ޓީ20 ޕްރިމިއާ ލީގުގައި ވަރުގަދަ ޓީމުތަކަށް ރަނގަޅު ފެށުމެއް

Aug 21, 2022, 6:31 AM
ޓީ20 ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ޓީ20 ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މި ހަފްތާ ބަންދުގައި ފެށި ރާއްޖޭގެ ޓީ20 ޕްރިމިއާ ލީގުގެ ފުރަތަމަ ހަތަރު މެޗު ނިމިގެންދިޔައިރު، މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކުން ވަނީ ފެށުން ރަނގަޅުކޮށްފި އެވެ.

ޖުމްލަ 10 ޓީމުގެ މެދުގައި ކުރިއަށްދާ ޓީ20 ޕްރިމިއާ ލީގުގައި ފުރަތަމަ ހަތަރު މޮޅު ހޯދި ޓީމުތަކަކީ މާލެ ވެޓަރަންސް، ވިޔަންސާ، މާލެ ސްޕޯޓްސް ކްލަބް އަދި މިލާން ކްރިކެޓް އެކެޑަމީ އެވެ.

ފުރަަތަމަ މެޗުގައި ހުކުރު ދުވަހު ހެނދުނު މާލެ ވެޓަރަންސް ނުކުތީ ކޯމެޓްސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ކޯމެޓްސް އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ބެޓް ކުރުމަށެވެ. އެ ޓީމުން ވަނީ 20 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 105 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ކުޅެން އަރައި 13 އޯވަރުގެ ތެރޭގައި 108 ލަނޑު ހަދައި، މާލެ ވެޓަރަންސް މޮޅުވީ 10 ވިކެޓުންނެވެ.

ދެ ވަނަ މެޗުގައި ވިޔަންސާ އިން އޮއްފު އެފްސީ ބަލިކުރީ 26 ލަނޑުންނެވެ. ވިޔަންސާ އިން ޓޮސް ދިމާވުމުން ބެޓް ކުރަން އަރަައި 20 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 157 ލަނޑު ހެދި އެވެ. ޖަވާބުގައި އޮއްފުން ކުޅެން އަރައި 19.5 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 131 ލަނޑެވެ.

މުބާރާތުގެ ތިން ވަނަ މެޗުގައި ވެސް ޓޮސް ދިމާވި ޓީމުން ނިންމީ ބެޓް ކުރުމަށެވެ. އެ ގޮތުން މާލެ ސްޕޯޓްސް ކްލަބުން ޓޮސް ދިމާވުމުން ބެޓް ކުރަން އަރައި، 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 206 ލަނޑު ހެދި އެވެ. ޖަވާބުގައި ކުޅެން އަރައި، ވެސްޓް ސްޕޯޓްސް ކްލަބަށް 18.5 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން އެއް ކުރެވުނީ 82 ލަނޑެވެ. މާލެ ސްޕޯޓްސް ކްލަބް މޮޅުވީ 124 ލަނޑުންނެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި އައިޒީއާ ދެކޮޅަށް ނުކުމެ މިލާން ކްރިކެޓް އެކެޑަމީން ޓޮސް ދިމާވެގެން ނިންމީ ބެޓް ކުރުމަށެވެ. މިލާނުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ތިން ވިކެޓަށް ވަނީ 173 ލަނޑު ހަދައިފަ އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުުޅުނީ 55 ލަނޑު ހެދި މުހައްމަދު އައްޒާމާއި 37 ލަނޑު ހެދި އަހުމަދު ހަސަން އެވެ. ޖަވާބުގައި އައިޒީން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް އެއް ކުރެވުނީ 134 ލަނޑެވެ.

ހަފްތާ ބަންދުގައި މުބާރާތުގެ މެޗުތައް ކުޅޭއިރު، ދެން އެންމެ އަވަހަށް މެޗުތައް އޮތީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. އެ ދުވަހު ހެނދުނު ސީބީއެލް އާއި ނިއު ސްޓާ ކުޅޭއިރު، އެ ދުވަހު ހަވީރު މާލެ ވެޓެރަންސް އާއި އޮއްފު ވާދަކުރާނެ އެވެ. އަންނަ މަހުގެ ތިން ވަނަ ދުވަހު ހެނދުނު ކޯމެޓްސް އާއި ވެސްޓް ސްޕޯޓްސް ބައްދަލުކުރާއިރު، އެ ދުވަހު ހަވީރު ވިޔަންސާ ކުޅެނީ އައިޒީއާ އެވެ.

ޓީ20 ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތް ގޮތަށް ބަލާއިރު، ފުރަތަމަ ކުޅޭ ލީގު ބުރުން އެއް ވަނަ އަށް ޗެމްޕިއަންކަން ލިބޭއިރު، ގަދަ ހަތަރެއް ކޮލިފައިވަނީ ޓީ20 ޕްރެޒިޑެންޓްސް ކަޕަށެވެ. މިއީ ރާއްޖޭގެ އެހެން ކުޅިވަރުތަކުގައި ވެސް މުބާރާތްތައް ގެންދާ ފޯމެޓެކެވެ.

މީގެ ހަތް މަސް ކުރިން ކްރިކެޓް ބޯޑުން ކުރިއަށް ގެންދިޔަ ޓީ20 ކްރިކެޓް ލީގާއި ޓީ20 ޕްރިމިއާ ޗެމްޕިއަންޝިޕްގެ ތަށި އުފުލާލީ މާލޭ ވެޓެރަންސް އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox