ޔަގީންކަމާއި އިތުބާރާ އެކު އަޝްރަފް އަނެއްކާ ވެސް ޗެމްޕިއަނުންގެ ސަފަށް

Nov 22, 2025, 3:45 AM
ބަނޑުފިލާ ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި އަޝްރަފް.-- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ބަނޑުފިލާ ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި އަޝްރަފް.-- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ގައުމީ ބަނޑުފިލާ ޗެލެންޖްގެ މެންސް އޯޕަންގެ ޗެމްޕިއަންކަން ލިބުނީ މުބާރާތަށް ތައްޔާރުވާން ފެށި ދުވަހުން ފެށިގެން އެ އަޒުމުގައި އައިސް ކުރި ހިތްވަރާއި މަސައްކަތުން ކަމަށް ޏ. ފުވައްމުލަކު ކުޅަދާނަ ބޮޑީބޯޑަރު، އަޝްރަފް ހަސަން ބުނެފި އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އަޝްރަފް ބުނީ، މުބާރާތުގެ ފުރަތަމަ ހީޓުން ފަށައިގެން ދިޔައީ ވަރަށް ޗެލެންޖިންކޮށް ކަމަށެެވެ. ފުރަތަމަ ހީޓުގައި ރަނގަޅު ނަތީޖާއެއް ލިބުމުން ކުރިއަށްދާން ހިތްވަރު ލިބުނު ކަމަށް އަޝްރަފް ވަނީ ބުނެފަ އެވެ.

"މި މުބާރާތަށް އައީ އެންމެ މަގުސަދެއް ހާސިލްކުރަން، އެއީ ޗެމްޕިއަންކަން ނަގަން، އަޝްރަފް އަކަށް ހިއެއްނުވޭ، އަޝްރަފް ނެޝަނަލް ޓީމަށް އަރާނެއެކޭ. އެކަމަކު، ނެޝަނަލް ޓީމަށާއި ޗެމްޕިއަންކަމާ ދޭތި އެއްކޮށް މި އޮތީ ލިބިފައި. ވަރަށް އުފާވޭ އަސްލު،" ގައުމީ ޗެމްޕިއަންކަމުގެ އިތުރުން އަންނަ އަހަރުގެ ގައުމީ ބޮޑީބޯޑިން ސްކޮޑުން ޖާގަ ލިބުމުގެ ހިތްހަމަޖެހުން އަޝްރަފް ހިއްސާކުރި އެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ޗެމްޕިއަން އަޝްރަފް "އަދަދު ސްޕޯޓްސް" އަށް އިންޓަވިއުދެނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ

މި ފަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖުގެ މެންސް އޯޕަންގެ ފައިނަލް ހީޓަކީ، 2023 ވަނަ އަހަރުގެ ބުރުނު ޝިކާރު ޗެލެންޖުގެ ފައިނަލުގައި ވާދަކުރި ފަހުން، ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި އަޝްރަފް ފައިނަލެއްގައި ވާދަކުރި ފުރަތަމަ ފަަހަރެވެ. އެ ފަަހަރު، ބުރުނު ޝިކާރުގައި ކުޑަ އައްޔަގެ މައްޗަށް ކުރިހޯދައި، 10 އަހަރު ތެރޭ އޭނާ އަތުން ފައިނަލެއްގައި މޮޅުވި ފުރަތަމަ އެތުލީޓުގެ ޝަރަފް، އަޝްރަފް ވަނީ ހޯދައިފަ އެވެ.

ތަފާތު ފޯމެއްގައި މި ފަހަރުގެ މުބާރާތުގައި ވާދަކުރި، އަޝްރަފް ވަނީ ސެމީ ފައިނަލުގައި، މި އަހަރުގެ ފުރަތަމަ ދެ މުބާރާތުގެ ޗެމްޕިއަން، އާމިން އުމަރު މޫސާ އަތުން 2.76 ޕޮއިންޓުގެ ފަރަގަކުން މޮޅުވެފަ އެވެ. އަޝްރަފް އަށް 12.50 ޕޮއިންޓް ލިބުނުއިރު، އާމިން އަށް ހޯދުނީ 9.74 ޕޮއިންޓެވެ. އަޝްރަފް ނަތީޖާ އަނބުރާލީ ފަހު ދެ ރާޅުންނެވެ. އެ ދެ ރާޅުގައި އޭނާ ވަނީ 5.67 ޕޮއިންޓާއި 6.83 ޕޮއިންޓް ސްކޯކޮށްފަ އެވެ. އާމިން އަށް ސްކޯކުރެވުނީ، ފުރަތަމަ ރާޅުގައި 5.67 ޕޮއިންޓާއި ފަސް ވަނަ ރާޅުގައި 4.07 ޕޮއިންޓެވެ.

ކުޑަ އައްޔައާ ދެކޮޅަށް ފައިނަލު ހީޓުގައި، އަޝްރަފް މޮޅުވީ، 2.23 ޕޮއިންޓުގެ ފަރަގުންނެވެ. މި ފަހަރުގެ މުބާރާތުގައި އެވްރެޖްކޮށް ރަނގަޅު ސްކޯތަކެއް ނެރެމުން އަންނަ އަޝްރަފް ފައިނަލުގައި 13.00 ޕޮއިންޓް ސްކޯކުރީ އެންމެ ރަނގަޅު ދެ ރާޅުގައި، 6.83 ޕޮއިންޓާއި 6.17 ޕޮއިންޓް ސްކޯކޮށްގެންނެވެ. ކުޑަ އައްޔަގެ ޖުމްލަ ޕޮއިންޓުގެ އަދަދަކީ، 10.77 ޕޮއިންޓެވެ. އައްޔަގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯތަަކަކީ، 5.67 ޕޮއިންޓާއި 5.10 ޕޮއިންޓް އެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގެ ފައިނަލް ހީޓުގައި އަޝްރަފް ވާދަކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އަޝްރަފް ބުނީ އެކި ސަބަބުތަކާ ހުރެ، އާމިން އާއ ކުޑަ އައްޔައާ ދެކޮޅަށް ނުކުންނަން ޖެހުމުން "ހާސްވި" ކަމަށާއި އެހެން ނަމަވެސް ފޯމުގައި ހުރެ މިކަން ކުރެވޭނެ ކަމުގެ އިތުބާރާ އެކު ކުރިއަށްދިޔައީ ކަމަށެވެ.

"ސެމީ ފައިނަލުން އާމިންއާ އެއްކޮށް ޖެހުމުން ކުޑަކޮށް ހާސްވެފައި އިނީ، އެކަމަކު ވެސް އަޝްރަފަށް އަމިއްލަ ނަފްސަށް އިތުބާރު އޮތް އަޝްރަފަށް މިކަން ވާނެކަން. އައިސްފައި، އައްޔައާ 2023 ގެ ފައިނަލް ހީޓެއްގައި ޖެހިފައި. މިހާރު އަނެއްކާ ވެސް ވަރަށް ގިނަ ދުވަސް ފަހުން ހީޓެއްގައި ޖެހުމުން ކޮންމެވެސް ވަރަކަށް ހާސްވި، އެކަމަކު ވެސް އަޝްރަފްގެ އެންމެ ބެސްޓް ދެއްކިއްޖެ އަޝްރަފް އަށް، މި އޮތީ ނަތީޖާ، އަޝްރަފަށް މި އޮތީ ޗެމްޕިއަންކަން ލިބިފައި،" އަޝްރަފް ބުންޏެވެ.

އަޝްރަފަކީ، މި ފަހަރުގެ ބަނޑުފިލާ ޗެލެންޖުގައި އެއް ރާޅުން އެންމެ މަތީ ސްކޯއެއް ހޯދި ބޮޑީބޯޑަރެވެ. އެ ގޮތުން ހަތަރު ވަނަ ބުރުގައި އަޝްރަފް ވަނީ އެއް ރާޅުން، 9.67 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގައި ބާކީ އޮތީ މިއަދު ކުރިއަށްދާ މާސްޓާސް ޑިވިޝަނާއި ޑްރޮޕްނީގެ ސެމީ ފައިނަލާއި ފައިނަލް ހީޓުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox