ޔޫރޯގެ ޓީމުތަކާއި ކުޅުންތެރިންނަށް މުބާރާތުން ލިބެނީ ކިހާ ފައިސާއެއް؟

Jun 23, 2024, 7:48 AM
ޔޫރޯގެ ޓީމުތަކާއި ކުޅުންތެރިންނަށް މުބާރާތުން ލިބެނީ ކިހާ ފައިސާއެއް؟

ޔޫރަޕްގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ, ޔޫރޯ ފުޓްބޯޅަ މިހާރު ޖަރުމަންގައި ކުރިއަށްދާއިރު، ފުޓްބޯޅައިގެ ވަރުގަދަ ބާރުތައް މި މުބާރާތުގައި ވާދަކުރެ އެވެ. އަދި ޓީމުތަކުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންވެސް ފެނިގެން އެބަދެ އެވެ. ޔޫރޯ މުބާރާތުން ކުޅުންތެރިންނާއި ޓީމުތަކަށްވެސް މާލީ ގޮތުން ފައިދާތަކެއްވެ އެވެ.

ކުޅުންތެރިންނަށް ފައިސާ ލިބެނީ ކިހިނެއް؟

ޔޫރޯގައި ވާދަކުރާ ކުޅުންތެރިންނަށް މުބާރާތުގައި ކުޅޭތީ "ފިކްސްޑް" އާމްދަނީއެއް ނުލިބެއެވެ. އަދި ކްލަބުތަކުން ދޭ މުސާރައާ ހިލާފަށް، ގައުމީ ޓީމަށް ކުޅެގެން އެ ކުޅުންތެރިންނަށް މުސާރައެއް ވެސް ނުލިބެ އެވެ. މުބާރާތުގައި ކުޅޭތީ ފެޑަރޭޝަންތަކުން ކޮންމެވެސް ވަރެއްގެ ފައިސާއެއް ދިނަސް، އެއީ އެ ކުޅުންތެރިންނަށް ކްލަބުތަކުގައި ލިބޭގޮތަށް ދޭ "ވީކްލީ މުސާރައެއް" ނޫނެވެ.

ޔޫރޯގައި ކުޅޭ ޓީމުތަކުގެ ކުޅުންތެރިން މުބާރާތުގައި ކުޅުމަށް ފެޑަރޭޝަންސްތަކާ އެކު އެއްބަސްވުމެއް ހަދައެވެ. މި އެއްބަސްވުމުގެ ދަށުން ކުޅުންތެރިންނަށް ފައިސާ ލިބެނީ ދެގޮތަކަށެވެ. އެއް ގޮތަކީ ޓީމުގައި ހޭދަކުރާ ދުވަސްތަކަށް ދޭ ފައިސާ އެވެ. ދެން ކުޅުންތެރިންނަށް ފައިސާ ލިބޭނީ ބޯނަސްގެ ގޮތުގަ އެވެ.

މިސާލަކަށް، މި އަހަރު ޔޫރޯ ޖަރުމަނުން ކާމިޔާބުކޮށްފިނަމަ، ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 400،000 ޔޫރޯ ދިނުމަށް ޖަރުމަންގެ ފެޑަރޭޝަނުން ވަނީ އެއްބަސްވެފަ އެވެ.

ކްލަބްތަކަށް ޔޫރޯ އިން ފައިސާ ލިބޭ

ފުޓްބޯޅަ ކުޅުންތެރިން ކްލަބްތަކުގެ ކޮންޓްރެކްޓުން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ވީއްލާ މުއްދަތަށް އެ ކްލަބްތަކަށް ވެސް ޔުއެފާ އިން ބަޖެޓެއް ހަމަޖައްސާފައިވެ އެެވެ.

އެ ގޮތުން، އެ ބަޖެޓްގެ ގޮތުގައި ޔުއެފާ އިން މި ފަހަރު ހަމަޖައްސައިފައިވަނީ، 140 މިލިއަން ޔޫރޯ އެވެ. މިއީ، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެ ބަޖެޓަށް ވުރެ 10 މިލިއަން ޔޫރޯ އިތުރު އަދަދެކެވެ. މި ފަހަރުގެ ބަޖެޓުން ޔޫރަޕުން ބޭރުގެ ކްލަބްތަކުން ވެސް ފައިސާ ދޭނެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭ ކްލަބްތަކަކީ، ސައުދީ ޕްރޯ ލީގުގެ ޓީމުތަކެވެ.

ޔޫރޯގެ ޓީމުތަކަށް ލިބެނީ ކިހާ ފައިސާއެއް؟

ޔޫރޯގައި މޮޅުވާ ޓީމުތަކާއި ނޮކްއައުޓް ބުރަށް ކޮލިފައިވާ ޓީމުތަކަށް މި އަހަރުގެ ޔޫރޯގައިވެސް ދޭނީ ޖުމްލަ 331 މިލިއަން ޔޫރޯ އެވެ. މިއީ 2020 ވަނަ އަހަރުގެ ޔޫރޯގައިވެސް ދިން އަދެވެ. އެޢީ:

* ބައިވެރިވުމަށް: 9.25 މިލިއަން ޔޫރޯ

* މެޗު ބޯނަސް: މޮޅަަކަށް 1 މިލިއަން ޔޫރޯ، ޑްރޯއަކަށް 500،000 ޔޫރޯ

* ގަދަ 16ގެ ބުރަށް ދަތުރުކުރުން: 16.5 މިލިއަން ޔޫރޯ

* ކުއާޓާ ފައިނަލަށް ދަތުރުކުރުން: 2.5 މިލިއަން ޔޫރޯ

* ސެމީ ފައިނަލަށް ދަތުރުކުރުން: 4 މިލިއަން ޔޫރޯ

* ފައިނަަލަށް ދަތުރުކުރުން (ރަނަރަޕް): 5 މިލިއަން ޔޫރޯ

* ޗެމްޕިއަން: 8 މިލިއަން ޔޫރޯ

އެހެންކަމުން، ޔޫރޯގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޗެމްޕިއަންގެ އިނާމު ފައިސާއާއެކު ޖުމްލަ 28.25 މިލިއަން ޔޫރޯ ލިބޭނެ އެވެ. މިއީ އެހެން ބައްރުތަކުގެ މުބާރާތްތަކުގެ ޗެމްޕިއަނުންނަށް ވުރެ އިތުރު އަދަދެކެވެ. ޔޫރޯއާ އެންމެ ވާދަވެރި، ކޮޕަ އެމެރިކާގެ ޗެމްޕިއަނުންނަށް އެންމެ ގިނަ ވެގެން ވެސް ހޯދެނީ 16 މިލިއަން ޔޫރޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox