ވެން ޑަ ސާގެ ފުރާނަ އަށް ނުރައްކަލެއް ނެތް: އާއިލާ

Jul 12, 2023, 7:24 AM
ވެން ޑަ ސާ (ކ) އާއި އޭނާގެ އަންހެނުން، އެންމެރީ ވެން ކެސްޓެރެން،

ވެން ޑަ ސާ (ކ) އާއި އޭނާގެ އަންހެނުން، އެންމެރީ ވެން ކެސްޓެރެން،

ޒަގްރެބް، ކްރޮއޭޝިއާ (ޖުލައި 12) - ކްރޮއޭޝިއާގެ ރަށެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ބަލިހާލަތު ގޯސްވެ، ސިކުނޑި އަށް ލޭ އެޅުމުގެ ސަބަބުން އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި ފަރުވާ ދެމުން އަންނަ، ނެދަލެންޑްސްގެ ލެޖެންޑަރީ ގޯލްކީޕަރު، އެޑްވިން ވެން ޑަ ސާގެ ފުރާނަ އަށް ނުރައްކަލެއް ނެތް ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ވެން ޑަ ސާ، 52، އަށް އަންނަނީ ކްރޮއޭޝިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ވެން ޑަ ސާގެ އަންހެނުން، އެންމެރީ ވެން ކެސްޓެރެން، މީޑިއާ އަށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެން ޑަ ސާ އަށް އައިސީޔޫގައި ފަރުވާ ދެމުން އައި ނަމަވެސް ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި ފުރާނަ އަށް ނުރައްކަލެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ދާ ކޮންމެ ފަަހަރަކު، ވެން ޑަ ސާއާ މުއާމަލާތު ކުރަން ކުރާ މަސައްކަތުގައި ކުރިއެރުން ފެންނަ ކަމަށް ވެސް އެންމެރީ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކުރިން އަޔަކްސް އަށް ކުޅުނު ލެޖެންޑަރީ ކީޕަރު، ވެން ޑަ ސާ އެ ކްލަބްގެ އެޑްމިނިސްޓްރޭޝަނުގެ ކަންކަމާ ހަވާލުވެ، ފަހުން ޗީފް އެގްޒެކްޓިވްގެ މަގާމުގައި ހުރިއިރު، އެ ކްލަބްގެ އިދާރީ ހިންގުމުގެ އިސް ޒިންމާގައި 10 އަކަށް ވުރެ ގިނަ އަހަަރު ހޭދަކުރުމަށް ފަހު ވެން ޑަ ސާ ދާދި ފަހުން ވަނީ އެ މަގާމުން އިސްތިއުފާ ދޭން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

އަޔަކްސް ދޫކޮށްލަން އުޅޭ ކަމުގެ ނިންމުން އިއުލާނުކުރުމަށު ފަހު، ޗުއްޓީ ދަތުރަކަށް ދިޔަ ވެން ޑަ ސާ އަށް މި ވަނީ ސިއްހީ ގޮތުން ޗެލެންޖިން ވަގުތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އަޔަކްސްގެ މަގާމުން ވެން ޑަ ސާ އިސްތިއުފާ ދޭން ނިންމީ މި ވޭތުވެދިޔަ 14 އަހަރު ތެރޭ އެ ޓީމުގެ އެންމެ ނަތީޖާ ދަށް ސީޒަނަށް ފަހު އެވެ. އަަޔަކްސް އިން މި ފަހަރު ނެދަލެންޑްސްގެ ލީގު ނިންމާލީ ތިން ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox