ބަނޑުފިލާ ޗެލެންޖުގެ ޖޫނިއާ ބަޔާއި ޖޫނިއާ ލީގުގެ ޗެމްޕިއަނަކީ އިޔަން

Nov 20, 2025, 10:51 AM
ގައުމީ ބަނޑުފިލާ ޖެލެންޖުގެ ޖޫނިއާ ޗެމްޕިއަންކަން އިޔަން ހޯދާފައިވަނީ ވަރުގަދަ ފައިޓަކާ އެކު ހީޓުތައް ނިންމައިގެން.--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ގައުމީ ބަނޑުފިލާ ޖެލެންޖުގެ ޖޫނިއާ ޗެމްޕިއަންކަން އިޔަން ހޯދާފައިވަނީ ވަރުގަދަ ފައިޓަކާ އެކު ހީޓުތައް ނިންމައިގެން.--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

މިހާރު ކުރިއަށްދާ ގައުމީ ބަނޑުފިލާ ޗެލެންޖް 2025 ގެ ޖޫނިއާ މެންސް ކެޓަރަގަރީގެ ޗެމްޕިއަންކަން ހޯދައި ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަންކަން، ކުޅަދާނަ ބޮޑީބޯޑަރު، އިޔަން އަހުމަދު ހޯދައިފި އެވެ.

މި ފަހަރުގެ ބަނޑުފިލާ ޗެލެންޖަށް އައިއިރު، ޖޫނިއާ ރޭންކިން އަށް ބަލާއިރު، މުހައްމަދު އަޒާން އަހުމަދު އާއި އިޔަން، ކޮންމެ އެތުލީޓަކު މުބާރާތެއް ނަގާފައި އޮތުމުން، ގައުމީ ބަނޑުފިލާ ޗެމްޕިއަންޝިޕް ނަގާ އެތުލީޓަކަށް ޖޫނިއާ ލީގު ރޭންކިން ކުރި ލިބޭނެކަން އޮތީ ޔަގީންވެފަ އެވެ. މުބާރާތަށް އައިއިރު، އިޔަން އާއި އަޒާން އަށް ވެސް ޖޫނިއާ ރޭންކިންގައި ލިބިފައިވަނީ، 1860 ޕޮއިންޓެވެ.

އިޔަން ވަނީ ޖޫނިއާ ފައިނަލު ހީޓުގައި، 3.17 ޕޮއިންޓުގެ ފަރަގަކުން މުޅިން އަލަށް މި ލެވަލްގެ މުބާރާތެއްގައި ވާދަކުރި ށ. ކަނޑިތީމުގެ އަބްދުލް އަހަދު ބަލިކޮށްފަ އެވެ. އިޔަން، ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި، 12.10 ޕޮއިންޓް ސްކޯކޮށްގެންނެވެ. އިޔަންގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ، 6.50 ޕޮއިންޓާއި 5.60 ޕޮއިންޓެވެ. އަހަދު ވަނީ، އެންމެ ރަނގަޅު ދެ ރާޅުގައި، 4.50 ޕޮއިންޓާއި 4.43 ޕޮއިންޓް ސްކޯކޮށްފަ އެވެ.

މި ފަހަރުގެ ބަނޑުފިލާ ޗެެލެންޖުގެ އިވެންޓެއްގައި އިޔަން ވާދަކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ / ނައުޝަމް ވަހީދު

އިޔަން ފަހަތަށް ޖައްސާލައި މިިދިޔަ އަހަރު ޖޫނިއާ ބައި ކާމިޔާބުކުރި އަޒާންގެ މައްޗަށް މި ފަހަރު އިޔަން މި ވަނީ ކުރިހޯދައި، ފާއިތުވި އަހަރުތަކުގައި އޭނާ އެންމެ ބޮޑަށް ބޭނުންވި ޖޫނިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ މެންސް އޯޕަންގެ ޗެމްޕިއަން، އިޔަން މި ފަހަރު އެ ކެޓަގަރީގައި ކެޓީ ކުއާޓާ ފައިނަލުންނެވެ. އެ ގޮތުން، ކުއާޓާގައި، އިޔަން އާއި އާމިން އުމަރު މޫސާގެ މެދުގައި ދިޔައީ ވާދަވެރި ހީޓެކެވެ. އިޔަން އަތުން އާމިން މޮޅުވީ، 0.14 ޕޮއިންޓުގެ ފަރަގުންނެވެ. އާމިން، 12.00 ޕޮއިންޓް ހޯދިއިރު، އިޔަން އަށް ވަނީ 11.86 ޕޮއިންޓް ލިބިފަ އެވެ. އާމިން އެންމެ ރަނގަޅަށް ސްކޯކުރި ދެ ރާޅުން، 5.00 ޕޮއިންޓާއި 7.00 ޕޮއިންޓް ހޯދިއިރު، އިޔަން އެންމެ ރަނގަޅަށް ސްކޯކުރި ރާޅުތަކުން ހޯދީ 6.33 ޕޮއިންޓާއި 5.53 ޕޮއިންޓެވެ.

ގައުމީ ބަނޑުފިލާ ޗެލެންޖުގައި ބާކީ އޮތީ މާސްޓާސް ޑިވިޝަނާއި ޑްރޮޕްނީގެ ސެމީ ފައިނަލާއި ފައިނަލް ހީޓުތަކެވެ. އެ ހީޓުތައް އޮތީ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox