ވޯލްޑް ޝޫޓިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒިޔާން ވާދަކުރަނީ

Aug 15, 2023, 8:01 AM
ވޯލްޑް ޝޫޓިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒިޔާން ވާދަކުރަނީ

އަޒަރުބައިޖާންގެ ބާކޫގައި މިމަހުގެ 15 އިން ސެޕްޓެމްބަރު އެކަކަށް އޮންނަ 53 ވަނަ ވޯލްޑް ޝޫޓިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒިޔާން ޟިޔާއު ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

އިންޓަނޭޝަނަލް ޝޫޓިން ސްޕޯޓް ފެޑެރޭޝަން (އައިއެސްއެސްއެފް) އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ދުނިޔޭގެ 104 ޤައުމަކުން 55 ކެޓަގަރީއަކާއި 12 އިންޑިވިޖުއަލް އިވެންޓެއްގައި 1260 އެތުލީޓުން ވާދަކުރާނެވެ އެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އެންމެ ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ރާއްޖޭގެ އެންމެ މޮޅު ފިރިހެން ޝޫޓަރުގެ މަގާމު ހޯދި ގައުމީ ޝޫޓިން ޓީމްގެ އުއްމީދީ އެތުލީޓު ޒިޔާން އެވެ. ވޯލްޑް ޗެމްޕިއަންޝިޕްގައި ޒިޔާން ވާދަކުރާނީ 10 މީޓަރު އެއަރ ޕިސްޓަލް ކެޓަގަރީގަ އެވެ.

10 މީޓަރު އެއަރ ޕިސްޓަލް ކެޓަގަރީގައި ޒިޔާން ވާދަކުރާއިރު މި ކެޓަގަރީގެ ގައުމީ ރެކޯޑުވެސް އޮންނަނީ ޒިޔާންގެ އަތުގަ އެވެ. އޭނާ އެންމެ ފުރަތަމަ އެ ރެކޯޑު މުގުރާލީ 2019 ވަނަ އަހަރު އޮތް އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕްގަ އެވެ. އޭގެ ފަހުން 2019 ގައި ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ޒިޔާން ވަނީ ވަނީ އަމިއްލަ ރެކޯޑު އާ ކޮށްފަ އެވެ. މިއަހަރުގެ މާޗު މަހު ޖަކާޓާގައި އޮތް އޭޝިއަން ރައިފަލް/ޕިސްޓަލް ކަޕް 2023 ގައި ވާދަކޮށް ޒިޔާން ވަނީ 569ގެ ސްކޯއަކާއިއެކު އަމިއްލަ ރެކޯޑު އާކޮށްފަ އެވެ.

ޒިޔާން އާއިއެކު ކޯޗެއްގެ ގޮތުގައި ބައިވެރިވާނީ ގައުމީ ޓިމްގެ ކޯޗު ހަސަން އަބްދުލް ގަފޫރު އެވެ.

2024ގައި ޕެރިސްގައި އޮންނަ އޮލިމްޕިކްސް ސްކޮލާޝިޕް ލިބިފައިވާ ޒިޔާން އަށް މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަކީ މުހިންމު މުބާރާތެކެވެ. މި މުބާރާތުން ޕެރިސް އޮލިމްޕިކްސް އަށް ކުޅުންތެރިން ކޮލިފައިވުމަށް ޕޮއިންޓްސް ލިބޭނެ އެވެ.

އަނެއްކޮޅުން މިއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ޝޫޓަރު ކަމަށްވާ ޒިޔާން އަށް އޭޝިއަން ގޭމްސްގެ ކުރިން ލިބޭނެ މުހިންމު ތަޖުރިބާއަކަށް ވާނެ އެވެ.

އަންނަ މަހު ޗައިނާގެ ހަންޒޫގައި 19 ވަނަ އޮންނަ އޭޝިއަން ގޭމްސް އަށް ޝޫޓިން ޓީމުން އަންނަނީ ދުރާލާ ތައްޔާރުވަމުންނެވެ. އެ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ލިބޭނެކަމަށް މޯލްޑިވްސް ޝޫޓިން އެސޯސިއޭޝަނުން އުއްމީދުކުރެ އެވެ.

ރާއްޖޭގެ ގައުމީ ފިރިހެން ޓީމް އެންމެ ފަހުން ވާދަކުރީ އިންޑޮނޭޝިއާގެ ޖަކާޓާގައި މިއަހަރުގެ ކުރީކޮޅު ކުރިއަށްދިޔަ އޭޝިއަން ރައިފަލް/ޕިސްޓަލް ކަޕް 2023ގަ އެވެ. އެ މުބާރާތުގައި ގައުމީ ޓީމްގެ ޝޫޓަރުންވަނީ ހަތަރު ގައުމީ ރެކޯޑެއް އާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox