ސަރުކާރަށް ފައްޔާޒު: "ކަންކަން ކުރާނެ ގާބިލުކަމެއް ވެސް ނެތް، ދޮގުތައް އެދަނީ ފަޅައިއަރަމުން"

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

މި ސަރުކާރުން މަގާމުތަކަށް އައްޔަނުކުރި މީހުންގެ ގާބިލު ކަމެއް ނެތް ކަމަށާއި ވެރިކަމަށް އައުމަށް ހެދި ރޯބުހުތާން ދޮގުތައް މިހާރު ފަޅައިއަރަމުންދާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީން ރޭ ވަނީ ހަރުގެ ޖަލްސާއެއް ބާއްވައިފަ އެވެ. މިއީ އެ ޕާޓީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ހަރަކާތެއް ކަމަށްވާއިރު ފައްޔާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރައްވައިފަ އެވެ.

"ދޮގުގެ މައްޗަށް ދޮގު ހަދަމުން ހަދަމުން އައިސް ހުރިހާ ދޮގެއް މިއަދު އެ ދަނީ ފަޅައިއަރަމުން. ރިޔާސީ އިންތިހާބުގައި ވައުދެއް ވިއްޔާ ވައުދެއް ވީ އަޅުގަނޑުމެންގެ ސަރުކާރުގައި ކުރަން ފަށާފައި ހުރި ކަންކަމުގެ މައްޗަށް ކުޑަކުޑަ އެއްޗެއް އިތުރުކޮށްލެއްވީ ދެންވީ ހުރިހާ ވައުދަކީ ރޯބުހުތާން ދޮގުކަން މިއަދު ފެނިގެން އެދަނީ," ފައްޔާޒު ވިދާޅުވި އެވެ.

މި ސަރުކާރުން ސިޔާސީ މަގާމުތައް އިތުރު ނުކުރާނެ ކަމަށް ވިދާޅުވެ އެކަމާ ވެސް ހިލާފު ވަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެންމެ ބޮޑަށް އުންމީދު ކުރެއްވީ ގާބިލު މީހުން މަގާމުތަކަށް އައްޔަނު ކުރާނެ ކަމަށެވެ. ނަމަވެސް, އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ހީކުރީ ހަމަ ގާބިލު ވަރުގަދަ ބޭފުޅުން ވެސް ތަންތަނަށް ލާނެ ކަމަށް. އެކަން ވެސް ދިޔައީ ޗޮކުން. އެހެން ނޫންތޯ ވާނީ ގާތް ތިމާގެ ބޭފުޅުން ނޫން އެހެން އެއްވެސް ބޭފުޅަކަށް އިތުބާރެއް ނުކުރައްވާ. ސިޔާސީ މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން އެ ތިބީ ބާކީ ކޮށްފައި," ރައީސް މުއިއްޒު އައްޔަނު ކުރެއްވި ބައެއް ބޭފުޅުންނަށް އަމާޒުކޮށް ފައްޔާޒު ވިދާޅުވި އެވެ.

ޗާގޯސް މައްސަލައަށް އަމާޒުކުރައްވައި ފައްޔާޒު ވަނީ މި ސަރުކާރުން ޗާގޯސް ރާއްޖޭގެ ބަޔަކަށް ހަދަން ވައުދުވެފައިވާތީ އެ ވައުދު ފުއްދަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ރޭގެ ޖަލްސާގެ ތެރެއިން. ރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރޭގެ ޖަލްސާގެ ތެރެއިން. ރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރޭގެ ޖަލްސާގެ ތެރެއިން. ރޭގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ބާރުތައް މުށު ތެރެއަށް ގެންދިޔުމުގެ ފުރުސަތު ނުދޭނަން"

މި ސަރުކާރުން އުފައްދާފައިވާ ލޯކަލް ގަވަމެންޓް މިނިސްޓްރީއަކީ ބާރުތައް މުށުތެރެއަށް ލުމަށް އުފައްދާފައިވާ މިނިސްޓްރީއެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި, އެމްޑީޕީގެ މަޖިލިސް މެމްބަރުން އެކަމަށް ސަމާލުވެ ތިއްބެވުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

"މާލެއަކީ އެތައް ހާސް އަހަރެއް ވަންދެން ރާއްޖޭގެ ސިޔާސީ, އިގުތިސާދީ އަދި އިޖުތިމާއީ ވިންދު. މާލެއަކީ މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ވިންދު. މާލެއަށް ވާގޮތެއް މުޅި ރާއްޖެއަށް ވެސް ވުން އެއީ އޮންނަ ގޮތް," މާލެއަށް އޮތް ހައްލަކީ މުޅި ރާއްޖެ އެކީއެކަށް ތަރައްގީވެގެންދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ދަރިއެކެވެ. އަދި, މި ސަރުކާރަށް އެއީ ދޮން ދަރިއެއް ކަމަށް ސިފަކުރެއްވި އެވެ.

"ވަރަށް ރީތި ނަމެއްގައި އެޓޯލްސް މިނިސްޓްރީ ހަދައިގެން ކައުންސިލުގެ ބާރު މަރުކަޒު ކުރުމުގެ ވިސްނުން ފެނޭ. ހުރިހާ ކަމެއް އަމާޒުކުރަނީ ހުރިހާ ބާރެއް ސަރުކާރަށް ގެންނަން. އެގޮތަށް އެކަން ވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭ,"

ކައުންސިލްތަކުގެ ބާރުން "އެންމެ އަކުރެއް, އެންމެ ފިއްޔެއް' ވެސް ނެގޭނެ ގޮތަށް ކަންކަން އެމްޑީޕީން ނުކުރާނެ ކަމަށާއި ސަރުކާރަށް ސަމާލުވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި, މި އިންތިހާބަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކޮންމެހެން ކާމިޔާބުކުރަން ޖެހޭ އިންތިހާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox