުދިންގެ ކޯޗުންނާ އެކު އެ ތިބޭ ތަނެއްގައި ތިބެފައި މައިންބަފައިން ކައިރީގައި ތިބެގެން މި ކަން ކުރަން ފުރުސަތު އޮންނާނެތީ ކަމަށެވެ.

ބީއޭއެމުން މި މަހު ފާސްކުރި އާ އަސާސީ ގަވާއިދުގެ ތެރެއިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ތިބޭނީ އަށް މެމްބަރުންނެވެ. އެއީ، ރައީސް އާއި ދެ ނައިބު ރައީސުންގެ އިތުރުން، ހަތަރު ރިޕްރެޒެންޓޭޓިވް އާއި އެތުލީޓުން ތަމްސީލްކުރާ ރެޕްރެޒެންޓޭޓިވް އެކެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީ އާއި ބީޑަބްލިިއުއެފްގެ މެމްބަރު ތޯމަސް..

އިއްޕަގެ ލީޑަޝިޕް ޓީމުގައި ނައިބު ރައީސަކީ، ތަޖުރިބާކާރު އަމްޕަޔަރު، އަހުމަދު ޝިހާމް (ޕުޗު) އާއި އިބްރާހިމް ހަމްޒާ ހަލީލް އެވެ. ޕުޗުގެ ކެންޑިޑެސީ ހުށަހެޅީ އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީންނެވެ. އަދި، ހަމްޒާގެ ނަން ހުށަހެޅީ ކްލަބް ސްޓެޓިކުންނެވެ. ހިންގާ ކޮމިޓީގެ ދެން ހުރި މަގާމުތައް ފުރުއްވާނީ، އިންޑޯ ސްޕޯޓްސް ބެޑްމިންޓަން ކްލަބްގެ ހަަސަން ޒަރީރު، ކްލަބް އޭވިއޭޝަން ސެކިއުރިޓީގެ އިބްރާހިމް އަފީފް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ މިންނަ ރަޝީދު އަދި، ސްުޕޯޓްސް ކްލަބް ހޮސްކޯގެ ސުހާ ޖަލީލް އެވެ.

އަސާސީ ގަވާއިދާ އެކު ފާސްކުރެވިފައިވާ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސް ބޭއްވޭތާ 60 ދުވަސް ތެރޭ، އެތުލީޓުން ތަމްސީލްކުރާ ރެޕްރެޒެންޓޭޓިވެއް އިންތިހާބު ކުރަން ޖެހޭނެ އެވެ. އަދި، އެ ފަރާތެއް އިންތިހާބު ކުރާނީ ހަމައެކަނި، އިންޑިވިޖުއަލް މެމްބަރުންގެ ވޯޓުންނެވެ.

ބީޑަބްލިއުއެފާ ވާހަކަ ދެކެވިގެން އަސާސީ ގަވާއިދަށް އައި ބަދަލުގެ ތެރޭގައި، ބީއޭއެމްގެ ހިންގާ ކޮމިޓީގައި އެތުލީޓުން ތަމްސީލްކުރާ މެމްބަރެއް ހުރުން އެއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި އިއްޕަ ފާހަގަކުރެއްވި އެވެ.

ސަބަބަކީ، ހިންގާ ގަވާއިދު އެކުލަވާލާއިރު، ގައުމީ ޓީމުގައި ކުޅެ ވާދަވެރިކޮށް ކުޅެފައިވާ އެތުލީޓުންގެ ތެރެއިން އަންނަ މެމްބަރަކަކަށް ވަރަށް ރަނގަޅަށް ކަންކަން އެނގިފައި ހުންނާނެ ކަމަށެވެ. އަދި، އެ ފަދަ އެތުލީޓެއް/މެމްބަރެއް ހިންގާ ކޮމިޓީގައި މަސައްކަތްކުރާއިރު، ހިންގާ ކޮމިޓީއެއްގެ ތެރޭގައި ވާހަކަ ދައްކާއިރު، ނޫނީ، މުބާރާތެއްގެ ތެރޭގައި މުބާރާތުގެ ކޮމިޓީން ވާހަކަ ދައްކާއިރު، މުބާރާތުގެ ޝެޑިއުލްގެ ކަންކަން ފަދަ މުހިންމު ކަންކަމުގައި އެތުލީޓެއްގެ އިހުސާސްތައް ހިއްސާ ކުރެވޭނެތީ އޭގެ ފައިދާ ކުރާނެތީ ކަމަށެވެ.

އިއްޕަ ވިދާޅުވީ، މި ފަަހަރުގެ ބީއޭއެމް އިންތިހާބުގައި ބައިވެރިވި 17 ކްލަބަށް ވުރެން އިތުރު ކްލަބްތަކެއް ބެޑްމިންޓަން ކޮމިއުނިޓީ ތެރޭގައި ހިމެނޭ ކަމަށާއި ކުރިއަށްދާނީ އެއްވެސް ބައެއް ބާކީނުކޮށް ކަމަށެވެ. ކްލަބްތަކުން އަސްލު ބޭނުންވަނީ ވަސީލަތްތައް އިތުރުވުން ކަމަށާއި ސަރުކާރާ ގުޅިގެން އެ ފަދަ ކަންކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އިއްޕަ ވިދާޅުވި އެވެ.

މުޅި ބެޑްމިންޓަން ކޮމިއުނިޓީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ ކުޅިވަރަށް އޮތް ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކޮށްދެވުން ކަމަށާއި އެއީ އާ ހިންގާ ކޮމިޓީން އެންމެ ފޯކަސް ކުރާނެ ކަންތައް ކަމަށް އިއްޕަ ވިދާޅުވި އެވެ. އަދި، ބެޑްމިންޓަން ހިންގާ ކޮމިޓީގައި ތިބީ އެކިއެކި ކްލަބްތަކުން އައިސްފައިވާ މެމްބަރުން ކަމަށާއި ކުރިއަށްދާނީ އެކުގައި ކަމަށް އިއްޕަ ވަނީ ފާހަގަކުރައްވައިފަ އެވެ.

"... ހުރިހާ ކްލަބަކާ ވެސް އަޅުގަނޑުމެންނާ ވާހަކަ ދެކެވޭނެ. އެ ބޭފުޅުންގެ ހިޔާލާ އެއްގޮތަށް މި ކަން ކުރުން އުންމީދަކީ، އެކަމަކު ނޭނގެ ކުރިއަށް އޮތްތަނުގައި ކަންތައް ވާނެ ގޮތެއް. އެންމެންނެއް ހިތްހަމައެއް ނުޖެއްސޭނެ، އެކަމަކު މެޖޯރިޓީ، އިރާދަކުރެއްވިއްޔާ، ހިތްހަަމަ ޖައްސައިގެން، މި ހަތަރު ދުވަސް މަސައްކަތް ކޮށްދެވޭތޯ ބަލާނަން،" އިއްޕަ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox