ޔާމީނަށް އަނިޔާ ދީފާނެ ކަމުގެ ބިރު އެބައޮތް، މިނިވަން ކޮށްދޭނެ ކަމުގެ އުންމީދެއް ނެތް: ޖަމީލު

ޕީޕީއެމް ހޯޕް ކޮންފަރެންސްގައި ރައީސް މުއިއްޒު އަދި ޖަމީލު ބައިވެރިވެވަޑައިގަންނަވަނީ.

ޕީޕީއެމް ހޯޕް ކޮންފަރެންސްގައި ރައީސް މުއިއްޒު އަދި ޖަމީލު ބައިވެރިވެވަޑައިގަންނަވަނީ.

އެމްޑީޕީގެ ދެވަނަ ވެރިކަން ވޯޓުން ބަލިކުރުމަށް ޕީޕީއެމް/ޕީއެންސީން ކުރި ކެމްޕޭނުގައި އިދިކޮޅު ލީޑަރަކަށް ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީނަށް މިހާރު މިއޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަނިޔާ ދީފާނެ ކަމުގެ ބިރު އޮތް ކަމަށާއި ޔާމީން މިނިވަން ކުރަން އެއްވެސް މަޝްވަރާއެއް މިހާތަނަށް ސަރުކާރުން ކޮށްފައި ނުވާ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން ވަކިވެވަޑައިގެން ޔާމީން އިސްކޮށް ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމެވިކަން ރޭ ވަނީ ފަށްޓަވައިފަ އެވެ. ޔާމީން ޕީޕީއެމް ދޫކޮށްލެއްވީ އާ ރައީސް މުއިއްޒު ހުވާކުރެއްވިތާ ބަރާބަރު ހަފުތާއެއް ފަހުންނެވެ.

މައިގަނޑު ސަބަބެއްގެ ގޮތުގައި އޮތީ ޕީޕީއެމްގެ ލީޑާޝިޕުން އެމަނިކުފާނުގެ މަޝްވަރާ ނުހޯދައި އެކަހެރިކޮށްލުމެވެ.

"އަދަދު" ނޫހުގެ މިރޭގެ "އެތެރެފުށް" ޕްރޮގްރާމްގައި ޖަމީލު ވަނީ ޑރ. މުއިއްޒުގެ ވެރިކަން އައީ ޔާމީނަށް ލިބެމުންދިޔަ އަނިޔާތަކުން މިނިވަން ކޮށްދޭނެ ކަމުގެ ވައުދާއެކު ކަން ހަނދާން ކޮށްދެއްވައިފަ އެވެ. އަމިއްލަ ވެރިކަމެއްގައި ޔާމީނަށް އަނިޔާކޮށްފާނެ ކަމުގެ އުންމީދު ނުކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް އެފަދަ ހާލަތެއް މިވަގުުތު އޮތްތޯ އެހުމުން ޖަމީލު ދެއްވީ ސީރިއަސް ޖަވާބެކެވެ.

"އަޅުގަނޑު ގަބޫލުކުރާނީ ރައީސް ޔާމީންއާ މެދު ޕާޓީން އަމަލުކުރި ގޮތުން ވެސް އެއީ އަނިޔާއެއް ކަމަށް, އައި ހަމައެއާ އެކީގައި އަޅުގަނޑު ގަބޫލުކުރަނީ [މި ސަރުކާރުން] ރައީސް ޔާމީނަށް އަނިޔާ ކުރުމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމަށް," ޖަމީލު, ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ.

ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް މިހާރު ޖަމީލު ގަބޫލު ކުރައްވަ އެވެ. ނަމަވެސް ކުރިން ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ޖަމީލެވެ. ޖަމީލުގެ ފާޑުކިޔުން އޭރު ޔާމީނަށް އަމާޒުކުރީ، ނައިބު ރައީސްގެ މަގާމުން ދުރުކުރުމަށް ފަހު އެވެ.

ޔާމީންގެ މައްޗަށް ކޮށްފައި ވަނީ ހައްގު ނޫން ދައުވާތަކެއް ކަމަށް ޖަމީލު ތަކުރާރުކޮށް މިރޭ ވިދާޅުވި އެވެ. އެގޮތުން, ދައުވާތައް ކުރުމުގެ އަސާސް ވެސް މިހާރު ނެތްކަން ވެސް ފާހަގަ ކުރެއްވި އެވެ.

އެއީ, އެމްއެމްޕީއާރުސީގެ މައްސަލަ އެންމެ ފުރަތަމަ އަމާޒު ކުރެވުނީ ކުރީގެ ނައިބު ރައީސް އަދީބާއި އަބްދުالله ޒިޔާތަށް ކަމަށާއި އެ މީހުން މައާފު ދީފައިވާތީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޔާމީނުގެ ދައުވާތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒުއަށް ކޮށްދެވޭނެ ކަންކަން ހުންނާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

"މި އުޅެނީ ކޮރަޕްޝަންގެ ފައިސާ ހޯދަން ކޮންމެހެން ކޮށްގެން އުޅޭ ކަމެއް ނޫނޭ. މިއީ ޕޮލިޓިކަލީ މޯޓިވޭޓެޑް ޗާޖެއް (ދައުވާ) އެކޭ. އެހެންކަމަށް ވަންޏާ އަޅުގަނޑު ގަބޫލުކުރަނީ އަލަށް އަންނަ ރައީސުލްޖުމްހޫރިއްޔާގެ ބަންޑާރަ ނައިބުގެ ޒިންމާއެއް އެބައޮތޭ މިހެން ހުރި ކަންކަމަށް ހައްލު ހޯދުމަށް," އެ ޕްރޮގްރާމްގައި ޖަމީލު ވިދާޅުވި އެވެ.

އެފަދަ ކަމެއް ކުރުމަށް ސަރުކާރުން އެއްވެސް މަޝްވަރާއެއް ކޮށްފައިވޭތޯ އެހުމުން ޖަމީލު ވަނީ އޭނާ އެކަމަށް އުންމީދު ވެސް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެއްވެސް މަޝްވަރާއެއް ނުކުރޭ. އަދި, އަޅުގަނޑުމެން އުންމީދެއް ވެސް ނުކުރަން އެފަދަ ކަމެއް [މިނިވަން] ކޮށްދެއްވާނެ ކަމަށް,

ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި, ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނު ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް, އެގޮތަށް އަމަލުކުރައްވަމުން ނުދާކަން ޖަމީލުގެ އިންޓަވިއުއިން ވަނީ ހާމަވެފަ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު, ޔާމީން ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރު އެކުލަވާލުމުގައި ޔާމީންގެ މަޝްވަރާއެއް ނުހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox