ޓީ20 ޕްރިމިއާ ލީގު: ސީބީއެލް އަތުން މޮޅުވެ މާލޭ ވެޓެރަންސް އެއް ވަނަ އަށް

Oct 23, 2022, 5:55 AM
ޓީ20 ޕްރިމިއާ ލީގު: ސީބީއެލް އަތުން މޮޅުވެ މާލޭ ވެޓެރަންސް އެއް ވަނަ އަށް

މިހާރު ކުރިއަށްދާ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގައި ސީބީއެލް ސްޕޯޓްސް އަތުން މޮޅުވެ، މާލޭ ވެޓްރަންސް ތާވަލްގެ އެއްވަނައަށް ޖެހިލައިފި އެވެ.

ޖުމްލަ 10 ޓީމް ވާދަކުރާ ޓީ20 ޕްރިމިއާ ކްރިކެޓު ލީގުގެ އެއް ވަނައިގައި މާލޭ ވެޓެރަންސް އޮތީ މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށްގެން 18 ޕޮއިންޓާ އެކުގަ އެވެ. އެ ޓީމަށް ވުރެ ދެ މެޗު މަދުން ކުޅެފައި އޮތް މިލާން ކްރިކެޓު އެކަޑެމީ އަށް ވެސް 18 ޕޮއިންޓް ލިބިފައި އޮތްއިރު، މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ މިލާނަށް ލީގުގެ އެއް ވަނަ ހޯދުމަށް ފަހި ފުރުސަތެއް އެބައޮތެވެ. ތިންވަނައިގައި އޮތީ 16 ޕޮއިންޓާ އެކު ވިޔަންސާ އެވެ.

އިއްޔެ ސީބީއެލް އަތުން މާލޭ ވެޓެރަންސް މޮޅުވީ 21 ލަނޑުންނެވެ. ޓޮސް ދިމާވުމުން ވެޓެރަންސް ޓީމުން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި 164 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 47 ބޯޅައިން 72 ލަނޑު ހެދި ރުވާން ތަރަކަ އާއި 29 ބޯޅައިން 48 ލަނޑު ހެދި ރޮޑްރިގޯ ކޯޝަލް އެވެ.

ސީބީއެލް ޓީމުގެ އިބްރާހިމް ރިޒާން މި އިނިންގްސްގައި ދެ ވިކެޓު ނެގި އެވެ.

ސީބީއެލް ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހެދުނީ 143 ލަނޑެވެ. މި އިނިންގްސްގައި ސީބީއެލް ޓީމުގެ މުއާވިޔަތު އަބްދުލް ގަނީ ވަނީ 34 ބޯޅައިން 53 ލަނޑު ހަދައިފަ އެވެ.

މި އިނިންގްސްގައި މައިގަނޑު ތަފާތަކަށްވީ މާލޭ ވެޓެރަންސްގެ އުުކުންތެރިންގެ މޮޅު ކުޅުމެވެ. އެ ޓީމުގެ ނަވީން ޕެރޭރާ 4 ވިކެޓު ނެގިއިރު، ހަރްޝަ ވަނީ ދެ ވިކެޓު ނަގާފަ އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ވާދަކުރީ ތާވަލްގެ ފުލުގައި އޮތް ވެސްޓް ސްޕޯޓްސް ކުލަބާއި އައިޒީ އެވެ. ވިއްސާރައިގެ ސަބަބުން މި މެޗު ކުޅުނީ 20 އޯވަރުގެ ބަދަލުގައި 12 އޯވަރަށް މަދުކޮށްގެންނެވެ.

ޓޮސް ދިމާވުމުން ވެސްޓް ސްޕޯޓްސް އިން ފުރަތަމަ ނުކުތީ ބެޓްކުރާށެވެ. އެ ޓީމު ކުޅެން އަރައި 12 އޯވަރުގެ ތެރޭގައި ހެދުނީ 79 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި ޒަހްދާން ޝާމިލް އާއި 25 ލަނޑު ހެދި އެލަން ރޫބް އެވެ.

ޖަވާބުގައި އައިޒީ އިން ކުޅެން އަރައި ބާކީ ހަތަރު ބޯޅަ އުކަން އޮއްވައި 80 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ބޯޅައިން 24 ލަނޑު ހެދި ސުދީޝް އެވެ. ވެސްޓް ސްޕޯޓްސްގެ ކަޒުން ޕިޔުމަލާ މި އިނިންގްސްގައި އުކި ތިން އޯވަރުގައި ތިން ވިކެޓު ނެގި އެވެ.

ކޮންމެ ހަފްތާ ބަންދެއްގައި ކުޅޭ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ކުޅުން ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މި ލީގުގެ އެއް ވަނަ އަށް ޗެމްޕިއަންކަން ލިބޭ އިރު ގަދަ ހަތަރު ޓީމު ކޮލިފައިވާނީ ޓީ20 ޕްރެޒިޑެންޓްސް ކަޕަށެވެ. ޕްރެޒިޑެންސް ކަޕްގެ ކުޅުން ކުރިއަށްދާނީ މި އަހަރުގެ ފަހުކޮޅު ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox