ވިޒިޓް މޯލްޑިވްސް ޕްރޯ: ދުނިޔޭގެ ބޮޑީބޯޑިން ޗެމްޕިއަނުން ރޮމުން ރާއްޖެއާ މެދު މި ބުނަނީ ކީކޭ؟

Aug 18, 2022, 3:52 AM
ވިޒިޓް މޯލްޑިވްސް ޕްރޯގެ އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި އިޒަބެލާ / ފޮޓޯ: އަދަދު - މުހައްމަދު ޝާބިން

ވިޒިޓް މޯލްޑިވްސް ޕްރޯގެ އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި އިޒަބެލާ / ފޮޓޯ: އަދަދު - މުހައްމަދު ޝާބިން

"ދުނިޔޭގެ އެކި ގައުމުތަކުގެ ވަރަށް ގިނަ މުބާރާތްތަކަށް ދެވިއްޖެ. ދެރަވެގެން ރޮވެމުން އެނބުރި ދާން ޖެހެނީ މަދު ފަހަރެއްގައި. ރާއްޖެއިން ދިން މެހުމާންދާރީ ވަރަށް ފުރިހަމަ. ދުވަހަކުވެސް ހަނދާން ނުނެތޭނެ، އަންނަ އަހަރުވެސް އެނބުރި އަންނާނަން، ރާއްޖެ މަތިން ހަނދާން ނުނެތޭނެ"

މިއީ ޗެމްޕިއަން ޓްރޮފީއާ އެކު ރޮމުން ދުނިޔޭގެ އަންހެން ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ބްރެޒިލްގެ އިޒަބެލާ ސޫސާ ބުނި ވާހަކަ އެވެ. މޯލްޑިވްސް ޕްރޯގެ ޗެމްޕިއަން ޓްރޯފީ އެއް އަތުގައި އޮތް އިރު އަނެއް އަތުން އޭނާ ދިޔައީ ފޯދެމުން ދިޔަ ކަރުންތައް ފޮހެމުންނެވެ.

ދުނިޔޭގެ ބޮޑީބޯޑިންގެ އެންމެ ބޮޑު މުބާރާތުގެ އެއް ލެގު ރާއްޖޭގައި މި މަހުގެ ކުރީކޮޅު ވަނީ ބާއްވައިފަ އެވެ. "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" އަށް ދުނިޔޭގެ ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގެ އެތުލީޓުން ރާއްޖެ އައެވެ.

ދުނިޔޭގެ ޗެމްޕިއަންކަން އެތައް ފަހަރަކު ހޯދާފައިވާ އަންހެން ޗެމްޕިއަނުންނާއި ފިރިހެން ޗެމްޕިއަނުން އައިބީސީ ވޯލްޑް ޓުއާގެ އެންމެ ވަރުގަދަ އެއް މުބާރާތުގައި މާލޭގައި ރާޅާ އެޅި އެވެ.

އޭޝިއާ ސަރަހައްދުގައި ބޭއްވި އައިބީސީގެ ފުރަތަމަ އިވެންޓު ނިންމާލިއިރު، އެންމެ ބޮޑަށް ފާހަގަވީ ދުނިޔޭގެ ޗެމްޕިއަނުން "އުފަލުގެ ކަރުނައާ އެކު" ކުރަމުންދިޔަ ތައުރީފުތަކެވެ. އެއީ މުބާރާތުގެ ފުރިހަމަކަމާއި މުބާރާތުގެ ފެންވަރާއި ދިވެހި އެތުލީޓުންނާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި މެހުމާންދާރީ އަށެވެ.

މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެންމެ ބޮޑަށް ފާހަގަވީ ތައްޓާ އެކު ޗެމްޕިއަނުންގެ އަސަރުން ފުރިފައިވާ ވާހަކަތަކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމީހުންނަށް ރާއްޖެ ހާއްސަ ވެއްޖެ އެވެ. ރާއްޖޭގެ ބޮޑީބޯޑިން އާއިލާ އާއި ވަރުގަދަ ގުޅުމެއް އުފެދިއްޖެ އެވެ. މިގައުމުގެ ރާޅުތަކުގައި އުދުހިލާފައި ދާ ހިތެއް ނުވި އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ އިނާމް ދިނުމުގެ ރަސްމިއްޔާތަށްފަހު ހުރިހާ ބައިވެރިން  ފޮޓޯއަކަށް ހުއްޓިގެން/ ފޮޓޯ: އަދަދު - މުހައްމަދު ޝާބިން
ވިޒިޓް މޯލްޑިވްސް ޕްރޯގެ އިނާމް ދިނުމުގެ ރަސްމިއްޔާތަށްފަހު ހުރިހާ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން/ ފޮޓޯ: އަދަދު - މުހައްމަދު ޝާބިން

ވިޒިޓް މޯލްޑިވްސް ޕްރޯގެ އިނާމް ދިނުމުގެ ރަސްމިއްޔާތަށްފަހު ހުރިހާ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން/ ފޮޓޯ: އަދަދު - މުހައްމަދު ޝާބިން

"އަހަރެން ދުވަހަކުވެސް މިގައުމު މަތިން ހަނދާން ނުނެތޭނެ. މި އެކުވެރިން، މި އެންމެން، މި މުބާރާތުގެ ހުރިހާ ކަމެއް ވެސް. ވަރަށް އުފާވޭ އާދެވުނީތީ. އަންނަ އަހަރު އަންނާނީ ބައިވަރު އެކުވެރިން ގޮވައިގެން" ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލްގެ ނޭމަރާ ބުންޏެވެ.

ދުނިޔޭގެ ބޮޑީބޯޑިންގެ މައި ޖަމިއްޔާ (އައިބީސީ) އިން ރާއްޖޭގައި މުބާރާތް ބާއްވަން ފުރުސަތު ދިނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހުގަ އެވެ. އެހެން ނަމަވެސް, އައިބީސީ އިން ވެސް ހީނުކުރާ ވަރުގެ ތަރުހީބެއް ލިބުމުން އެމީހުން ތިބީ އިތުރު ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަށް ބޭނުންވެފަ އެވެ.

"އަހަރުމެން ބޮޑީބޯޑިން ފުޅާކުރަން ބައެއް ފަހަރު އަލަށް ގައުމުތަކަށް ފުރުސަތުދެން މުބާރާތް ބާއްވަން. އެކަމަކު ގިނަ ފަހަރު ބޭނުންވާ ފެންވަރަށް މުބާރާތް ނުބޭއްވޭ. ރާއްޖެއިން އަހަރުމެން އަޖައިބު ކޮށްލައިފި. މިއީ މިހާތަނަށް ބޭއްވުނު އައިބީސީ ވޯލްޑް ޓުއާގެ އެންމެ ފުރިހަމަ އެއް މުބާރާތޭ ބުނަން އަހަރެން ޖެހިލުން ނުވޭ" އައިބީސީގެ ސީއީއޯ އައި ވޯލްޑް ޓުއާ މެނޭޖަރު ގްލެން ހުއެވޭސް ބުންޏެވެ.

އެމްބީބީއޭ އިން މޯލްޑިވްސް ޕްރޯ ބޭއްވީ މާލޭ ރާޅުގަނޑު ސަރަހައްދުގައި ކަމަށް ވިޔަސް މުބާރާތަށް ފަހު އައިބީސީގެ އޮފިޝަލުންނާއި، ދުނިޔޭގެ މަތީ ފަންތީގެ އެތުލީޓުންނާ އެކު މާލޭގެ އުތުރުގެ ރާޅު ޕޮއިންޓްތަކަށް ދިޔައެވެ.

މައިގަނޑު ބޭނުމަކަށްވީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ރާއްޖޭގެ އެކި ރަށް ރަށުގައި ހުރި ރާޅާ އެޅުމުގެ ހިތްގައިމު ތަންތަން ދައްކާލައި އެ ތަންތަން ތަޖުރިބާ ކޮށްލަން ފުރުސަތު ދިނުމެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ އެއް ޕާޓްނަރު ކަމަށްވާ، މޯލްޑިވްސް ބޯޓިން އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު ދިޔަ މި ދަތުރުގައި މާލޭ އަތޮޅުގެ ބައެއް ރަށް ރަށަށްވެސް މަޑު ކުރި އެވެ. އަދި ރަށް ރަށުގެ އާދަކާދަ އާއި ސަގާފަތް ބޭރުގެ އެތުލީޓުންނަށް ދައްކާލައި ތަޖުރިބާ ކޮށްލަން ފުރުސަތު ދިނެވެ.

"މި ދަތުރުގައި އަހަންނަށް ވަރަށް ސަޅި ކަމަކަށްވީ ރާއްޖޭގެ ސަގާފީ ކެއުން. ވަރަށް ތަފާތު ކެއުމެއް އެއީ. އަހަރެން ވަރަށް ބޮޑަށް ގަޔާވެއްޖެ ރާއްޖެއާ މެދު. މި މީހުންގެ އެކުވެރިކަމާއި މެހުމާންދާރީ ވަރަށް ބޮޑަށް ތަފާތު" ދަތުރުގައި ބައިވެރި ކެނެރީ އައިލެންޑްސްގެ އާމިދޭ ސޮލިވަރޭސް ބުންޏެވެ.

ރާއްޖޭގައި ބޭއްވި އައިބީސީ ވޯލްޑް ޓުއާ އިވެންޓަކީ ހުރިހާ ގޮތަކުންވެސް ތާރީހީ އިވެންޓެކެވެ. މިއީ ދުނިޔޭގެ ބޮޑީބޯޑިން އަށް ހުޅުވުނު ބޮޑު ދޮރެކެވެ. ދިވެހި އެތުލީޓުން ފުރަތަމަ މުބާރާތުންވެސް ފެންވަރު ދައްކާލި އެވެ. ދެ އިވެންޓެއްގެ ޕޯޑިއަމުން ދިވެހި އެތުލީޓުން ޖާގަ ހޯދި އެވެ.

މި ކާމިޔާބީތަކާ އެކު އެމްބީބީއޭ އަށް ލިބޭ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ގިނަ މުބާރާތްތައް ބޭއްވުމަށް ދުނިޔޭގެ ޗެމްޕިއަނުން އަމިއްލައަށް ބޭނުންވުމެވެ. ސަތޭކަ އިންސައްތަ ދިވެހިންގެ ހިތްވަރުގަދަ ޒުވާނުން ނުކުމެ މުޅި ދުނިޔޭގެ ބޮޑީބޯޑިންއަށް އިންގިލާބީ ބަދަލެއް ގެންނަން ފެށި މަސައްކަތެވެ. ކުޑަ ކުޑަ ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު މުބާރާތްތައް ބޭއްވޭނެކަން ދައްކާލުމެވެ.

"އަހަރެން އެނބުރި އަންނާނަން، އަންނަ އަހަރު މި މުބާރާތް އައިބީސީ އިން ބާއްވާނެކަން އަހަންނަށް ޔަގީން، ސާބަހޭ ތި ކުރި މަސައްކަތަށް" ރާއްޖޭއިން ބޭރުން ވާދަކުރި ކޮންމެ އެތުލީޓެއްގެ ފަހު ބަހަކީ މިއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox