ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ރާއްޖޭގެ ސަސްޕެންޝަން އުވާލައިފި

Dec 5, 2025, 5:50 AM
ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ރާއްޖޭގެ ސަސްޕެންޝަން އުވާލައިފި

ދުނިޔޭގެ ބެޑްމިންޓަން މައި ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން، (ބީއޭއެމް) އަށް ދީފައިވާ ސަސްޕެންޝަން އުވާލައިފި އެވެ.

ބީޑަބްލިއުއެފް އިން މެއި 16 ދުވަހު ރާއްޖެ ސަސްޕެންޑްކުރަން ނިންމައި، 20 ވަނަ ދުވަހު މީޑިއާގައި އެކަން އާންމުކުރި އެވެ. އަދި، ބީޑަބްލިއުއެފް އިން މި މަހު ތިން ވަނަ ދުވަހު ރާއްޖޭގެ ސަސްޕެންޝަން އުވާލަން ނިންމައި، މިއަދު ވަނީ އެކަން އެ ޖަމިއްޔާގެ ވެބްސައިޓް މެދުވެރިކޮށް އިއުލާނުކޮށްފަ އެވެ.

އެ ގޮތުން، ބީޑަބްލިއުއެފް އިން ބުނީ، ބީީއޭއެމްގެ ކަންކަން ރަނގަޅު މަގަށް ގެނައުމަށް އެ އެސޯސިއޭޝަންގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް އޭރުގެ ހިންގާ ކޮމިޓީ ތަމްސީލްކުރާ މެމްބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ބީޑަބްލިއުއެފްގެ މެމްބަރެއްގެ މައްޗަށް އެކުލެވޭ ވޯކިން ގްރޫޕެއް މެދުވެރިކޮށް ކުރެވުނު މަސައްކަތުން އަސާސީ ގަވާއިދު އިސްލާހުކޮށް، އިންތިހާބެއް ބޭއްވިފައިވާ ކަމަށެވެ.

ނޮވެމްބަރު އެއް ވަނަ ދުވަހު، ބީއޭއެމްގެ އަސާސީ ގަވާއިދެއް ފާސްކޮށް، ނޮވެމްބަރު 22 ވަނަ ދުވަހު އިންތިހާބެއް ބޭއްވި އާ ހިންގާ ކޮމިޓީއެއް އިންތިހާބުކުރެވިފައިވާއިރު، މި ކަންކަން ކުރެވިފައިވަނީ، ބީޑަބްލިއުއެފްގެ އޮބްޒާވަރުންގެ ހާޒިރުގައި ކަން އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ.

މި ހުރިހާ ކަމަކަށް ބަލައި، ރާއްޖޭގެ ސަސްޕެންޝަނުގެ ކަންކަން ވިލަރެސް ކުރާ ކައުންސިލް ޑެލިގޭޓެޑް ގްރޫޕުން، ނިންމާފައިވަނީ ރާއްޖޭގެ ސަސްޕެންޝަން އުވާލައި، އަލުން ބީޑަބްލިއުއެފްގެ މެމްބަރުކަން ދިނުމަށް ކަމަށެވެ. ބީޑަބްލިއުއެފް އިން ވަނީ، ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކަށް މި ކަމުގައި ޝުކުރު އަދާކޮށްފަ އެވެ. އޭގެ ތެރޭގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަދި ވޯކިން ގްރޫޕުން ކުރި މަސައްކަތް ބީޑަބްލިއުއެފް އިން ހާއްސަކޮށް ފާހަގަކޮށްފައިވެ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ މި އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު، ބީއޭއެމް އަތުން ގައުމީ ހައިސިއްޔަތު ނެގުމަށް ކުރި ނިންމުން ބަދަލުުކޮށް، އަލުން ބީއޭއެމަށް ގައުމީ ހައިސިއްޔަތު ދޭން އިއްޔެ ނިންމައިފަ އެެވެ.

ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރީ ކީއްވެ؟

ބީޑަބްލިއުއެފް އިން މީގެ ހަތް މަސް ކުރިން، ރާއްޖެ ސަސްޕެންޑްކުރިކަން ސިޓީ އަކުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އެންގި އެވެ. އެ ސިޓީގައި މައިގަނޑު ގޮތެއްގައި އަންގާފައިވަނީ، އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރު ގުޅިގެން ނިންމާފައިވާ ގޮތަށް، ތިން މެމްބަރުންގެ އެޑްހޮކް ކޮމިޓީއެއްގެ ދަށަށް ބެޑްމިންޓަން އެސޯސިއޭޝަނުގެ ކަންކަން ގެންދިއުމަކީ ނުފޫޒު ފޯރުވުން ކަމަށް ދޭހަވާތީ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބެޑްމިންޓަން އެސޯސިއޭޝަންގެ ގައުމީ ހައިސިއްޔަތު ނަގަން ނިންމީ، ބީޑަބްލިއުއެފްގެ ބަހެއް ހޯދައިގެން، ބީއޭއެމްގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތުގައި އަލިމަގެއް ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބުނެ އެވެ. ބީއޭއެމްގެ މެންބަރުންގެ ބައިވެރިވުމާ އެކު، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ނިންމި އެވެ.

ބީއޭއެމްގައި މައްސަލަ ޖެހުނުއިރު، އެންމެ ފަހުން އޮތް ހިންގާ ކޮމީޓީގެ ދައުރު، މިދިޔަ އަހަރުގެ މާޗް މަހުގެ 11 އަށް އޮތީ ހަމަވެފަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލް ދަށަށް ގެންނަން ނިންމައިފަ އެވެ. އެ މައްސަލައާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ކޯޓުން ނިންމީ ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށެވެ. އެ ނިންމުން އިސްތިއުނާފުކުރަން ހައި ކޯޓަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހުށަހަޅައިގެން ކުރިއަށް ނުދިޔަ އެވެ.

ރާއްޖޭގެ ބެޑްމިންޓަނުގެ ކުރިމަގާ ގުޅޭގޮތުން، ބީޑަބްލިއުއެފްއާ މަޝްވަރާ ކުރި ނަމަވެސް ކުރިއެރުމެއް ނުލިބި ދިގުލައި ގޮސް، އެންމެ ފަހުން ސްޕޯޓްސް ކޮމިޝަނަރު ނިންމެވީ، ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށް ރާއްޖޭގެ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމަށެވެ.

ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރިިއިރު، މީގެ ކުރިން، އެ ފެޑެރޭޝަނުން ރާއްޖެ އަށް ލަފާ ދީފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް ހެދުމަށެވެ. އެއީ، ބެޑްމިންޓަން އެސޯސިއޭޝަންގައި ކުރިން އޮތް ހިންގާ ކޮމިޓީގެ މެމްބަރުން ވެސް ހިމެނޭ ގޮތަށެވެ. އެކަމަކު، އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރު އޮފީހުން ވަނީ، އެ ކޮމިޓީގައި ގާނޫނީ ވަކީލަކާއި ބެޑްމިންޓަން ކޮމިއުނިޓީގެ މެމްބަރެއް ހިމަނަން ހުށަހަޅައިފަ އެވެ. އޭގެ ފަހުން، އެ މަޝްވަރާތަކުގައި ހައްލަކަށްނާދެވި އޮތީ އެވެ.

ދުވަސްތައް ދިގުލައި ގޮސް، ބީޑަބްލިއުއެފްގެ ބަހެއް ނުލިބި، ސްޕޯޓްސް ކޮމިޝަނަރު އޮފީހާއި އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު، އެކުލަވާލި ކޮމިޓީގައި، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ހިންގާ ކޮމިޓީގެ މެމްބަރެއް ނެތި، އެޑްހޮކް ކޮމިޓީއެއް އެކުލަވާލިތާ މާ ގިނަ ދުވަހެއް ނުވެ، ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރީ އެވެ.

އެކަމަކު، އަލުން ސަސްޕެންޝަނުން ސަލާމަތްވުމަށް، ކުރި މަސައްކަތުގެ ތެރެއިން، ކުރިއެރުންތަކެއް ހޯދައި، މީގެ ދެ މަސް ކުރިން ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ބީޑަބްލިއުއެފްގެ މުބާރާތްތަކުގައި ކުޅުމުގެ ލުއިތަކެއް ދީފަ އެވެ. އަދި، މިހާރު މި ވަނީ ސަސްޕެންޝަން އުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox