ޖާއްޓެ ބަލިކޮށް އިޔަން އަށް ތާރީހުގައި ލިޔެވޭ ކާމިޔާބެއް

Nov 14, 2024, 4:34 PM
]

]

ގައުމީ ބޮޑީބޯޑިން ލީގުގެ މި އަހަރުގެ ފަހު މުބާރާތް ކަމަށްވާ ބަނޑުފިލާ ޗެލެންޖްގެ ފައިނަލުގައި އަލީ ޖާވިދު (ޖާއްޓެ) ބަލިކޮށް އިޔަން އަހުމަދު ތާރީހީ ކާމިޔާބީއެއް ހޯދައިފި އެވެ.

މި ފަހަރުގެ މެންސް އޯޕަންގެ ފައިނަލުން އިޔަން ޖާގަ ހޯދީ މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަން އާމިން އުމަރު މޫސާ ބަލިކޮށްގެންނެވެ. ސެމީގައި އީޔަން ވަނީ ޖުމްލަ 12.84 ސްކޯކޮށްފަ އެވެ. އާމިން އަށް ސްކޯކުރެވުނީ 10.43 އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) ކެޓީ ކުއާޓާ ފައިނަލުގައި ޖާއްޓެއާ ވާދަކޮށެވެ. އެ ގޮތުން، ކުއާޓާ ފައިނަލުގައި ކުޑަ އައްޔަގެ ސްކޯ އަކީ، 6.76 އެވެ. ޖާއްޓެ މޮޅުވީ، 9.33 ސްކޯކޮށްގެންނެވެ.

މެންސް އޯޕަން ފައިނަލުން ޖާއްޓެ ފައިނަލުން ޖާގަ ހޯދީ ސެމީގައި އަޝްރަފް ހަސަން ބަލިކޮށްގެންނެވެ. ސެމީގައި ޖާއްޓެ ޖުމްލަ 12.17 ސްކޯކުރިއިރު, އަޝްރަފް އަށް ސްކޯކުރެވުނީ 9.03 އެވެ.

ފައިނަލުގައި ޖާއްޓެ އާއި އިޔަންގެ ކުރިމަތިލުމެއް ފެނިގެންދިޔައިރު, އިޔަންގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޖާއްޓެ އެވެ. ފައިނަލުގައި އިޔަން ޖާއްޓެ ބަލިކުރިއިރު، އިޔަން ވެގެން ގޮސްފައިވަނީ ބަނޑުފިލާ ޗެލެންޖް ކާމިޔާބުކުރި އެންމެ ހަގު އެތުލީޓަށެވެ.

ފައިނަލް ހީޓުގައި އިޔަން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 4.83 އަދި 5.50 ސްކޯކޮށްފަ އެވެ. އިޔަންގެ ޖުމްލަ ސްކޯ އަކީ 10.33 އެވެ. ފައިނަލް ހީޓުގައި ޖާއްޓެ އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 4.00 އަދި 3.83 ސްކޯކޮށްފަ އެވެ. ޖާއްޓެ އަށް ޖުމްލަ ސްކޯކުރެވުނީ 7.83 އެވެ.

މީގެ އިތުރުން ބަނޑުފިލާ ޗެލެންޖްގެ ޖޫނިއާ ޗެމްޕިއަންކަން އިޔަން ބަލިކޮށް ހޯދީ އަޒާން އެވެ. ފައިނަލް ހީޓު އަޒާން 0.8 ސްކޯގެ ތަފާތުންނެވެ. ފައިނަލް ހީޓުގައި އީޔަން އެންމެ މަތިން ސްކޯކުރީ 3.00 އަދި 3.60 އެވެ. އަޒާން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 4.17 އަދި 3.23 ސްކޯކޮށްފަ އެވެ.

މި ފަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދީ ޖާއްޓެ އެވެ. އަދި ޖޫނިއާ ލީގު ޗެމްޕިއަން އަކީ އަޒާން އެވެ.

ބަނޑުފިލާ ޗެލެންޖްގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން، މި ފަހަރު ވެސް ހޯދީ ކުޑައައްޔަ އެވެ. ފައިނަލުގައި އާމިން އުމަރު މޫސާ ބަލިކޮށް ކުޑައައްޔަ ޗެމްޕިއަންކަން ހޯދި ސްކޯ އަކީ، 12.34 އެވެ. އާމިން އަށް ސްކޯކުރެވުނީ، 4.03 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox