ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ އިންތިޒާމްތަކަށް އައިބީސީގެ ތައުރީފު!

Aug 10, 2022, 7:57 AM
އައިބީސީގެ ސީއީއޯ ގްލެން (ކ) ވިޒިޓް މޯލްޑިވްސް ޕްރޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އައިބީސީގެ ސީއީއޯ ގްލެން (ކ) ވިޒިޓް މޯލްޑިވްސް ޕްރޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި ހޯސްޓްކުރި ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ އިންތިޒާމްތައް އައިބީސީ ވޯލްޑް ޓުއާ މުބާރާތް ޖެހިޖެހިގެން ބާއްވަމުން އަންނަ ގައުމުތަކަށް ވުރެ ވެސް މާ ފުރިހަމަކަން ފާހަގަކޮށް ދުނިޔޭގެ ބޮޑީބޯޑިން ޖަމިއްޔާ އިން ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަނަށް ތައުރީފުކޮށްފި އެވެ.

މިދިޔަ މަހުގެ 29 އިން މިމަހުގެ 6 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގެ މުބާރާތެވެ. މި މުބާރާތުގައި ދުނިޔޭގެ 15 ގައުމަކުން ނަން މަޝްހޫރު އެތައް އެތުލީޓުންނެއް ވާދަކުރި އެވެ.

އޭޝިއާ ސަރަހައްދުގައިވެސް ބޭއްވި ފުރަތަމަ މުބާރާތާއި ގުޅޭގޮތުން އައިބީސީގެ ސީއީއޯ އަދި ވޯލްޑް ޓުއާ މެނޭޖާ ގްލެން ކުއެވޭސް ވިދާޅުވީ ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަނުން ކޮށްފައިވަނީ ފާހަގަކޮށްލަން ޖެހޭ ފެންވަރުގެ މަސައްކަތެއް ކަމަށެވެ.

އެ ގޮތުން މުބާރާތުގެ އިންތިޒާމްތަކާއި، އެހެނިހެން ކަންކަމަށް ބަލާއިރު ހުރިހާ ގޮތަކުންވެސް ފެނުނީ އައިބީސީ އިން ބޭނުންވި ފެންވަރަށް ވުރެ މާ ރަނގަޅަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މީގަ ބައެއް ފަހަރު އެބަ ހުރި އަލަށް ބާއްވާއިރު ބައެއް ކަންކަން ބޭނުންވާ ގޮތަށް ނުގޮސް. އެކަމަކު އަހަރެން ބުނާނީ ރާއްޖެއިން ކޮށްފައި މިއޮތީ ވަރަށް ފުރިހަމަ މަސައްކަތެކޭ. ހީވަނީ މިއީ މި މުބާރާތް ބާއްވާ 10 ވަނަ ފަހަރުހެން. އެހާވެސް އިންތިޒާމްތައް ވެސް އެހެނިހެން ކަންކަން ވެސް ފުރިހަމަ" މުބާރާތުގެ އިންތިޒާމްތަކާއި ގުޅޭގޮތުން ގްލެން ވިދާޅުވި އެވެ.

ގްލެން (ކ) އާއި އެމްބީބީއޭގެ ރައީސް ފުކޫ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އައިބީސީގެ ވޯލްޑް ޓުއާގެ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ފާޅުކުރީ 2019ގަ އެވެ. އޭގެ ފަހުން ދޮޅު އަހަރު ވަންދެން ކުރެވުނު މަޝްވަރާތަކަށް ފަހު އައިބީސީ އިން ވަނީ ރާއްޖޭ އަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފަ އެވެ.

"ރާއްޖޭގެ ބޮޑީބޯޑިން ކޮމިއުނިޓީގެ މަސައްކަތް އަހަރެން ފާހަގަކުރަން. އެންމެ ފުރަތަމަ އެމްބީބީއޭ އިން އަހަރުމެންނާ ހިއްސާ ކުރީ އެމީހުންގެ ކުޑަ ކުޑަ ހުވަފެނެއް. އެ ހުވަފެން ބޮޑުވަމުން ފުރިހަމަވަމުން އައިސް މިއަދު މިހާ ހިސާބަށް މިއާދެވުނީ." ގްލެން ވިދާޅުވި އެވެ.

އައިބީސީގެ މިހާރުގެ އަމާޒަކީ އޭޝިއާގައި ބޮޑީބޯޑިން ކުރިއެރުވުމުގެ މައިގަނޑު ހަބެއްގެ ގޮތުގައި ރާއްޖެ ހަދާށެވެ. މިގޮތުން ސަރަހައްދީ ޑިވެލޮޕްމަންޓް ސެންޓަރާއި އޭޝިއާގެ ބޮޑީބޯޑިން އޮފީސް ރާއްޖޭގައި ހުޅުވުމަށްވެސް އައިބީސީ އިން ޝައުގުވެރިވެ އެވެ. އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވެސް ވަނީ އައިބީސީއާ އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

"އަހަރެމެން ބޭނުންވަނީ އޭޝިއާ ސަރަހައްދުގައި މި ކުޅިވަރު ކުރިއަރުވަން މައި ހަބަކަށް ދިވެހި ރާއްޖެ ހަދަން. އެކަން ކުރެވޭނެ ފެންވަރު މި ޒުވާނުންގެ އެބަހުރި. މީގަ މުހިންމީ އަމިއްލަ އަށް އިސްނަގައިގެން އައިބީސީއާ އެކު މަސައްކަތް ކުރުން. އަހަރުމެން އެހީވާނަން. ކަން ކުރަން ތިބި ބަޔަކު އެކަމަށް ބެހެއްޓި ފަރުވާތެރިކަމަކުން ކުރިއެރުން ލިބޭނީ. ދިވެހި ރާއްޖެ އަކީ އޭޝިއާގެ ހުރިހާ ގައުމަކަށް އޮތް އަލިގަދަ ހެއްކެއް،" ގްލެން ވިދާޅުވި އެވެ.

ގްލެން ވިދާޅުވީ ގިނަ ގައުމުތަކަކުން އައިބީސީ ވޯލްޑް ޓުއާގެ އޯޕަން އިވެންޓުތައް ބާއްވަން ޝައުގުވެރިވާ ކަމަށާއި، ގައުމުތައް ކަނޑައެޅުމުގައި އައިބީސީ އިން ގިނަ ކަންކަމަށް ބަލަން ޖެހޭކަމަށެވެ. މިގޮތުން އެގައުމަށް ފުރުސަތު ދިނުމުން ލިބޭނެ އެހެނިހެން ކުރިއެރުމަށް ވެސް ވިސްނައި އެކަންކަމަށް ވެސް ތައްޔާރުވާން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަހަރުމެންނާ އެކު ވޯލްޑް ޓުއާގެ އިވެންޓުތައް ބާއްވަން ބައިވަރު ގައުމުތަކުން ބޭނުންވޭ. އެމްބީބީއޭއާ އެކު ރާއްޖެ އަށް މި ފުރުސަތު ދިނީ މި ކުޅިވަރުގެ ކުރިއެރުމާއި ތަރައްގީއަށް މިއީ ރަނގަޅު ފިޔަވަޅަކަށް ވާނެތީ. އަނެއްކޮޅުން މި ގައުމުން ދައްކައިދީފި އަހަރުމެންނަށް މި ނިންމުނީ ރަނގަޅު ނިންމުމެއްކަން،" ހިތްހަމަޖެހިފައި ހުރެ، ގްލެން ވިދާޅުވި އެވެ.

ރާއްޖޭއާ ގުޅޭގޮތުން ގްލެން ވިދާޅުވީ ރާއްޖެ އަކީ ގުދުރަތީ ގޮތުން ވެސް ބޮޑީބޯޑިން އަށް އެންމެ ހިތްގައިމު ހެޔޮވަރުގެ ރާޅުތައް ހުރި އެއް ގައުމު ކަމަށެވެ. މި ކުޅިވަރު މިގައުމުގައި ކުރިއަރުވަން ބަލާއިރު މިއީ ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ގްލެން ދެކިލައްވަ އެެވެ.

ރާއްޖޭގެ މާހައުލާއި އެހެނިހެން ކަންކަމަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް މިއީ ބޮޑީބޯޑިންގެ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް އެންމެ އެކަށޭނަ އެއް ގައުމުކަމަށް ވެސް ގްލެން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox