ޓީ20 ޕްރިމިއާ ލީގު: މާލެ ސްޕޯޓްސް ކްލަބް އަތުން ބަލިވެ މާލެ ވެޓެރަންސްގެ ރެކޯޑް ނިމުމަކަށް

Sep 27, 2022, 5:48 PM
ޓީ20 ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޓީ20 ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މިހާރު ކުރިއަށްދާ ޓީ20 ޕްރިމިއާ ލީގު ކްރިކެޓް މުބާރާތުގައި މާލެ ސްޕޯޓްސް އަތުން ހަތް ލަނޑުން ބަލިވެ، މާލެ ވެޓެރަންސް އިން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި އައި ބަންދު ދުވަހު ޓީ20 ޕްރިމިއާ ލީގުގެ ދެ މެޗެއް ވަނީ ކުޅެފަ އެވެ. ކުޅިވަރު އެކުވެރި އެއް ނަމްބަރު ދަނޑުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި މާލެ ވެޓެރަންސް އިން ހަތް ލަނޑުން މާލެ ސްޕޯޓްސް އަތުން ބަލިވިއިރު، މެންދުރު ފަހު ކުޅުނު މެޗުގައި ކޯމެޓްސް ކްރިކެޓް ކްލަބްގެ މައްޗަށް ކްލަބް ވިޔަންސާ ވަނީ ހަތް ވިކެޓުން ކުރިހޯދައިފަ އެވެ.

ޓީ20 ޕްރިމިއާ ލީގުގެ އެއް ވަނައިގައި އަދިވެސް އޮތީ މާލެ ވެޓެރަންސް އެވެ. އެއީ ދެ ވަނައިގައި އޮތް މިލާން ކްރިކެޓް ކްލަބާ އެއްވަރަށް 12 ޕޮއިންޓް ލިބުނު ނަމަވެސް ނެޓްރަންރޭޓުން ކުރިލިބޭތީ އެވެ. އެކަމަކު، މިލާނުން މެޗު ހަމަކުރާއިރު، މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިނަމަ އެ ޓީމަށް އެއް ވަނަ އަށް އެރޭނެ އެވެ. އަންނަ ހުކުރު ދުވަހު މިލާނުން ވެސްޓް ސްޕޯޓްސްއާ ކުޅޭނެ އެވެ.

ފަސް މެޗުން 10 ޕޮއިންޓް ހޯދައި ވިޔަންސާ ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ޓީ20 ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ޓީ20 ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ލިބޭނެ އެވެ.

މިއަދު ހެނދުނުގެ މެޗުގައި މާލެ ވެޓެރަންސް އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ އުކުމަށެވެ. މާލެ ސްޕޯޓްސް އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ވަނީ ހަ ވިކެޓަށް 129 ލަނޑު އެއްކޮށްފަ އެެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 48 ލަނޑު އެއްކުރި މުހައްމަދު ރިޝްވާން އާއި 25 ލަނޑު ހެދި މުހައްމަދު ޝިޔާމް އަދި 22 ލަނޑު ހެދި އަބްދުލް ހާލިގު އެވެ.

ޖަވާބުގައި މާލެ ވެޓެރަންސް އިން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، ނުވަ ވިކެޓަށް ހެދުނީ 122 ލަނޑެވެ. އެ ޓީމަށް އެންމެ ގިނަ ލަަނޑު ހަދައިދިނީ ޗަންދަނާ އަމަރަވިކްރަމަ އެވެ. އޭނާ ވަނީ 44 ބޯޅައިން 36 ލަނޑު ހަދައިފަ އެވެ.

މެންދުުރު ފަހު ކުޅުނު މެޗުގައި ކޯމެޓްސް އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ކުޅެން އެރުމަށެވެ. ކޯމެޓްސްގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ސްކޯކުރެވުނީ 98 ލަނޑެވެ. ޖަވާބުގައި ވިޔަންސާ އިން ކުޅެން އަރައި ތިން ވިކެޓަށް 99 ލަނޑު ހެދީ 7.2 އޯވަރުގެ ތެރޭގަ އެވެ. ނަތީޖާ އަކީ ހަތް ވިކެޓުން ވިޔަންސާ މެޗުން މޮޅުވުމެވެ.

މިދިޔަ މަހުން ފެށިގެން ހަފްތާ ބަންދުގައި އަދި ބަންދު ދުވަސްތަކުގައި މެޗުތައް ކުޅޭގޮތަށް ރާވާފައިވާ ޓީ20 ޕްރިމިއާ ލީގު ދަނީ ގިނަ ގޮތްގޮތުން ފޯރިގަދަކޮށެވެ. އެ ގޮތުން މި މުބާރާތަށް އަމާޒުކޮށް ރާއްޖޭން ބޭރުން ވަނީ ބިދޭސީ ކުޅުންތެރިން ވެސް ގެނެސްފަ އެވެ. އެ ގޮތުން ސީބީއެލް ޓީމަށް އިންޑިއާގެ ދެ ކުޅުންތެރިން ކުޅޭއިރު، މާލެ ސްޕޯޓްސް އަށް ވަނީ ސްރީ ލަންކާ ކުޅުންތެރިއަކު ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox