ޕީއެންސީއަށް ދޭ ވޯޓަކީ ކުރީ ވެރިކަމުގެ އަނިޔާވެރިކަން އިއާދަކުރުމަށް ދެވޭ ވޯޓަކަށް މެނުވީ ނުވާނެ: ރައީސް

ޕީއެންސީއަށް ދޭ ވޯޓަކީ ކުރީ ވެރިކަމުގެ އަނިޔާވެރިކަން އިއާދަކުރުމަށް ދެވޭ ވޯޓަކަށް މެނުވީ ނުވާނެ: ރައީސް

ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ދޭ ވޯޓަކީ ގައުމު އަނބުރާ ހަލާކުގެ ތެރެއަށް ވައްޓާލުމަށް ދެވޭ ވޯޓެެއް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިންތިހާބަށް އެންމެ ހަތަރު ދުވަހަށް ވެފައިވާއިރު ރިޔާސީ ކެމްޕޭނުގައި ރައީސް މިވަގުތު ގެންދަވަނީ ރ. އަތޮޅަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. އިންތިހާބުގައި ވޯޓުލުމުގެ ކުރިން ވަރަށް ވިސްނަން ޖެހޭ ކަމަށާއި އެއީ ގާނޫނު އަސާސީން ރައްޔިތުންނަށް މަތިކޮށްފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށް ރ. މާކުރަތުގައި ހުންނަވައި މިއަދު ރައީސް ވިދާޅުވި އެވެ.

މިއީ ގައުމުގެ މުސްތަގުބަލު ކަނޑައެޅުމުގައި ކޮންމެ ރައްޔިތަކު ވެސް އަދާކުރަން ޖެހޭ ވާޖިބެއް ކަމަށާއި މި އިންތިހާބުގައި އޮތީ އެމްޑީޕީ އާއި ޕީޕީއެމްގެ ވާދަވެރިކަން ކަމަށް ރައީސް އަނެއްކާ ވެސް ތަކުރާރު ކުރެއްވި އެވެ. އަދި, ޑރ. މުއިއްޒު އިންތިހާބުވެވަޑައިގަތަސް ސަރުކާރާ ހަވާލުވާނީ 2013 އިން 2018 އަށް ވެރިކަން ކުރި މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވާ ގޮތުން އެއީ ރާއްޖެ ދުށް އެންމެ ނާމާން އަދި އުނދަގޫ ދުވަސްވަރެވެ.

"އެ ދުވަސްތައް ހަނދާންކޮށް ތަކުރާރުކޮށް އެޔާ މެދު ވިސްނަން ޖެހޭ. ޑރ. މުއިއްޒު, ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދީފިއްޔާ, އެ ކާމިޔާބުވާ ކަމަށް ވަންޏާ އަނެއްކާ ވެސް އެނބުރި ދެވޭނީ އެ ބިރުވެރި ނާމާންކަމަށް. އެއީ އަޅުގަނޑުމެންނަށް އޮތް ޗޮއިސެއް ނޫން," ރައީސް ވިދާޅުވި އެވެ.

އެ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމަކީ އެއްވެސް ރައްޔިތަކަށް އަދި ގައުމަށް ވެސް އޮތް ޗޮއިސެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. މުއިއްޒުގެ އިތުރުން ވެސް އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުން ތިއްބެވި ކަމަށާއި ނަމަވެސް އޭގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެސް ދޭ ވޯޓަކީ އިސްރާފެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ.

"މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދިނުން ނޫން ގޮތެއް ނެތް. ޕީއެންސީއަށް ވޯޓު ދީފިއްޔާ ވާނެ ގޮތް މި ދެންނެވީ. މުޅި ގައުމު އަނެއްކާ ވެސް ހަލާކުގެ ތެރެއަށް އަނބުރާ މިދަނީ. ދެން ތިއްބެވި ބޭފުޅުންނަށް ވޯޓު ދީފިއްޔާ އެއީ ގެއްލޭ އެއްޗެއް. އެކަމެއް ކުރެވެން ނެތް,"

ރާއްޖޭގެ މުސްތަގުބަލަށްޓަކައި ވެސް ގާނޫނު އަސާސީން ހަވާލުކޮށްފައިވާ އަމާނާތުގައި ހިފައި ވޯޓުލާން ރައީސް އެދިވަޑައިގެންނެވި އެވެ. އަދި, އޮތް ހަމައެކަނި ޗޮއިސަކީ އެމަނިކުފާނަށް ވޯޓު ދިނުން ކަމަށް ވިދާޅުވި އެވެ.

މިދަނީ ރާއްޖެއަށް ތަފާތު ބޮޑު ހެޔޮ ބަދަލެއް ގެނައުމަށް ކަމަށާއި ރޭވިފައި ހުރި މަޝްރޫއުތައް ނިމުމުން ފެންނާނީ ރާއްޖެއަށް މުޅިން އާ ޒަމާނެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހުރިހާ ބޭފުޅުން ވެސް އެކަމުގައި ބައިވެރިވުމަށް ރައީސް ދައުވަތު އެރުވި އެވެ.

މާކުރަތަށް ވި ވައުދުތައް

  • ބިން ހިއްކުން
  • ހައުސިން ޔުނިޓް އެޅުން
  • ފެން ބޮޑުވާ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތަރައްގީކުރުން
  • ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުން
  • ސްކޫލުގައި މަލްޓި ޕާޕޮސް ހޯލް އެޅުން
  • ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފެށުން
  • ދޯނި އެހެލާ ސަރަހައްދެއް ގާއިމުކުރުން

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox