އިތުރުު ވަގުތުގެ ތެރޭގައި ދެ ގޯލު ޖަހައި ބަޔާނުން ފަހަތުން އަރައި މޮޅުވެއްޖެ

Apr 4, 2026, 10:47 PM
ބަޔާން މޮޅުވި ގޯލު ޖެހި ކާލް އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ބަޔާން މޮޅުވި ގޯލު ޖެހި ކާލް އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މިއުނިކް (އޭޕްރީލް 4) - ޖަރުމަނު ލީގުަގައި މިރޭ އިތުރު ވަގުތުގެ ތެރޭގައި ޖެހި ދެ ގޯލާ އެކު، ބަޔާން މިއުނިކުން ފަހަތުން އަރައި 3-2 އިން ފްރެއިބާގް އަތަުން މޮޅުވެއްޖެ އެވެ. 

މެޗުގެ 81 ވަނަ މިނިޓާ ހަމައަށް އަމިއްލަ ދަނޑުގައި ކުޅުނު ފްރެއިބާގުން ދެ ގޯލު ކުރީގައި އޮތް މި މެޗުގެ ނަތީޖާ އަނބުރާލައި، ބަޔާނުން ހޯދި މޮޅާ އެކު، އެ ޓީމުން ޖަރުމަނު ލީގުގެ އެއް ވަަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެެވެ. އެއް ވަނައިގައި އޮތް ބަޔާނަށް 28 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ލިބިފައިވަނީ، 28 މެޗުން 62 ޕޮއިންޓެވެ. 

ފްރެއިބާގުން އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގައި، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލީޑުނެގީ ޖޯހަން މަންޒަމްބީ ޖެހި ގޯލުންނެވެ. އަދި، މެޗުގެ، 71 ވަނަ މިނިޓްގައި، ބަޔާން ކޮޅަށް ފްރެެއިބާގްގެ ދެ ވަނަ ލަނޑު ޖަހައިދިނީ، ލޫކަސް ހޯލާ އެވެ. ދެ ގޯލުގެ ލީޑެއް ލިބުމުން ފްރެއިބާގަށް މެޗުގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ނުލިބުނީ ބަޔާނުން ދެއްކި ހިތްވަރުގަދަ ކުޅުމާ އެކުގަ އެވެ. 

Advertisement

ފަހަތުން އަރައި، ނަތީޖާ އަނބުރާލަން ބަޔާނަށް އުންމީދެއް ހޯދައިދިނީ، 20 އަހަރުގެ މިޑްފީލްޑަރު، ޓޮމް ބިޝޮފް ޖެހި ގޯލުންނެވެ. މިއީ، 18 އަހަރުގެ  ތަރި ލެނާޓް ކާލް ދިން ބޯޅައަކުން ބިޝޮފް ޖެހި ލަނޑެކެވެ. އަަދި، ބިޝޮފް ވަނީ އިތުރު ވަގުުތުގެ ދެ ވަނަ މިނިޓްގައި މައިކަލް އޮލީސޭ ދިން ބޯޅައަކަށް ރަނގަޅު ތަނަށް އަރައި، ބަޔާނަށް އެއްވަރުކޮށްދިން ލަނޑު ޖަހައިފަ އެވެ. 

މެޗުގެ ތިން ޕޮއިންޓް ބަޔާނަށް ހޯދައިދިން ގޯލު ޖެހީ 99 ވަނަ މިނިޓްގައި، ލެނާޓް ކާލް އެވެ. އޭނާ މި ގޯލު ޖެހީ އަލްފަންސޯ ޑޭވިސް ދިން ބޯޅައަކުންނެވެ. 

ބަޔާނުން އެ ޓީމުގެ އެއް ވަނަ ފޯވާޑް ހެރީ ކޭން ނުލައި ކުޅެން ޖެހުނު މި މެޗުގައި އެ ޓީމުގެ އެޓޭކް ބެލެހެއްޓީީ ޒުވާން ތަރިންނެވެ. ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާ ކުޅޭ މެޗަށް ކޭން ފިޓްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox