ފުޓްބޯޅަ އޮތް ހާލަތަށް ބަލާއިރު ތައްޔާރީތައް ރަނގަޅު: ޝާކިއްޓެ

ބަސް ޓާމިނަލުގައި ހުރެ، ޝާކިއްޓެ، އިންޓަވިއު ދެނީ.--- ފޮޓޯ: އަދަދު

ބަސް ޓާމިނަލުގައި ހުރެ، ޝާކިއްޓެ، އިންޓަވިއު ދެނީ.--- ފޮޓޯ: އަދަދު

ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތަށް ބަލާއިރު، 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން ކުރިއަށް އޮތް ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ވެފައިވާ ތައްޔާރީތައް ރަނގަޅު ކަމަށް ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެންމެ ފަހުން، އޮތް ހިންގާ ބޯޑުގެ މުއްދަތު ހަަމަވެ، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އިންތިހާ އަށް ގޯސްވެފައި އޮތުމުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، ފީފާ އިން ވަނީ އެފްއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ނިންމައިފަ އެވެ.

އެ ފަދަ ހާލަތެއްގައި، ފުޓްބޯޅައިގެ ހިންގުމުގެ ކަންކަން އޮއްވައި، ބުރަ މަސައްކަތްތަކެއްކޮށް، ޝާކިއްޓެ އާއި 20 އަހަރުން ދަށުގެ ޓީމުގެ މެނޭޖްމަންޓުން ވަނީ ޓީމެއް އެކުލަވާލައި، މުބާރާތަށް ގޮސްފަ އެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތް އޮތީ އޮގަސްޓް މަހު، 18-28 އަށް ނޭޕާލުގެ ކަތުމަންޑޫގަ އެވެ.

"ޓީމު މި ފަހަރު މި ދަނީ އެއް މަހާއި 15 ވަރަކަށް ދުވަހުގެ ޓްރެއިނިން އަށް ފަހު. ދެން ހަަމަ، މިހާރު ފުޓްބޯޅަ މި އޮތް ހާލަތަށް ބަލާފައި ޓީމު ރަނގަޅަށް ތައްޔާރުވެފައި އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނޭޕާލަށް ފުރުމުގެ ކުރިން، ބަސް ޓާމިނަލްގައި ހުރެ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޝާކިއްޓެ ބުންޏެވެ.

ނޭޕާލަށް ފުރި، 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން.--- ފޮޓޯ: އަދަދު

"ހަމަ ކުޅެލަން މުބާރާތަށް ދިއުމުގެ ވިސްނުމެއް ނޫން އޮތީ، ޓާގެޓެއް އެބައޮތް، ފައިނަލް ކުޅުން އެއީ،"

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، މި މަހު 21 ގައި ބޫޓާނާ ދެކޮޅަށް ކުޅުމަށް ފަހު، އޭގެ އެއް ދުވަސް ފަހުން އިންޑިއާއާ ބައްދަލުކުރާނެ އެވެ.

"ނޭޕާލް މި ދުވަސްކޮޅު ތަންކޮޅެއް ފިނިކޮށް އޮތީ، އަޅުގަނޑުމެންނަށް މި ދެވެނީ، މެޗުގެ ހަތަރު ވަރަކަށް ނޫނީ ފަސް ވަރަކަށް ދުވަސް ކުރިން، ދެން ހަަމަ، އެ އެންވާރްމަންޓަށް (މޫސުމަށް) ހޭނެން ދުވަސް ކޮޅެއް ލިބޭ އެބަ. ގަބޫލުކުރާ ގޮތުގައި އެއީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި ދެކެނީ،" ޝާކިއްޓެ ބުންޏެވެ.

ޒުވާން ގައުމީ ޓީމުގެ ސްކޮޑަށް ބަލާއިރު، މީގެ ކުރިން ސާފް އާއި އޭއެފްސީ މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިން އެބަތިބި އެވެ. މީގެ އިތުރުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ކުޅުންތެރިން ވެސް ހިމެނެ އެވެ. މީގެ ތެރެެއިން ބައެއް ކުޅުންތެރިންނަކީ ޝާކިއްޓެގެ އިރުޝާދުގެ ދަށުން، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގައި ވެސް ކުޅެފައިވާ ކުޅުންތެރިންނެވެ.

"މީގެ ތެރޭގައި، ފުރަތަމަ ޑިވިޝަން ކުޅެފައި ތިބި އެކްސްޕީރިއަންސް ހުރި ކުދިންނާ، އެއާ އެކު ހަމަ، މި އަހަރު ޓީމާ ގުޅުނު ކުޅުންތެރިން އެއްކޮށްލައިގެން އަޅުގަނޑުމެން ޓީމެއް ނަގައިގެން މި ދަނީ. މިދިޔަ އަހަރު ފުރަތަމަ ޑިވިޝަންގައި ކުޅެފައި، އަޅުގަނޑުމެންނާ އެކު ބޭރަށް ގޮސްފައި ތިބި ކުޅުންތެރިންގެ، އެ ތަޖުރިބާގެ ބޭނުން އަލަށް މި ޖޮއިން ކުރި ކުޅުންތެރިންނަށް ކުރެވޭނެ ކަމަށް މި ގަބޫލުކުރަނީ،" ޝާކިއްޓެ ބުންޏެވެ.

ޝާކިއްޓެ، ޓީމު ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައިވަނީ، އޭޝިއަން ކަޕް ކޮލިފައިންއާ ވެސް އެކުގަ އެވެ.

އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ބުރު މި އަހަރު ކުރިއަށްދާއިރު، ކޮލިފައިން މެޗުތައް ކުޅެން ޖެހެނީ ސެޕްޓެމްބަރު 21-29 އަށް އިންޑޮނޭޝިއާގެ ޖަކާޓާގަ އެވެ. އެ ގޮތުން ރާއްޖެ ހިމެނިފައިވަނީ، ގްރޫޕް އެފްގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ، އިންޑޮނޭޝިއާ، ޓިމޯ ލެސްޓޭ އަދި ޔަމަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox