ކޮންޓޭ އާއި ޓުޗެލްގެ މައްސަަލަ އެފްއޭ އިން ބަލަނީ

Aug 16, 2022, 4:18 AM
ޗެލްސީ އާއި ޓޮޓެންހަމްގެ މެޗުގެ ތެރެއިން: ކޮންޓޭ (ކ) އާއި ޓުޗެލް.--- ފޮޓޯ: ގެޓީއިމޭޖަސް

ޗެލްސީ އާއި ޓޮޓެންހަމްގެ މެޗުގެ ތެރެއިން: ކޮންޓޭ (ކ) އާއި ޓުޗެލް.--- ފޮޓޯ: ގެޓީއިމޭޖަސް

ލަންޑަން (އޮގަސްޓް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީ 2-2 އިން އެއްވަރުވި މެޗުގައި އެ ދެ ޓީމުގެ ކޯޗުން ކަމަށްވާ އެންޓޯނިއޯ ކޮންޓޭ އާއި ތޯމަސް ޓުޗެލްގެ ދެމެދުގައި ހިނގި އަރާރުމުގެ މައްސަލަ ބަލަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ޓޮޓެންހަމާ އެއްވަރުވި މެޗުގައި ދެ ފަހަރެއްގެ މަތިން ޓުޗެލް އާއި ކޮންޓޭގެ އަރާރުމެއް ފެނިގެންދިޔަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ ޓޮޓެންހަމުން 1-1 އިން އެއްވަރުކުރި ވަގުތުގައި ޓެކްނިކަލް އޭރިއާ ކައިރީގައި ކަންތައްތަކެއް ހިނގިއިރު، ދެން މެޗު ނިމިގެން ކޮންޓޭ އާއި ޓުޗެލް ސަލާމްކުރަން ކައިރި ވަގުތުގައި ހިނގި ކަންތައްތަކެއްގެ ސަބަބުން ދެ ކޯޗުން ދުރުކުރީ ދެ ޓީމުގެ ކުޅުންތެރިންނާ ސްޓާފުން އެއް ވެގެންނެވެ.

ދެ ކޯޗުންނަށް ވެސް ވަނީ މެޗުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އެކަމަކު، އެހާ ހިސާބުން މައްސަލަ ނިންމާނުލައި، އިނގިރޭސި އެފްއޭ އިން މިހާރު ނިންމާފައިވަނީ ދެ ކޯޗުންގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށެެވެ. އެ ގޮތުން ދެ ކޯޗުންނަށް އެފްއޭ އިން ވަނީ ޖަވާބުދާރީވާން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުއްދަތެއް ދީފަ އެވެ.

މި މައްސަލައިގައި ދެ ކޯޗުންނަށް ޖޫރިމަނާ އެއް ނޫނީ ދެ މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.

ކޮންޓޭއާ ދެމެދުގައި ކަންތައްތަކެއް ހިނގީ މެޗުގެ އޮއެވަރު ދިޔަ ގޮތުން ޖަޒުބާތުގައި ޖެހިގެން ކަމަށް ޓުޗެލް ވަނީ މީޑިއާގައި ބުނެފަ އެވެ. ކޮންޓޭ ބުނީ އެއީ މީޑިއާގައި އޭނާ ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫން ކަމަށެވެ. އެކަމަކު، ކޮންޓޭ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޗެލްސީގެ ދެ ވަނަ ގޯލަށް ފަހު ޓުޗެލް ދުވެފައި ދާ ފޮޓޯއެއް ހިއްސާ ކުރުމަށް ފަހު މަޖާޒީ ގޮތަކަށް ޓުޗެލްއާ ދިމާކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox