ލީގުގެ ކުޅުން މިއަދު ނުފަށާނެ! އަލުން ފެށޭނެ ދުވަހެއްޥެސް ނޭނގޭ!

Oct 28, 2023, 9:38 AM
ލީގުގެ ކުޅުން މިއަދު ނުފަށާނެ! އަލުން ފެށޭނެ ދުވަހެއްޥެސް ނޭނގޭ!

ގައުމީ ޓީމުގެ ތައްޔާރީތަކަށާއި އޭއެފްސީ ކަޕްގައި ކުޅޭ މާޒިޔާގެ ތައްޔާރީތަކަށް މެދުކަނޑާލައިފާ އޮތް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށަން ހަމަޖެހިފައި އޮތް ނަމަވެސް މިއަދު މެޗުތައް ނުކުޅޭކަން ޔަގީންވެއްޖެ އެވެ.

އެންމެ ފަހުން ލީގު މެޗެއް ކުޅެފައި ވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން ލީގުގެ ކުޅުން މެޗު ކަނޑާލީ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ މެޗުތަކަށާއި، ވޯލްޑް ކަޕް/އޭޝިއަން ކަޕްގެ ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ ދެ މެޗަށެވެ.

ލީގުގެ ޝެޑިއުލް އެންމެ ފަހުން އެފްއޭއެމުން އާންމުކުރީ އޮގަސްޓް 19 ވަނަ ދުވަހު އެވެ. މި ޝެޑިއުލްގައި ވާގޮތުން، އިންޓަނޭޝަނަލް ބްރޭކަށް ފަހު މިއަދު ހަވީރު ލީގު އަލުން ފަށަން ހަމަޖެހިފައި އޮތީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗުންނެވެ. ނަމަވެސް މި މެޗު މިއަދު ނުކުޅޭކަން ދެ ކުލަބުގެ އޮފިޝަލުންވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

Advertisement

ލީގުގެ ކުޅުން ފެށުމާ ގުޅޭގޮތުން އެފްއޭއެމްއާ ސުވާލުކުރުމުން އެކަމަށް ޖަވާބެއް ނުލިބެ އެވެ. އަޑު އިވޭ ގޮތުގައި ލީގުގެ ކުޅުން 10 ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.

އެންމެ ފަހުން ލީގުގެ ކުޅުމާ ގުޅޭގޮތުން އެފްއޭއެމުން އެއްޗެއް ބުނެފައިވަނީ މަނީ ލޯންޑަރިންގެ ތުހުމަތުގައި ފުލުހުން ކުރިއަށްގެންދާ ތަހުހީގާ ގުޅޭގޮތުން ނެރުނު ބަޔާނުގަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމަށްވަދެ، އެ އިދާރާގެ ލިޔެކިޔުންތަކާ ހާޑް ޑްރައިވްތަކެއް ގެންގޮސްފަ އެވެ. މިކަމުގެ ސަބަބުން އެފްއޭމުން ރާވާ ހިންގާ މުބާރާތްތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

އެފްއޭއެމަށް ފީފާ އާއި އޭއެފްސީން އަދި އެނޫން ވެސް ގޮތްގޮތުން ދޭ ފައިސާ، އެތަނުގެ ވެރިން ނަހަމަ ގޮތުގެ ބޭނުން ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ކުރަމުން އަންނަ ތަހުގީގާ ގުޅޭގޮތުން އެފްއޭއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެއްވެސް ފައިސާއަކަށް ހިޔާނާތްތެރިވެފައިނުވާނެކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox