އިންތިހާބުގައި މުއިއްޒުއަށް ތާއީދު ކުރަން ނިންމާފައި ނުވާނެ: ޕީޕީއެމް

އިންތިހާބުގައި މުއިއްޒުއަށް ތާއީދު ކުރަން ނިންމާފައި ނުވާނެ: ޕީޕީއެމް

ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑެސީ ލިބިވަޑައިގެންނެވި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެންޑޯޒް ކޮށް "ޕްލޭން ބީ" އެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެ ކަމަށް އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު އެމަނިކުފާނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕީއެންސީގެ ކެންޑިޑޭޓެއް ނެރުމަށް މީގެކުރިން އޮތީ ނިންމާފަ އެވެ.

އެހެން ނަމަވެސް, ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނު އެއް ކަމަކީ އެމަނިކުފާނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށެވެ. އެއާއެކު ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި ޑރ. މުއިއްުޒުއަކީ އިދިކޮޅު "ޕްލޭން ސީ" އަށް ވެގެންދިޔަ އެވެ. މުއިއްޒު ޕީޕީއެމް ދޫކުރެއްވީ ވެސް ޕީއެންސީގެ ޓިކެޓު ހޯދުމަށެވެ.

އެހެން ނަމަވެސް, އިދިކޮޅު ލީޑާޝިޕުން މަޝްވަރާކޮށް މުއިއްޒު އެންޑޯސް ކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އެ ހަބަރުތައް ދޮގުކޮށް ޕީޕީއެމުން ވަނީ އެފަދަ ކަމެއް ނިންމާފައި ނުވާކަން ޔަގީންކޮށްދީފަ އެވެ.

"ޕީޕީއެމްގެ ފަރާތުން ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ. ޕީޕީއެމުން ޕްލޭން ބީ ނުވަތަ ސީ އަކާމެދު ވިސްނާނީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވާދަ ނުކުރެއްވޭނެ ހާލަތެއް މެދުވެރިވުމުން އެކަންޏެވެ." މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިވަގުތު ވެސް ކެންޑިޑޭޓަކީ ޔާމީނުކަން ތަކުރާރު ކުރަމުން ޕީޕީއެމްގެ ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަމުންދަނީ ވެސް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމަށް އަމަރު ކޮށްދިނުމަށް ކަމަށް ބުނެފަ އެވެ.

"ހަމައެއާއެކު، ޕީޕީއެމްގެ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ގެއްލޭނަމަ، ޕީޕީއެމަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުޞަތު ލިބިދިނުމަށެވެ." އެ ޕާޓީން އެހެން ކެންޑިޑޭޓަކު ނެރޭނެކަން ހާމަކުރަމުން ބުނެފައިވެ އެވެ.

މުއިއްޒު އެންޑޯޒް ކޮށްފައި ނުވާނެ ކަމަށް ޕީޕީއެމުން ބުނެފައިވާއިރު އޭނާގެ ރަނިން މޭޓަކަށް އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވަނީ ހަމަޖައްސާފަ އެވެ.

ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުންތައް ވަނީ އިއްޔެ ނިންމާލައިފަ އެވެ. ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:30 ހާއިރު ވަން ދެން ކުރިއަށް ދިޔަ އަޑުއެހުންތަކުގައި، ޔާމީންގެ ފަރާތުން ވަކާލާތު ކުރަނީ ނިހާއީ ހުކުމެއް ނެތް ނަމަ އެމަނިކުފާނަށް ވާދަކުރެވެން ޖެހޭނެ ކަމަށެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އީސީން ނިންމީ ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި އެވެ. އެ ހުކުމާއެކު ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އޮތުމުން އެއީ ސާބިތު ދަރަންޏެއް ކަމަށް ބަލައި އެ ސަބަބު ބަޔާންކޮށް ވެސް އިލެކްޝަނުން ފަހުން ލިޔުމެއް ފޮނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox