ނޭޕާލް ބަލިކޮށް ބަންގްލަދޭޝް އިން ސާފް 20 އަހަރުން ދަށުގެ މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފި

Aug 29, 2024, 5:57 AM
ނޭޕާލް ބަލިކޮށް ބަންގްލަދޭޝް އިން ސާފް 20 އަހަރުން ދަށުގެ މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފި

ފައިނަލުގައި މުބާރާތް ބޭއްވި ގައުމު ނޭޕާލް 4-1 އިން ބަލިކޮށް، ބަަންގްލަދޭޝް އިން ފުރަތަމަ ފަހަރަށް ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މީގެ ކުރިން ސާފް އިން 19 އަހަރާއި 20 އަހަރުން ދަށަށް މި މުބާރާތް ބޭއްވިއިރު، ނޭޕާލުން ދެ ފަހަރު އަދި އިންޑިއާ އިން ތިން ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ. ބަންގްލަދޭޝް އިން ވަނީ މި ފަހަރުގެ މުބާާރާތުގެ ސެމީ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކުރުމަށް ފަހު، ފައިނަލްގައި ނޭޕާލްގެ މައްޗަށް ކުރިހޯދައިފަ އެވެ.

މި މުބާރާތުގެ މެޗުތައް ދަސަރަތު ރަންގްސާލާ ސްޓޭޑިއަމްގައި ކުޅެން އޮތް ނަމަވެސް ފަހުން ބަދަލުކުރީ އަންފާ ކޮމްޕްލެކްސް އަށެވެ. އެއީ ދަސަރަތު ސްޓޭޑިއަމްގެ ހާލަތު އޮތްގޮތުންނެވެ. ފުރަތަމަ ވިސްނީ، ސެމީ ފައިނަލާއި ފައިނަލް ދަސަރަތުގައި ކުޅޭ ގޮތަށެވެ. އެކަމަކު، ފަހުން ހުރިހާ މެޗެއް ކުޅުނީ ވެސް އަންފާ ކޮމްޕްލެކްސްގަ އެވެ.

ނޭޕާލުން ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 2-1 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެހެންވެ، ފައިނަލުގެ ފޭވަރިޓުންނަކީ ނޭޕާލް ކަމަށް ބެލެވުނެވެ. އެކަމަކު، ފައިނަލްގައި ބަންގްލަދޭޝް ވަނީ ތަފާތު ރޫހެއްގައި ކުޅެ ކާމިޔާބު ހޯދައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަންގްލަދޭޝްގެ މިރާޖުލް އިސްލާމް ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފް ފެށިގެން 10 މިނިޓް ތެރޭ މިރާޖުލް އިތުރު ގޯލެއް ޖަހައި، އެ ޓީމަށް ހަމަޖެހުމެއް ހޯދައިދިނެވެ.

މެޗުގެ 71 ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ރަބީ ހުސެން ރާހުލް ލަނޑެއް ޖަހައި، އެ ޓީމަށް އުންމީދުތައް ބޮޑުކޮށްދީފައިވަނިކޮށް، ނޭޕާލްގެ ސާމިރު ތަމަންގް ގޯލެއް ޖަހައި ހިތްވަރު ކުރެވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު، އިތުރު ވަގުތުގައި ބަންގްލަދޭޝް އިން ހަތަރު ވަނަ ލަނޑު ޖަހައި މޮޅުވީ އެވެ. މި ލަނޑު ޖެހީ، އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ޕައިޝް އަހުމަދު ނޯވާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox