ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއިން ދެ ރަން މެޑަލް ހޯދައިފި

Jun 24, 2023, 12:52 PM
ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއިން ދެ ރަން މެޑަލް ހޯދައިފި

ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ އައިޝަތު މާނިޔާ އާދަމް އާއި އައިޝަތު ލައިކާ ހުސެއިން ރަން މެޑަލް ހޯދައިފި އެވެ.

މި މަހުގެ 17 އިން ފެށިގެން 25 ޖޫންގެ ނިޔަލަށް ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކްސްގައި މާނިޔާ ރަން މެޑަލް ހޯދީ ބެޑްމިންޓަން އިވެންޓުންނެވެ. އަދި ލައިކާ ރަން މެޑަލް ހޯދީ ލެވެލް ބީ - އެފް07 ޑިވިޝަނުގެ 100 މީޓަރު ދުވުމުންނެވެ.

ބެޑްމިންޓަންގެ އަންހެން ރަން މެޑަލް ހޯދި މާނިޔާ ވަނީ ކުޅުނު ފުރަތަމަ މެޗުގައި ޖޯޑަންގެ ކުޅުންތެރިޔާ އަތުން 21-10 އަދި 21-12 އިން މޮޅުވެފަ އެވެ. އޭގެ އިތުރުން މޮންގޯލިއާ ކުޅުންތެރިޔާ އަތުން 21-13 އަދި 21-15 އިން މޮޅުވި އެވެ.

ފައިނަލް މެޗު މާނިޔާ ކާމިޔާބުކުރީ ބަލްގޭރިއާގެ ތިޔަންކަ ޖޯޖީވާ އާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް މާނިޔާ ގެންދިޔައީ 21-19 އަދި 21-10 އިންނެވެ.

ފުރަތަމަ ފަހަރަށް ސްޕެޝަލް އޮލިމްޕިކް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި މިއަހަރު ރާއްޖެއިން ވާދަކުރާކުރަނީ މާނިޔާ އާއި މުހައްމަދު ރާއިފް ޝަރީފް އެވެ. ފިރިހެން ކުދިންގެ ބައިގެ ތިން ވަނަ ހޮވާ މެޗުގައި މިއަދު ރާއިފް ވާދަކުރާނެ އެވެ.

މިއަދު ލައިކާ ރަން މެޑަލް ހޯދީ ލެވެލް ބީ - އެފް07 ޑިވިޝަނުގެ 100 މީޓަރު ދުވުން 23.44 ސިކުންތުން ނިންމައިގެންނެވެ. ފައިނަލް ހީޓުގައި ރާއްޖޭގެ ޒާނާ އަލީ ޝަރީފްވެސް ދުވި އެވެ. ޒާނާއަށް ވަނީ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދާފަ އެވެ.

ސަތޭކަ މީޓަރު ދުވުުމުން ހަތަރުވަނަ ލިބުނު ނަމަވެސް ޒާނާ ވަނީ އިއްޔެ އޮތް ލެވެލް ސީ - ޑިވިޝަން އެފްއޯ3 ކެޓަގަރީގެ 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހޯދާފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން މިހާތަނަށް ދެ ރަން މެޑައްޔާއި އެއް ބްރޯންޒް މެޑަލް ހޯދާފައިވާއިރު މީގެ ކުރިން 2019ގައި އޮތް ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ވާދަކޮށް ރާއްޖެއިން ދެ މެޑަލް ހޯދި އެވެ. އެއީ ނިއުނޭޝަންގެ 100 މީޓަރ ކެޓަގަރީގެ އަންހެން ބައިން ޝިފްނާ އިބްރާހިމް ހޯދި ރަން މެޑައްޔާއި ނިއުނޭޝަންގެ 200 މީޓަރ ކެޓަގަރީގެ ފިރިހެން ބައި ވަސްމީ ވަހީދު ހޯދި ރިހި މެޑައްޔެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox