ޓީ20 ޕްރިމިއާ ލީގު: ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މިލާން އިން ތަށި އުފުލާލައިފި

Nov 4, 2022, 9:26 AM
މިލާން ކްރިކެޓް އެކެޑަމީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މިލާން ކްރިކެޓް އެކެޑަމީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މިހާރު ކުރިއަށްދާ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގައި ކުުޅުނު ހުރިހާ މެޗަކުން މޮޅުވެ، މިލާން ކްރިކެޓު އެކަޑެމީން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ޖުމްލަ 10 ޓީމާ އެކު މިދިޔަ އޮގަސްޓް މަހު ފެށި މުބާރާތުގެ ޗެމްޕިއަންކަން މިލާން އެކަޑެމީ އިން ކަށަވަރުކުރީ މިދިޔަ ހަފްތާގަ އެވެ. ލީގު ބުރުގައި މިލާންގެ ފަހު މެޗު އިއްޔެ ކުޅުނުއިރު، އެ މެޗަށް ނުކުތްއިރު ވެސް މިލާން އޮތީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. މި އަހަރު މުޅިން އަލަށް ބޭއްވި ޓީ10 ކްރިކެޓް މުބާރާތް ވެސް ކާމިޔާބުކުރީ މިލާން އެވެ.

މިލާނުން ވަނީ ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ވިޔަންސާ އަތުން 22 ލަނޑުން މޮޅުވެފަ އެވެ.

މިލާން ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވިއިރު، އެ ޓީމުން އެންމެ ފަހުން ކުޅެން ޖެހުނީ ޓީމުގެ މުހިންމު ކުޅުންތެރިން ނުލަ އެވެ. މިލާންގެ ކެޕްޓަން ޔޫސުފް އަޒްޔާން އާއި ބޯލަރު، ހަސަން އިބްރާހިމް މި ވަގުތު އަންނަނީ އޮސްޓްރޭލިއާގެ ކްލަބަކަށް ކުޅެން ލިބުނު ފުރުސަތެއްގެ ބޭނުންހިފަމުންނެވެ.

ލީގު ބުރުގެ ފަހު މެޗުގައި މިލާނުން އިއްޔެ ވިޔަންސާއާ ދެކޮޅަށް ނުކުތްއިރު، ޓޮސް ދިމާވުމުން ވިޔަންސާ އިން ނިންމީ ފީލްޑް ކުރާށެވެ.

މިލާނުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 147 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 34 ބޯޅައިން 36 ލަނޑު ހެދި އަލީ ޝުނާން އެވެ. މިލާންގެ އާދަމް ނާސިފް 16 ލަނޑު ހެދިއިރު، އިބްރާހިމް ނަޝާތު ނިންމާލީ 27 ލަނޑާ އެކު އެވެ. ކުޅެން ނުކުމެ، އިސްމާއިލް ނަޒްވާން ވަނީ ނުބައިނުވެ 18 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، 17 އޯވަރުން ވިޔަންސާގެ 10 ކުޅުންތެރިން ނުބައިވިއިރު، އެ ޓީމަށް ހެދުނީ އެންމެ 125 ލަނޑެވެ. ވިޔަންސާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 45 ބޯޅައިން 54 ލަނޑު ހެދި ކަމްރުލް ހަަސަން އެެވެ.

ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ގަދަ ހަތަރު ޓީމް ކޮލިފައިވާނީ ކުރިއަށް އޮތް ޓީ20 ޕްރެޒިޑެންޓްސް ކަޕަށެވެ. އެ ހަތަރު ޓީމަކީ މިލާން އާއި މާލެ ވެޓެރަންސް، މާލެ ސްޕޯޓްސް ކްލަބް އަދި ސީބީއެލް ސްޕޯޓްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox