އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި އަލްކަރާޒް އާއި ޖޮކޮވިޗްގެ ކުރިމަތިލުމެއް

Jan 31, 2026, 3:18 AM
އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި އަލްކަރާޒް އާއި ޖޮކޮވިޗްގެ ކުރިމަތިލުމެއް

މެލްބާން، އޮސްޓްރޭލިއާ (ޖެނުއަރީ 31) - މިހާރު ކުރިއަށްދާ އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބައްދަލުުކުރަން ޖެހިއްޖެ އެވެ.

އަލްކަރާޒް، ކެރިއަރުގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ފައިނަލަށް ދަތުރުކުރީ، ސެމީ ފައިނަލުގައި ފަސް ސެޓު ކުޅެގެން، ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ބަލިކޮށްފަ އެވެ. ފަސް ގަނޑިއިރާއި 27 މިނިޓަށް ދިގުދެމިގެންދިޔަ މި މެޗުން އަލްކަރާޒް މޮޅުވިއިރު، ސެޓުތައް ދިޔައީ، 6-4 7-6 (7-5) 6-7 (3-7) 6-7 (4-7) 7-5 އިންނެވެ.

ޖޮކޮވިޗް، 11 ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ފައިނަލަށް ދަތުުރުކުރީ، އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީގެ ޖަނިކް ސިނާ، ފަސް ސެޓު ކުޅެގެން ބަލިކޮށްފަ އެވެ. މިއީ، 19 މެޗަށް ފަަހު އޮސްޓްރޭލިއަން އޯޕަންގައި ސިނާ ބަލިވި ފުރަތަމަ ފަހަރެެވެ. އަނެއްކޮޅުން، 2024 ވަނަ އަހަރުގެ ވިމްބަލްޑަން އަށް ފަހު، ޖޮކޮވިޗްގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލް އެވެ.

Advertisement

ސިނާ އަތުން މޮޅުވިއިރު، ޖޮކޮވިޗް ވަނީ ތަފާތު ރޫހެއް ދައްކައިފަ އެވެ. އެންމެ ފަހުން ދެ އޮސްޓްރޭލިއަން އޯޕަން ވެސް ކާމިޔާބުކުރި ސިނާއާ އެކު ޖޮކޮވިޗް ކުޅުނު މެޗުގައި ސެޓުތައް ގެންދިޔައީ، 3-6 6-3 4-6 6-4 6-4 އިންނެވެ. މިއީ، ސިނާ އަތުން ފަސް މެޗަށް ފަހު ޖޮކޮވިޗަށް ލިބުނު ފުރަތަމަ މޮޅެވެ.

މިހާތަނަށް އަލްކަރާޒް އާއި ޖޮކޮވިޗް ވަނީ ހަތަރު ފައިނަލެއްގައި ބައްދަލުކޮށްފަ އެވެ. އެ ގޮތުން، އެންމެ ފުރަތަމަ 2023 ވަނަ އަހަރުގެ ވިމްބަލްޑަން ފައިނަލުގައި އަލްކަރާޒް މޮޅުވި އެވެ. އޭގެ ފަހުން، އެ އަހަރުގެ ސިންސިނާޓީ ފައިނަލުގައި، ޖޮކޮވިޗް ކާމިޔާބު ހޯދިއިރު، 2024 ގެ ވިމްބަލްޑަން ފައިނަލުގައި މޮޅުވީ އަލްކަރާޒް އެވެ. އެކަމަކު، އެންމެ ފަހުން މި ދެ ކުޅުންތެރިން ކުޅުނު ޕެރިސް އޮލިމްޕިކްސްގެ ސިންގަލްސް ފައިނަލުގައި އަލްކަރާޒް އަތުން ޖޮކޮވިޗް މޮޅުވި އެވެ. އެންމެ ފަހުން މި ދެ ކުޅުންތެރިން ވާދަކުރީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ސެމީ ފައިނަލުގަ އެެވެ. އެ މެޗުން މޮޅުވީ އަލްކަރާޒް އެވެ.

އަލްކަރާޒް އާއި ޖޮކޮވިޗް ބައްދަލުކުރާ ފައިނަލް މެޗު އޮތީ މާދަމާ މެންދުރު 13:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox