ޔޫއެސް އޯޕަންގެ ތިން ވަނަ ބުރުން ކަޓައި ޖޮކޮވިޗަށް ބޮޑު ވެއްޓުމެއްް

Aug 31, 2024, 7:53 AM
ޔޫއެސް އޯޕަންގެ ތިން ވަނަ ބުރުން ކަޓައި ޖޮކޮވިޗަށް ބޮޑު ވެއްޓުމެއްް

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 31) - މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރުން ކަޓައި ސާބިއާގެ ލެޖެންޑް، ނޯވަކް ޖޮކޮވިޗަށް ކެރިއަރުގައި ވެސް ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އޮލިމްޕިކްްސްގެ ރަން މެޑަލް ހޯދައި، ކެރިއަރުގައި ބޭނުންވާ ބޮޑު ހުރިހާ ކާމިޔާބެއް ފުރިހަަމަ ކުރި، ޖޮކޮވިޗް، 37، ޔޫއެސް އޯޕަންގެ ތިން ވަނަ ބުރުން ކެޓީ، އޮސްޓްރޭލިއާގެ އަލެކްސޭއި ޕޮޕީރިން އަތުންނެވެ. ޕޮޕީރިން ސެޓުތައް ގެންދިޔައީ، 6-4، 6-4، 2-6 އަދި 6-4 އިންނެވެ.

މި ނަތީޖާއާ އެކު، 2017 ވަނަ އަހަރަށް ފަހު، ފުރަތަމަ ފަހަރަށް ޖޮކޮވިޗް ޓެނިސް ސީޒަނެއް ނިންމާލާނީ، ގްރޭންޑް ސްލޭމް ހަތަރު މުބާރާތުގެ ތެެރެއިން އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވި އެވެ. އަދި ޔޫއެސް އޯޕަންގެ ތިން ވަނަ ބުރުން، ޖޮކޮވިޗް ބަލިވެ، މުބާރާތުން ވަކިވާން ޖެހުނުއިރު، މިއީ، މިދިޔަ 18 އަހަރު ތެރޭގައި، ޔޫއެސް އޯޕަންގެ ފުރަތަމަ ބުރުތަކުން، ޖޮކޮވިޗް ކެޓި ފުރަތަަމަ ފަހަރެވެ.

އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމުގެ ރެކޯޑް އޮތް ޖޮކޮވިޗް، 25 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހުނީ އެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި ވެސް އެންމެ ދަށްކޮށް ކުޅެވުނު މުބާރާތޭ ބުންޏަސް ދޮގަކަށް ނުވާނެ. ތެދަށް ބުނާނަމަ ކުޅެވުނު ފެންވަރަށް ބަލާއިރު، ތިން ވަނަ ބުރުގައި ވާދަކުރެވުމަކީ ވެސް ކާމިޔާބެއް،" ހަތަރު ފަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް ބުންޏެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ދެ ވަނަ ބުރުން ކަޓައި، ސްޕެއިނުގެ ކާލޯސް އަލްކަރާޒް، ޓެނިހުގެ ބޮޑު ރެކޯޑަކާ ހަމަކުރަން ކުރި އުންމީދު ފުރިހަމަ ނުވި އެވެ. މި ފަހަރުގެ ފްރެންޗް އޯޕަން، ވިމްބަލްޑަން ކާމިޔާބުކުރި އަލްކަރާޒް އަށް ޔޫއެސް އޯޕަން ކާމިޔާބުކޮށް ޓެނިހުގެ ލެޖެންޑުން ކަމަށްވާ ރޮޑް ލޭވާ، ރަފަައެލް ނަޑާލް ހަދާފައި އޮތް ރެކޯޑާ ހަމަކުރުމުގެ ފުރުސަތު އޮތެެވެ. އެކަމަކު، ޔޫއެސް އޯޕަންގެ ދެ ވަނަ ބުރުން، ނެދަލެންޑްސްގެ ބޮޓިކް ވެން ޑެ ޒަންޑްޝަލްޕް އަތުން އަލްކަރާޒް ވަނީ ބަަލިވެ، މުބާރާތުން ކަޓައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox