ރައީސް ސޯލިހަށް ފިލައިގެން ނުދެވޭނެ، މުއިއްޒުގެ ވެރިކަން ނިމެންދެން އޮންނަން ޖެހޭނީ ޖަލުގައި: އަބްދުއްރަހީމް

މިއަދު ވަށަފަރުގައި ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަ ދައްކަވަނީ. ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ---- ފޮޓޯ: ޕީޕީއެމް

މިއަދު ވަށަފަރުގައި ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަ ދައްކަވަނީ. ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ---- ފޮޓޯ: ޕީޕީއެމް

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިނަމަ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕާސްޕޯޓު ހިފަހައްޓައި އެމަނިކުފާނު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ރިޔާސީ ރޭހަށް ކުރީގެ ރައީސް އަބްދުالله ޔާމީނަށް ނުކުމެވަޑައިގެންނެވޭނެ ގޮތް ނުވުމުން އިދިކޮޅުން ނެރުނީ ޑރ. މުއިއްޒު އެވެ. އޭނާގެ ކެމްޕޭން ފަށައި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން މިއަދު މުއިއްޒުގެ އުފަން ރަށް ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ ރައީސް ސޯލިހު ހިފައި ހައްޔަރުކުރުމަށް ގޮވާލައިފަ އެވެ.

"ޑރ. މުއިއްޒުއަށް އަޅުގަނޑު ދަންނަވާލަން ބޭނުން އިންތިހާބުވެވަޑައިގަތުމާ އެކު [ރައީސް ސޯލިހުގެ] ޕާސްޕޯޓު ހިފަހައްޓަން ވާނޭ. އޭނާ މި ގައުމުން ބޭރުުވިޔަ ދީގެން ނުވާނެ. ރައީސް ޔާމީނަށް 1002 ވަނަ ދުވަހޭ ތި ވިދާޅުވަނީ. އަޅުގަނޑުމެންގެ ދައުރު ނިމެންދެން އިބްރާހިމް މުހައްމަދު ސޯލިހު އޮންނަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ޖަލުގައި. އޭނަގެ އެންމެ ފަހުގެ މަންޒިލަކަށް ވެސް ވާން ޖެހޭނީ ޖަލު," ވަރަށް ޖޯޝުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

Advertisement

އޭނާ ވަނީ ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެކަންކަމާ ގުޅިގެން އެމަނިކުފާނަށް ހައްގު އަދަބު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ތި ހުރިހާ ބޭފުޅުން ކަޅުއޮއްފުންމިއެއްގައި ނުކުމެވަޑައިގަންނަވަންވީ އިބްރާހިމް މުހައްމަދު ސޯލިހު ހިފައި ހައްޔަރު ކުރަން. ވެރިކަން ނިމިގެން ފުރައިގެން ދިޔަ ދީގެން ނުވާނެ. އޭނާ މި ގައުމަށް ގައްދާރުވެފައި ހުރީމަ ހައްގު އަދަބު ދޭންޖެހޭ. ހިޔާނާތްތެރިޔަކަށް ދޭން ޖެހޭ އަަދަބު ދޭން ޖެހޭ. އަނިޔާވެރިއަކަށް ދޭން ޖެހޭ އަދަބު ދޭން ޖެހޭ," އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ރައީސް ސޯލިހު އަކީ އަނިޔާވެރިއެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ރާއްޖޭގެ ފިލައިގެން ނުދެވޭނެ ކަމަށް ވިދާޅުވި ވާހަކަ ތަކުރާރުކުރައްވާފަ އެވެ. ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި އަބްދުއްރަހީމް އަކީ މިވަގުތު އިދިކޮޅު ލީޑާޝިޕުގައި ހުންނެވި އެންމެ ސީނިއާ ލީޑަރެވެ.

"އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވާލާނަން. އަނިޔާވެރިއަކީ އިބްރާހިމް މުހައްމަދު ސޯލިހޭ. އަޅުގަނޑުމެން މި ނުކުންނަނީ އަނިޔާވެރިޔާ ހިފާ ހައްޔަރުކުރާށޭ. ފިލައިގެން ރައްކަލެއް ނުވެވޭނެ. އަޅުގަނޑުމެންގެ ވެރިކަމަށް އަންނަ ގޮތަށް ޕާސްޕޯޓު ހިފަހައްޓާނަން. ސުވާލެއް ނޯންނާނެ," އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް މެދުވެރިކުރުވީ ރައީސް ސޯލިހުގެ ސަރުކާރު އަޑީގައި އޮވެގެން ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އެކަމާ ގުޅިގެން އެންމެ ބޮޑަށް އިދިކޮޅުގެ ނުރުހުން އަމާޒުވަނީ ރައީސް ސޯލިހަށެވެ. އެގޮތުން, އިދިކޮޅުގެ ވެރިކަމެއް އުފެދޭ ހާލަތެއްގައި ރައީސް ސޯލިހު ޖަލަށް ދާން ޖެހޭނެ ކަމަށް އެ ޕާޓީތަކުގެ ލީޑާޝިޕްގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox