2024ގެ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި

Oct 28, 2023, 6:45 AM
2024ގެ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި

15 ވަނަ ވޯލްޑް ބޮޑީބީލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ބޮޑީބިލްޑިންގެ ދުނިޔޭގެ ފެންވަރުގެ އެންމެ ބޮޑު މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާކަން ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ދާތުކް ޕޯލް ޗުއާވެސް ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ އެކްސްކޯގެ ބޭފުޅުން ވަނީ އިންތިހާބީ ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފަ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި އަންނަ އަހަރު ބާއްވަން ނިންމާފައިވާ މުބާރާތަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ވަނީ ހާމަކުރައްވާފަ އެވެ.

Advertisement

ރާއްޖޭގައި މީގެ ކުރިން ވަނީ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްވެސް ބާއްވާފަ އެވެ. ދެ މުބާރާތުގައިވެސް ގައުމީ އެތުލީޓުން ރަނގަޅު ކާމިޔާބީތަކެއް ހޯދި އެވެ.

ގައުމީ ބޮޑީބިލްޑިން ޓީމް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ދެކުނު ކޮރެއާގައި އޮންނަ 14 ވަނަ ބޮޑީބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕަށެވެ. މި މުބާރާތަށް ނުކުންނައިރު މިދިޔަ އަހަރުގެ ދުނިޔޭގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަޒުނީން ރަޝާދު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. މިއީ ވޯލްޑް ޗެމްޕިއަންޝިޕަކުން ރާއްޖޭގެ ކުޅިވަރަކުން ހޯދި ފުރަތަމަ ރަން މެޑައްޔެވެ.

އަޒްނީންގެ އިތުރުން ގައުމީ ޓީމްގެ މުހައްމަދު މޫސާ (މޯޑް) ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގެ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީގައި ވާދަކޮށް ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ހުސައިން ހިމްޔާން ވަނީ އެތުލެޓިކް ފީޒީކް އަޕްޓު 75 ސެންޓްމީޓާރުގެ ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ.

ރާއްޖޭގެ ތަޖުރިބާކާރު ބޮޑީބިލްޑަރު ފަތުހުﷲ މުހައްމަދު ވެސް މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި އެވެ. އޭނާ ލޯ މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 160 ސެންޓްމީޓަރުން ކެޓަގަރީން ނެވެ.

އެ މުބާރާތުގައި ވާދަކުރި އެންމެ އުއްމީދީ އެއް އެތުލީޓުކަމަށްވާ އަބްދުﷲ އަހުސަން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަހުސަން ލޯ މެޑަލް ހޯދީ އެތުލެޓިކް ފިޒީކް 167 ސެންޓްމީޓަރު ކެޓަގަރީންނެވެ.

މީ އެތުލީޓުންގެ އިތުރުން މުބާރާތުގެ އެންމެ ވާދަވެރި އަދި ފޯރިގަދަ ކެޓަގަރީކަމަށްވާ ބޮޑީ ބިލްޑިން ސުޕަ 90 ކިލޯގެ ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ މިސްޓަ މޯލްޑިވްސް މުހައްމަދު ޔާމީން (ޔާންބެ)ވެސް ލޯ މެޑަލް ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox