ޔޫއެސް އޯޕަން އިން ކަޓައި އަލްކަރާޒްގެ އުންމީދެއް ފެނަށް

Aug 30, 2024, 10:48 AM
ޔޫއެސް އޯޕަން އިން ކަޓައި އަލްކަރާޒްގެ އުންމީދެއް ފެނަށް

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 30) - ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ދެ ވަނަ ބުރުން ކަޓައި، ސްޕެއިނުގެ ކާލޯސް އަލްކަރާޒް، ޓެނިހުގެ ބޮޑު ރެކޯޑަކާ ހަމަކުރަން ކުރި އުންމީދު ފުރިހަމަ ވުމުގެ ފުރުސަތު ގެއްލިއްޖެ އެެވެ.

މި ފަހަރުގެ ފްރެންޗް އޯޕަން، ވިމްބަލްޑަން ކާމިޔާބުކުރި އަލްކަރާޒް އަށް ޔޫއެސް އޯޕަން ކާމިޔާބުކޮށް ޓެނިހުގެ ލެޖެންޑުން ކަމަށްވާ ރޮޑް ލޭވާ، ރަފަައެލް ނަޑާލް ހަދާފައި އޮތް ރެކޯޑާ ހަމަކުރުމުގެ ފުރުސަތު އޮތެެވެ. އެކަމަކު، ޔޫއެސް އޯޕަންގެ ދެ ވަނަ ބުރުން، ނެދަލެންޑްސްގެ ބޮޓިކް ވެން ޑެ ޒަންޑްޝަލްޕް އަތުން އަލްކަރާޒް ވަނީ ބަަލިވެ، މުބާރާތުން ކަޓައިފަ އެވެ.

އޮލިމްޕިކްސްގެ ފައިނަލުން ނޮވަކް ޖޮކޮވިޗް އަތުން ބަލިވި އަލްކަރާޒް އަތުން، ޒަންޑްޝަލްފް މޮޅުވީ، 6-1 7-5 6-4، އިން ސެޓުތައް ގޮސްގެންނެވެ. މިއީ ދުނިޔޭގެ ރޭންކިންގެ 74 ގައި އޮތް ޒަންޑްޝަލްފަށް އޭނާގެ ކެރިއަރުގައި ޓެނިހުގެ ރޭންކިންގެ ގަދަ 10ގައި އޮތް ކުޅުންތެރިއަކު އަތުން ގްރޭންޑް ސްލޭމް މުބާރާތެއްގައި ލިބުނު ފުރަތަމަ މޮޅެވެ.

މި ނަތީޖާއާ އެކު، ގްރޭންޑް ސްލޭމް މުބާރާތްތަކުގައި އަލްކަރާޒް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ 15 މެޗަށް ފަހު ނިމުމެއް އަތުވެފަ އެވެ.

"އަހަރެންގެ ލެވަލް މުޅި މެޗުގައި ހުރީ އެއް ވަރެއްގައި، އެއީ ހަގީގަތުގައި އަހަރެންނަށް މި މެޗުން މޮޅުވާން ބޭނުންވާ މިންވަރެއް ނޫން. ވަރަށް ގިނަ ގޯސްތަކެއް ހެދިގެން މި މެޗުން ބަލިވެފައި މި އޮތީ، މި ކަންކަން ރަނގަޅުކުރަން އެބަޖެހޭ،" 21 އަހަރުގެ އަލްކަރާޒް، މެޗަށް ފަހު ބުންޏެވެ.

މިއީ، 2021 ވަނަ އަހަރުގެ ވިމްބަލްޑަން އަށް ފަހު، ބޮޑު މުބާރާތެއްގެ ދެ ވަނަ ބުރުން، އަލްކަރާޒް ކެޓި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox