މޯލްޑިވްސް ޕްރޯ: ރާއްޖޭގެ އާމިން ޖޫނިއާ ބައިގެ ފައިނަލަށް

Aug 3, 2022, 5:37 AM
މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލުން ޖާގަ ހޯދި އާމިން މޫސާ / ފޮޓޯ: އަދަދު

މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލުން ޖާގަ ހޯދި އާމިން މޫސާ / ފޮޓޯ: އަދަދު

މިހާރު ކުރިއަށްދާ މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލުން ރާއްޖޭގެ އާމިން މޫސާ ޖާގަ ހޯދައިފި އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ މިއަދުގެ ހީޓުތައް ފަށާފައިވަނީ ޖޫނިއާ ބައިގެ ސެމީ ފައިނަލް ހީޓުތަކާއިއެކުގަ އެވެ. ސެމީ ފައިނަލު ހީޓުތައް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ އާމިން މޫސާ އާއި ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާ އެވެ.

ސެމީ ފައިނަލު ފުރަތަމަ ހީޓުގައި ވާދަކުރީ ރާއްޖޭގެ ޒުވާން ދެ ބޯޑަރުންކަމަށްވާ އާމިން މޫސާ އާއި ޝިމާލް ޝަމީމް (ޝިމައްލެ) އެވެ. މި ހީޓު އާމިން ކާމިޔާބުކުރީ 7.50ގެ ޖުމްލަ ސްކޯ އެއް ހޯދައިގެންނެވެ. ރާއްޖޭގެ ޖޫނިއާ ޗެމްޕިއަން ޝިމައްލެ އަށް ލިބުނީ 7.00ގެ ސްކޯ އެކެވެ.

ރާއްޖޭގެ އާމިން ޖޫނިއާ ބައިގެ ފައިނަލަށް ދިޔުމުން އޭނާގެ ކޮއްކޮ އިޔާން އާމިން އަށް މަރުޚަބާ ކިޔަނީ / ފޮޓޯ: އަދަދު
ރާއްޖޭގެ އާމިން ޖޫނިއާ ބައިގެ ފައިނަލަށް ދިޔުމުން އޭނާގެ ކޮއްކޮ އިޔާން އާމިން އަށް މަރުޚަބާ ކިޔަނީ / ފޮޓޯ: އަދަދު

ރާއްޖޭގެ އާމިން ޖޫނިއާ ބައިގެ ފައިނަލަށް ދިޔުމުން އޭނާގެ ކޮއްކޮ އިޔާން އާމިން އަށް މަރުޚަބާ ކިޔަނީ / ފޮޓޯ: އަދަދު

މި ހީޓުގެ ކުރީކޮޅު އާމިން ލީޑުގައި އޮތް ނަމަވެސް ފަހު 10 މިނެޓަށް ދިޔައިރު ޝިމައްލެ އެޅި ރާޅުން ހޯދި ސްކޯއާއިއެކު އޭނާ ކުރިއަށް ޖެހިލި އެވެ. އާމިން ފައިނަލަށް ދިޔައީ އެންމެ ފަހު މިނެޓުގައި ލިބުނު ރާޅުން ހޯދި ސްކޯއާ އެކުގަ އެވެ.

ފައިނަލުގައި އާމިން އާ ދެކޮޅަށް ނުކުންނަ ގެބްރިއެލް ކުރި ހޯދީ ރާއްޖޭގެ ޖަރީޝް ޖިހާދުގެ މައްޗަށެވެ. ގެބްރިއެލް މި ހީޓުގައި 12.25ގެ ސްކޯ އެއް ހޯދިއިރު، ޖަރީޝް އަށް ލިބުނީ 3.05ގެ ސްކޯ އެކެވެ.

މުބާރާތުގައި މިއަދު ކުރިއަށް ހުރި ހީޓުތަކަށް ބަލާއިރު، ފިރިހެން އޯޕަން ބަޔާއި، އަންހެން އޯޕަން ބައި އަދި ޑްރޮޕް ނީ ކެޓަގަރީގެ ހީޓުތައްވެސް މިއަދު ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox