20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: އިންޑިއާ އަކީ ފޭވަރިޓުން، ރާއްޖޭގެ ކުޅުންތެރިންގެ މަަސައްކަތް ފާހަގަކުރަން

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: އިންޑިއާ އަކީ ފޭވަރިޓުން، ރާއްޖޭގެ ކުޅުންތެރިންގެ މަަސައްކަތް ފާހަގަކުރަން

ނޭޕާލުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓުންނަކީ އިންޑިއާ ކަމަށާއި މުބާރާތަށް ތައްޔާރުވާން ރާއްޖޭގެ ޓީމުގެ ކުޅުންތެރިން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށް ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕް އިއްޔެ ފެށިއިރު، މުބާރާތުގެ ހޯސްޓް، ނޭޕާލުން ވަނީ 1-0 އިން ސްރީ ލަންކާ ބަލިކޮށްފަ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގެ ފުރަތަަމަ މެޗުގައި ބޫޓާނާއި އިންޑިއާ މިއަދު ބައްދަލުކުރާނެ އެވެ. ރާއްޖޭގެ ފުރަތަމަ މެޗު އޮތީ ބުދަ ދުވަހު ބޫޓާނާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި އޭގެ އެއް ދުވަސް ފަހުން، އިންޑިއާއާ ކުޅޭނެ އެވެ.

މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިއްޓެ ބުނީ، ޖުމްލަކޮށް ބަލާއިރު، ތައްޔާރީތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ފަސް ވަރަކަށް ދުވަސް ކުރިން ނޭޕާލަށް ދިއުމަށް ފަހު، އެ މާހައުލަށް ހޭނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާކިއްޓެގެ ވާހަކައިގައި ފާހަގަކުރި އެވެ.

"އަހަރެމެންގެ ކުޅުންތެރިން އެކުރާ ހިތްވަރު ފާހަގަކުރަން. ކުރިއެެރުން ވެސް އެބަފެނޭ. މުބާރާތުގެ ފޭވަރިޓަކީ އިންޑިއާ، ދެން، ބޫޓާނުގައި ވެސް ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް އެބަތިބި،" ކުރިން ވެސް ޒުވާން ގައުމީ ޓީމަށް ކޯޗުކޮށްދިން ޝާކިއްޓެ ބުންޏެވެ.

"އަހަރެމެންނަށް ވެސް އެބަހުރި އަމިއްލަ ޗެެލެންޖްތަކެއް. މަސައްކަތް މި ކުރަނީ އެ ޗެލެންޖްތަކުން އަރައިގަނެގެން ކަންކަން ރަނގަޅުކުރަން. ޕްލޭނަކީ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗު، އެ މެޗުން ކުރިހޯދައި ކުރިއަށް ދިއުން،"

މުބާރާތަށް ފުރުމުގެ ކުރިން ރާއްޖޭގެ މީޑިއާ އަށް ދިން އިންޓަވިއުގައި ޝާކިއްޓެ ވަނީ، މި މުބާރާތުގެ ފައިނަލުގައި ކުޅުމަކީ ޓާގެޓެއް ކަމަށް ބުނެފަ އެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭ ދަނޑު އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) އިން ވަނީ ބަދަލުކޮށްފަ އެވެ. ހަ ގައުމުގެ މެދުގައި ކުރިއަށްދާ 20 އަަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުޅެން ހަމަޖެހިފައި އޮތީ، ހުރިހާ މެޗެއް، ދަސަރަތު ރަންގްސާލާ ސްޓޭޑިއަމްގައި ކުޅޭ ގޮތަށެވެ.

އެކަމަކު، ދަސަަރަތު ސްޓޭޑިއަމްގެ ޕިޗުގެ ހާލަތު ގޯސްވެފައި އޮތުމުން، އަންފާ އިން ވަނީ އަންފާ ކޮމްޕްލެކްސް ދަނޑަށް ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ބަދަލުކޮށްފަ އެެވެ.

މިއީ، 19 ނޫނީ 20 އަހަރުން ދަށަށް ބޭއްވޭ ސާފްގެ ހަ ވަނަ މުބާރާތެވެ. ފުރަތަމަ ދެ މުބާރާތް ކާމިޔާބުކުރީ ނޭޕާލުންނެވެ. އެކަމަކު، ދެން ކުޅުނު ތިން މުބާރާތުގެ ތަށި އުފުލާލީ ވެސް އިންޑިއާ އިންނެވެ. މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް އިންޑިއާ އިން ވަނީ، ގޯއާގައި ދެ މަސް ދުވަހުގެ ކޭމްޕެއް ކުރިއަށްގެންގޮސްފަ އެވެ. އަދި މުބާރާތުގައި ކުޅޭ އިންޑިއާ ސްކޮޑުގައި، ޔޫރަޕްގެ ޔޫތު މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox