ފްލިކަށް ބާސެލޯނާ އިން ދިނީ ދެ އަހަރުގެ ކޮންޓްރެކްޓެއް

May 30, 2024, 4:11 AM
ފްލިކަށް ބާސެލޯނާ އިން ދިނީ ދެ އަހަރުގެ ކޮންޓްރެކްޓެއް

ބާސެލޯނާ (މެއި 30) - ހުސްވެފައިވާ ބާސެލޯނާގެ ކޯޗުގެ މަގާމާ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ހަވާލުވެއްޖެ އެވެ.

ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުން މިދިޔަ ސެޕްޓެމްބަރު މަހު ފްލިކް، 59، ވަކިކުރިއިރު، އޭނާ އަށް ބާސެލޯނާގެ ކޯޗުކަން ލިބުނީ، މިދިޔަ ހަފްތާގައި އެ ޓީމުގައި ހުރި ކޯޗު ޒަވީ ހެނާންޑޭޒް ވަކިކުރުމުންނެވެ.

"މިއީ ލިބުނު ޝަރަފެއް. އަހަރެންގެ ހުވަފެނެއް ހަގީގަތަކަށް މި ވަނީ ވެފައި، މި ޓީމާ އެކު ކޮންޓްރެކްޓްގައި ސޮއިކުރެވުނު ހިސާބުން. އަހަންނަށް ބަޔާންގައި ގިނަ ކާމިޔާބީތަކެއް ލިބުނު، އެ ފަދަ ކާމިޔާބީގެ ދަތުރެއް މި ޓީމާ އެކު ވެސް ކުރަން ބޭނުން،" ފްލިކް ބުންޏެވެ.

Advertisement

"ބާސެލޯނާގައި އޮތީ އަހަރެންގެ ފިލޯސަފީ، އެއީ ބޯޅަ ހިފަހައްޓައިގެން ކުޅެ ނަތީޖާ ނެރުން،"

މިދިޔަ ޖެނުއަރީ މަހު ޒަވީ، ވަނީ މި ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަން ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، ތަކުރާރުކޮށް ބާސެލޯނާ އިން ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު، ޒަވީ އެ ނިންމުން ބަދަލުކުރި އެވެ.

މީގެ މަހެއްހާ ދުވަސްކުރިން ޒަވީ، އިއުލާނުކުރީ އިތުރު އެއް އަހަރު ބާސެލޯނާގައި މަޑުކުރަން އެއްބަސްވެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެންމެ ފަހުން ބާސެލޯނާ އިން ކުޅުނު މެޗަށް ފަހު، ޒަވީ، ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާ ވަކިކުރަން ބާސެލޯނާގެ ބޯޑު މެމްބަރުން ވަނީ ހުށަހަޅައިފަ އެވެ. އެއާ އެކު، ބާސެލޯނާ އިން ޒަވީ މަގާމުން ވަކިކުރި އެވެ.

މަގާމުން ވަކިވުމަށް ފަހު ޒަވީ ދިން އިންޓަވިއުގައި ވަނީ، ދެން ބާސެލޯނާއާ ހަވާލުވާ ކޯޗަކަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ.

ފްލިކް ބުނީ، ކޮންމެ އާ ޗެލެންޖަކީ ވެސް ޕްރެޝަރުތަކަކާ އެކު އަންނަ ކަމެއް ކަމަށާއި ބާސެލޯނާގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ބަޔާން މިއުނިކަށް ކޯޗުކޮށްދިންއިރު، ފްލިކް ވަނީ އެ ޓީމާ އެކު، ހަތް ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި އެއް ސީޒަނުގައި ހުރިހާ މުބާރާތް ކާމިޔާބު ކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox