މުއިއްޒަކީ "ޕީއެންސީ-ސަލަފް" ކެންޑިޑޭޓު، މެނިފެސްޓޯއެއް ނެތް: މާރިޔާ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ތަރުޖަމާނު، އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ތަރުޖަމާނު، އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓުގެ ގޮތުގައި ކުރިމަތިލެއްވި ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއެއް ނެތްް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވަނީ މުއިއްޒުއަކީ ޕީޕީއެމްގެ އިތުރުން ޖަމިއްޔަތުލް ސަލަފްގެ ކެންޑިޑޭޓުގެ ގޮތުގައި ސިފަކޮށްފަ އެވެ. މާރިޔާ މުއިއްޒުގެ ނަން ގެންނެވީ "ޕީއެންސީ-ސަލަފް" ކެންޑިޑޭޓު ކަމަށް ވިދާޅުވެ އެވެ. އަދި, އެގޮތަށް ސިފަކުރެއްވި ގޮތުގެ ތަފްސީލަށް ވަޑައިގެންނެވި އެވެ.

"ސަލަފްގެ ހުރިހާ ބޭފުޅުން, ފަހަރަކު ބޭފުޅެއް ވަޑައިގަންނަވަނީ މުއިއްޒުއަށް ތާއީދު ކުރައްވަމުން. އެ ބޭފުޅުން ތާއީދު ކުރައްވައި އެންޑޯޒް ކުރައްވާ ކެންޑިޑޭޓަކީ މުއިއްޒު ކަމަށް ވިދާޅުވަމުން," މާރިޔާ ވިދާޅުވި އެވެ.

ސަލަފް ޖަމިއްޔާގެ ނިވަލުގައި ސިޔާސީ ހަރަކާތް ހިންގާ ކަމަށް ބުނެ އެމްޑީޕީއާ އެހެނިހެން ބައެއް ޕާޓީތަކުގެ ފާޑުކިޔުން ވެސް ޖަމިއްޔާއަށް އަމާޒުވެ އެވެ. 2018 ގެ ރިޔާސީ އިންތިހާބުގައި ސަލަފުން އެންޑޯޒް ކުރީ އޭރުގެ ރައީސް އަދި ޕީޕީއެމްގެ ރިޔާާސީ ކެންޑިޑޭޓު އަބްދުالله ޔާމީނެވެ. ސަލަފްގެ ބައެއް އިސްވެރިން ޑރ. މުއިއްޒު އެންޑޯޒް ކުރައްވާފައިވާއިރު ރަސްމީކޮށް އެ ޖަމިއްޔާއިން ވެސް އެ ސްޓޭންޑް ހާމަކުރާނެ ކަމަށް ބެލެވެ އެވެ.

"މުއިއްޒުގެ މެނިފެސްޓޯއެއް ނެތް"

"އެއޮށް ހުރިހާ ދުވަހު ޕީއެންސީ-ސަލަފްގެ ކެންޑިޑޭޓު ހުންނެވީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރަކަށް. ޕީޕީއެމް މި އިންތިހާބަކު ބައިވެރި ނުވޭ. އެ ރުކެއް ނެތޭ ކަރުދާސްކޮޅަކު. ނަމަވެސް, ފެނިގެން މި ދަނީ އެ ބޭފުޅާ ކުއްލިއަކަށް ހުންނަވާފައި އެތަނުގެ ކެންޑިޑެސީ ހޯއްދަވައިގެން ނުކުންނެވިއިރު ވިސްނާވަޑައިގެންފައި ނެތް ކިހިނެއްކަން ކަންކަން ކުރައްވާނީއެއް. މެނިފެސްޓޯއެއް ހިސާބު ޖައްސަވާފައި ކަންކަން ކުރާނެ ގޮތެއް ނެތް ބައްލަވާފައި," މާރިޔާ މިއަދު ވިދާޅުވި އެވެ.

މަލްޓި ޕާޓީ ޑިމޮކްރަސީއަށް ވަކާލާތުކުރީ ވަކި މީހެއްގެ މޫނަށް ބަލާފައި ވޯޓު ދިނުމަކަށް ނޫން ކަމަށާއީ އެއީ ރައްޔިތުންނާ ހަމައަށް ހިސާބުތަކާ އެކު ކަންކަން ކުރާނެ ގޮތް ދައްކައިދިނުމަށް ގެނައި ނިޒާމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ހިތު ހުރި އެއްޗެއް ކިޔަނީ. މިހާރު ކުރާ ކަންކަމުގެ ވާހަކަ ވެސް ދައްކަނީ. ކެމްޕޭން މި ގެންދަނީ ރައްޔިތުންނާ ވާހަކަ ދައްކައި, ވިސްނުމާއި ހިޔާލު ހޯދައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށް, ރައްޔިތުންގެ ތެރެއިން މެނިފެސްޓޯއެއް ހިފައިން ރައީސް ސޯލިހު [ކެމްޕޭނަށް ވަޑައިގަންނަވަނީ]," މާރިޔާ ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު އަދި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު އަދި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު އަދި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

އޭނާ ވިދާޅުވި ގޮތުގައި ކެމްޕޭން ކުރުމަކީ ޑިމޮކްރަޓިކް ޕްރޮސެސްއަށް މުހިންމު ކަމެއް ކަމަށާއި ކޮންމެ ކެންޑިޑޭޓަކަށް ވެސް މިނިވަންކަމާ އެކު ކެމްޕޭންކޮށް ރައްޔިތުންނާ ހަމައަށް އެ ބައެއްގެ އަޑު ފޯރުކޮށްދެވެން ޖެހޭ ކަމަށެވެ. އެއީ, ފަސް އަހަރުގެ ދައުރުގައި ރައްޔިތުންނަށް ކޮށްދޭނެ ކަންކަން އެ މީހުންނަށް ސާފުކޮށްދެވޭނެ ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް, މުއިއްޒުގެ ކެމްޕޭނުގައި ދިރާސާތަކެއް ކޮށް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވާފައި ނުވާ ކަމަށް ވިދާޅުވެ މާރިޔާ ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ނުފެނޭ އިންތިޒާމުވެގެން ރައްޔިތުން ބޭނުންވެގެން އުޅެނީ ކޮންކަމެއްތޯ ބައްލަވާ އެހެން ކެންޑިޑޭޓުން ކެމްޕޭން ކުރައްވާ ތަނެއް..... ނެތޭ ބެއްލެވިފައެއް މޮޅަދޫ ރައްޔިތުން ބޭނުންވާ ކަމެއް. އެހެން އެ ވިދާޅުވިއިރު ބަނދަރު ނިމިއްޖެ," އިދިކޮޅު ކެންޑިޑޭޓު މުއިއްޒުއަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ ދިރާސާތަކެއް ނެތް. ހަމަ ތަނަކަށް އަރާފައި މިތަނަށް މިއެއްޗެހި ބޭނުމޭ ބަޔަކު ބުނާތީ އޭ ކިޔާފައި ނިމިގެންދާނީ,"

ކެމްޕޭން ކުރުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ވެސް އޮންނާނެ ކަމަށާއި އެ އިންތިޒާމުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މާރިޔާ ފާހަގަކުރެއްވި އެވެ.

"ޕީއެންސީ-ސަލަފް ކެންޑިޑޭޓު މުއިއްޒު އަރާވަޑައިގަންވާއިރު އެ ކެންޑިޑޭޓަށް ހުރަސް އެޅުމަށް އެއްވެސް ބަޔަކު އެކަން ކުރާނަމަ ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ލިބޭނެ. ކެންޑިޑޭޓު ޑިކްލެއާ ކުރި ދުވަހު ހުރިހާ ކެންޑިޑޭޓުންނާއި ރަނިން މޭޓުންނަށް ސެކިއުރިޓީ ދެވިފައި ވަނީ," މާރިޔާ ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނުގެ ތެރެއިން ރައީސް ސޯލިހު ވަޑައިގަންނަވާ ބައެއް ރަށްރަށުގައި އިދިކޮޅު ފަރާތްތަކުން ގެންދަނީ އިހުތިޖާޖުކޮށް އަޑުއުފުލަމުންނެވެ. މާރިޔާ ވިދާޅުވި ގޮތުގައި އެއީ ފޮޓޯގަނޑެއް ނެގުމަށް އިދިކޮޅުން ކުރަމުންދާ ކަންކަމެވެ. އަދި, ކެމްޕޭނަށް ހުރަސް އަޅާ މީހުންނާ މެދު ވޯޓު ދޭއިރު ރައްޔިތުން ވިސްނައިވަޑައިގަތުމަށް އެދުނެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަދުވެގެން ވޯޓުލާ މީހުންގެ 50 ޕަސެންޓު އަދި އިތުރު އެއް ވޯޓު ހޯދަން ޖެހެ އެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ވަރަށް ވޯޓު ނުލިބޭނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއްގެ ވޯޓު ލުން ބާއްވަން ޖެހެ އެވެ. ރައީސް ސޯލިހު އަމާޒުކުރައްވަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox