ކުޅިވަރުގެ މައްސަލަތަކާ ގުޅޭ އެއްވެސް ސުވާލެއް މިނިސްޓަރަށް ނެތް

މިދިޔަ މަހުގެ 17 ވަނަ ދުވަހު މިނިސްޓަރު ރާފިއު، މަޖިލީހަށް ހާޒިރުވެ މެމްބަރުންގެ ސުވާލުތަަކަށް ޖަވާބު ދެއްވަނީ.--- ފޮޓޯ: މަޖިލިސް.

މިދިޔަ މަހުގެ 17 ވަނަ ދުވަހު މިނިސްޓަރު ރާފިއު، މަޖިލީހަށް ހާޒިރުވެ މެމްބަރުންގެ ސުވާލުތަަކަށް ޖަވާބު ދެއްވަނީ.--- ފޮޓޯ: މަޖިލިސް.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ހާޒިރުވެވަޑައިގެން، މަޖިލީސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވިއިރު، އެއްވެސް މެމްބަރަކު، މި ވަގުތު ރާއްޖޭގެ ކުޅިވަރުގެ ހާލަތު ހުރި ގޮތާއި މައިގަނޑު މައްސަލަތަކާ ގުޅޭ ސުވާލެއް ކުރައްވާފައިނުވެ އެވެ.

މިއަދުގެ ކުރިން، އެންމެ ފަހުން، ސްޕޯޓްސް މިނިސްޓަރު، ރާފިއު، އެންމެ ފަހުން، މަޖީލީހަށް ހާޒިރުވެ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވީ މިދިޔަ މަަހު 17 ވަނަ ދުވަހު އެވެ.

އެ ދުވަހު، މިނިސްޓަރު ވަނީ، ކުޅިވަރު ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭ ޑްރާފްޓް، ދެ ދުވަހެއްގެ ތެރޭގައި އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެެވެ. މިހާރު، ސްޕޯޓްސް މިނިސްޓްރީން އޮތީ، އެ ޑްރާފްޓް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފަ އެވެ.

މިނިސްޓަރު ރާފިއު، މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވީ، ކެންދޫ ދާއިރާގެ މެމްބަރު، މައުރޫފް ޒާކިރު ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށެވެ. އެއީ، މިދިޔަ ސަރުކާރުން ލައިޓް ޖަހަން ނިންމާފައިވާ، ބ. ކެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓް ޖެހުމުގެ އިތުރުން، އެ ރަށުގެ ފުޓްސަލް ދަނޑާއި ހޭންޑްބޯލް ކޯޓު އެޅޭނެ އިރެއް ސާފުކުރުމަށެވެ.

އެ ސުވާލަށް މިނިސްޓަރު، ރާފިއު ޖަވާބު ދެއްވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، މެމްބަރުން އިތުރު ސުވާލުކުރެއްވުމަށް 30 މިނިޓްގެ ވަގުތެއް ދެއްވައިފަ އެވެ.

މިއާ އެކު، މިއަދު މަޖިލީހުގައި ސްޕޯޓްސް މިނިސްޓަރު، ރާފިއު، ސާޅީހަކަށް މިނިޓް ހޭދަކުރިއިރު، އެއްވެސް މެމްބަރެއްގެ ސުވާލެއް ކުޅިވަރުގެ މައިގަނޑު މައްސަލަތަކާ އަމާޒުކޮށްފައިނުވެ އެވެ.

އެ ގޮތުން ބަލާއިރު، ކުޅިވަރު ގާނޫނުގެ އިސްލާހާ ގުޅޭ ސުވާލުތަކަކީ މި ވަގުތު ގިނަ ބަަޔަކު ޖަވާބު ބޭނުންވާ ކަންތައްތަކެއް ހުރި ކަމެކެވެ.

އެ ގޮތުން، ކުޅިވަރު ގާނޫނުގެ އިސްލާހުގެ ތެރެއިން، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާއިރު، އެ ތަނުގެ މުވައްޒަފުންނާ މެދު އަމަލުކުރެވޭނެ ގޮތަކާ ގުޅޭ ސުވާލުތައް އަމާޒުވާއިރު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައި އޮންނަތާ ފަސް މަސް ވެފައިވާއިރު، މައްސަލަ އަށް ހައްލެއް ލިބިފައިނުވުމަކީ ވެސް އެ ކުޅިވަރު ކޮމިއުނިޓީގެ ކަންބޮޑުވުމެކެވެ.

ރާއްޖޭގެ އެއް ވަނަ ކުޅިވަރު، ފުޓްބޯޅައިގެ ބެލެނިވެރިފަރާތް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުން ނޯމަލައިޒް ކުރަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ނިންމާފައިވެ އެވެ.

ރާއްޖޭގެ ސަރުކާރުގެ ވެސް ލަފާ ހޯދައިގެން އެކުލަވާލާ، އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ނަގާ ގޮތާ މެދު ގިނަ ބަޔެއް މައުލޫމާތު އެގެން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް، ސްޕޯޓްސް މިނިސްޓަރާ އޭގެއިން ވެސް އެއްވެސް ސުވާލެއް، މިއަދުގެ ޖަލްސާގައި މެމްބަރަކު އަމާޒެއް ނުކުރެ އެވެ.

މިއަދު މެމްބަރުންގެ ސުވާލުތައް އަމާޒުވެފައި ހުރީ ހަމައެކަނި، އެ މެމްބަރަކު ތަމްސީލްކުރާ ދާއިރާތަކުގެ ރަށްތަކުގައި އަޅާ ފުޓްސަލް ދަނޑާއި ޓާފް ދަނޑާއި ޒުވާނުންގެ މަރުކަޒާއި އެ ފަދަ ކަންކަމަށެވެ. ރާއްޖޭގެ ކުޅިވަރުގެ މިހާރުގެ ހާލަތާ ގުޅޭ މައިގަނޑު މައްސަލަތަކާ ގުޅޭ ކަންކަމާ މެދު ވިސްނާ ފިކުރުކުރާ މަންޒަރެއް ނުފެނުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox