ވިޒިޓް މޯލްޑިވްސް ޕްރޯ: ރެކޯޑަކަށް ފަހު ރެކޯޑެއް، ކުޑަ އައްޔަ ޑްރޮޕް-ނީ ބައިގެ ސެމީ ފައިނަލަށް

Aug 3, 2022, 1:18 PM
މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށްފަހު ކުޑަ އައްޔަ އުފާފާޅުކުރަނީ / ފޮޓޯ: އަދަދު

މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށްފަހު ކުޑަ އައްޔަ އުފާފާޅުކުރަނީ / ފޮޓޯ: އަދަދު

މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދައި ބޮޑީބޯޑިންގެ ވޯލްޑް ޓުއާ އިވެންޓެއްގެ ގަދަ ހަތަރެއްގައި ހިމެނުނު ފުރަތަމަ ދިވެހިި އެތުލީޓުގެ ޝަރަފް ގައުމީ ޗެމްޕިއަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާ އަކީ ދުނިޔޭގެ އެންމެ މޮޅު ބޮޑީބޯޑަރު ހޮވުމަށް ބާއްވާ އޯޕަން މުބާރާތެކެވެ. މި މުބާރާތުގެ އެކި ލެގުތައް ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާއިރު، މާލޭގައި ކުރިއަށް ގެންދާ މޯލްޑިވްސް ޕްރޯއަކީ މި އަހަރުގެ ހަތަރުވަނަ މުބާރާތެވެ.

މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ މުބާރާާތުގެ އޯޕަން ބައިގައި ކުއާޓާ ފައިނަލުގައި ވާދަކުރާ ބައިވެރިން މިހާރު ފައިނަލް ވެފައިވާއިރު، ރާއްޖޭގެ އަލީ ޚުޝްރުވާން ވެސް ވަނީ ތާރީޚީ ކާމިޔާބެއް ހޯދައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތުގެ ގަދަ އަށަކުން ޖާގަ ހޯދާފަ އެވެ.

ފިރިހެން އޯޕަން ހީޓްތަކަށް ފަހު ކުރިއަށް ދިޔައީ ޑްރޮޕްނީ ކެޓަގަރީގެ ހީޓުތަކެވެ. އެގޮތުން ކުއާޓާ ފައިނަލުގައި ޗިލީގެ ޔާކޯ ވަސްކޭޒް ބަލިކޮށް ކުޑަ އައްޔަ ވަނީ މި ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ. މި ކާމިޔާބީއާ އެކު ކުޑަ އައްޔަ ވެފައިވަނީ އައިބީސީ ވޯލްޑް ޓުއާ މުބާރާތުގެ އިވެންޓެއްގެ ޕޯޑިއަމްއާ ހަމައަށްދިޔަ ފުރަތަމަ އެތުލީޓަށެވެ. އައިބީސީ އިން ޕޮއިންޓު ދީގެން ރޭންކު ކުރާ ތިން އިވެންޓަކީ ފިރިހެން އޯޕަން، އަންހެން އޯޕަން އަދި ޑްރޮޕް ނީ ކެޓަގަރީ އެވެ.

ސެމީ ފައިނަލުން ޖާގަ ލިބުމާ އެކު ދުނިޔޭގެ މިހާރުގެ ޑްރޮޕް ނީ ރޭންކިންގެ ގަދަ 12 ބޮޑީބޯޑަރުންގެ ތެރޭގައި ޔަގީނުންވެސް އައްޔަ ހިމެނޭނެ އެވެ.

މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ކެޓަގަރީގެ ކުއާޓާ ފައިނަލުގައިކުޑަ އައްޔަ މިއަދު ވާދަކުރަނީ / ފޮޓޯ: އަދަދު
މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ކެޓަގަރީގެ ކުއާޓާ ފައިނަލުގައިކުޑަ އައްޔަ މިއަދު ވާދަކުރަނީ / ފޮޓޯ: އަދަދު

މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ކެޓަގަރީގެ ކުއާޓާ ފައިނަލުގައިކުޑަ އައްޔަ މިއަދު ވާދަކުރަނީ / ފޮޓޯ: އަދަދު

މިއަދު ކުރިއަށްދިޔަ ޑްރޮޕް ނީ ކުއާޓާ ފައިނަލް ހީޓު ކުޑަ އައްޔަ ކާމިިޔާބުކުރީ 7.75ގެ ސްކޯ އަކުންނެވެ. ޔާރްކޯ އަށް ލިބުނީ 5.40ގެ ސްކޯ އެކެވެ.

ޑްރޮޕްނީ ބައިގެ ގަދަ އަށެއްގައި ރާއްޖޭގެ ޝިމާލް ޝަމީމް (ޝިމައްލެ)ވެސް ވާދަކުރި އެވެ. އޭނާ އާ ދެކޮޅަށް ނުކުތީ ރީޔޫނިއަންގެ ފަބިއަން ތަޒާ އެވެ. ފަބިއަން ހީޓު ކާމިޔާބުކުރީ 8.4ގެ ސްކޯ އަކުންނެވެ. ޝިމައްލެ އަށް ލިބުނީ 1.75ގެ ސްކޯ އެކެވެ.

މިއަދު ކުރިއަށްދިޔަ ފިރިހެން އޯޕަން ބައިގެ އިވެންޓުތަކަސް ބަލާއިރު، ހަތަރުވަނަ ބުރުން ރާއްޖޭގެ އަލީ ޖާވިދު ކެޓީ ރީޔޫނިއަންގެ ފަބިއަން އަތުންނެވެ. ރާއްޖޭގެ ޒުވާން ބޯޑަރު އިޔާން އަހުމަދު ބަލިވީ ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓެސް އާ ވާދަކޮށްގެންނެވެ. ރާއްޖޭގެ އަސްވާން މުހައްމަދު ބަލިވީ ޑޭވިޑް ހުއްބާޑުއާ ވާދަކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox