މޯލްޑިވްސް ޕްރޯ: ފުރަތަމަ ބުރުގެ ހީޓަކުން ރާއްޖޭގެ ޝާމް ރާފިއު އެއް ވަނަ ހޯދައިފި

Jul 31, 2022, 8:28 AM
ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓު ތިނަކުން އެއްވަނަ ހޯދި ޝާމް ރާފިއު / ފޮޓޯ: އިމޭޖަސް

ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓު ތިނަކުން އެއްވަނަ ހޯދި ޝާމް ރާފިއު / ފޮޓޯ: އިމޭޖަސް

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ފުރަތަމަ ބުރުގެ ހީޓް ތިނެއްގައި ދުނިޔޭގެ މަތީ ފަންތީގެ ބޯޑަރުންނާއި ވާދަކޮށް ރާއްޖޭގެ އަލީ ޝާމް ރާފިއު ހީޓުގެ އެއް ވަނަ ހޯދައި, މުބާރާތުގެ ތިން ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މާލޭ ވަރުނުލާ ރާޅުގަނޑުގައި މިއަދު ފެށި ވިޒިޓް މޯލްޑިވްސް ޕްރޯގައި ފުރަތަމަ ކުރިއަށްދަނީ ފިރިހެނުންގެ އޯޕަން ބައިގެ ހީޓުތަކެވެ. ފިރިހެން އޯޕަން ބައިގެ އަށް ހީޓު ހެނދުނު ދަންފަޅީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ބުރުގައި ރާއްޖޭގެ ރާއްޖޭގެ 12 ބޮޑީބޯޑަރުން ވާދަކުރާނެ އެވެ.

ފުރަތަމަ ބުރުގެ އެންމެ ރަނގަޅު ނަތީޖާ އެއް ނެރުނު އެއް ބައިވެރިއަކީ ރާއްޖޭގެ އަލީ ޝާމް ރާފިއު އެވެ. އޭނާ ވަނީ ފުރަތަމަ ބުރުގެ ހީޓު ތިނެއްގައި ވާދަކޮށް އެ ހީޓުން އެއް ވަނަ ހޯދައި ތިން ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އެހެންކަމުން، ޝާމް އަކީ ވޯލްޑް ޓުއާ އިވެންޓެއްގައި ވާދަކޮށް ހީޓަކުން އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ބޮޑީބޯޑަރެވެ.

ހީޓު ތިނެއްގައި ޝާމް ވާދަ ކުރީ ފްރާންސްގެ ފަބިއަން ތަޒާ އާއި ސައުތު އެފްރިކާގެ ރޮބާޓް ބާމަން އަދި ރާއްޖޭގެ އިނާޝް ނައީމްއާ އެވެ. އެ ބޯޑަރުންގެ ތެރެއިން ތަޒާ އަދި ބާމަން އަކީ ދުނިޔޭގެ ރޭންކިންގައި ވެސް ހިމެނޭ ދެ ބޯޑަރުންނެވެ. ޝާމް ހީޓުން އެއްވަނަ ހޯދީ 13.00 ގެ ސްކޯ އަކާ އެކުގަ އެވެ. ދެވަނަ އަށް ދިޔަ ތަޒާ އަށް ލިބުނީ 12.75 ގެ ސްކޯ އެކެވެ. ތިންވަނަ އަށް ދިޔަ ބާމަން އަށް ލިބުނީ 8.80 ގެ ސްކޯ އެކެވެ. މި ހީޓުން ފުލަށް ދިޔަ އިނާޝް އަށް ލިބުނީ 6.55 ގެ ސްކޯ އެކެވެ.

މުބާރާތުގައި ރާއްޖެއިން ވާދަކުރި އެހެން އެތުލީޓުންނަށް ބަލާއިރު، ގައުމީ ޓީމްގެ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ވަނީ އޭނާ ވާދަކުރި ހީޓުން ދެ ވަނަ ހޯދައިފަ އެވެ. އައްޔަ އަށް ލިބުނީ 10.80 ގެ ސްކޯ އެކެވެ. އެ ހީޓުން އެއްވަނަ ހޯދީ 15.50 ގެ ސްކޯ އަކާ އެކު ހަވާއީގެ ޓަނާ މެކްޑެނިއެލް އެވެ. ޓާނާ އަކީ މި ވަގުތު ވޯލްޑް ޓުއާ ރޭންކިންގެ ދެވަނައިގައި އޮތް ބޮޑީ ބޯޑަރެވެ.

ޓާނާ މި ހީޓުގެ އެއް ރާޅުގައި ހޯދި 8.75 ގެ ސްކޯއަކީ މިއަދުގެ ފިރިހެން އޯޕަން ބައިގައި އެންމެ މަތިން އެއް ރާޅުން ހޯދި ސްކޯ އެވެ. ޖުމްލަ ސްކޯ އަށް ބަލާއިރު ވެސް މިއަދު އެންމެ މަތީގައި އުޅެނީ ޓާނާ އެވެ. މި ހީޓުން ތިންވަނަ އަށް ދިޔައީ 5.5 ގެ ސްކޯއަކާ އެކު ގައުމީ ޓީމްގެ ވިއާމް މުހައްމަދެވެ.

މިއަދު ކުރިއަށްދިޔަ މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ހީޓެއްގައި ރާއްޖޭގެ އަލީ ޖާވިދު (ޖާއްޓެ) / ފޮޓޯ: އެމޭޖަސް އެމްވީ
މިއަދު ކުރިއަށްދިޔަ މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ހީޓެއްގައި ރާއްޖޭގެ އަލީ ޖާވިދު (ޖާއްޓެ) / ފޮޓޯ: އެމޭޖަސް އެމްވީ

މިއަދު ކުރިއަށްދިޔަ މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ހީޓެއްގައި ރާއްޖޭގެ އަލީ ޖާވިދު (ޖާއްޓެ) / ފޮޓޯ: އެމޭޖަސް އެމްވީ

ރާއްޖޭގެ ގައުމީ ޓީމުގެ އަލީ ޖާވިދު (ޖާއްޓެ) ވެސް ވަނީ ވާދަކުރި ހީޓުން ދެ ވަނަ ހޯދައިފަ އެވެ. ޖާއްޓެއާއެކު ހީޓުގައި ވާދަކުރީ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި މިވަގުތު އޮތް ޓްރިސްޓަން ރޮބާޓްސް އެވެ. ޓްރިސްޓަން އެއްވަނަ ހޯދީ 10.40ގެ ސްކޯ އަކާ އެކުގަ އެވެ. ދެވަނަ އަށް ޖާއްޓެ ދިޔައީ 8.30 ގެ ސްކޯ އަކުންނެވެ. ތިން ވަނަ އަށް ދިޔައީ ރާއްޖޭގެ އަހުމަދު ނަޒްމީން އެވެ.

ރާއްޖޭގެ ޒުވާން ބޯޑަރުންގެ ތެރެއިން އާމިން މޫސާ ވެސް އޭނާ ވާދަކުރި ހީޓުން ދެ ވަނަ ހޯދި އެވެ. ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ފްރާންސްގެ އަމައުރީ ލެވާނާ އާއި ސައުތު އެފްރިކާގެ ނިކް އެންސްޓްރޮމްއާ ވާދަކޮށް އާމިން ދެ ވަނަ އަށް ދިޔައީ 6.00 ގެ ސްކޯ އަކުންނެވެ. އެއް ވަނަ އަށް ދިޔަ އަމައުރީ 11.00 ގެ ސްކޯ އެއް ހޯދި އެވެ. ފުލަށް ދިޔަ ނިކް އަށް ލިބުނީ 4.40 ގެ ސްކޯ އެކެވެ.

ރާއްޖޭގެ އެހެން ބޯޑަރުންނަށް ބަލާލާއިރު، ފުރަތަމަ ބުރުގެ ދެ ވަނަ ހީޓުގައި ވާދަކޮށް އަސްވާން މުހައްމަދު (ދޫނި) ދިޔައީ ހީޓުގެ ފުލަށެވެ. ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓޯސް އަދި ފްރާންސްގެ އާވިން ކްލޯރެކްއާ ވާދަކޮށް ދޫނި އަށް ހޯދުނީ 7.25 ގެ ސްކޯ އެކެވެ. ހީޓުން އެއް ވަނަ ހޯދި ކޮސްޓޯސް 13.5 ގެ ސްކޯ އެއް ހޯދިއިރު، އާވިން ވަނީ 11.5 ގެ ސްކޯ އެއް ހޯދާފަ އެވެ.

ރާއްޖޭގެ އުއްމީދީ ދެ ބޯޑަރުން ކަމަށްވާ އިޔާން އހުމަދާއި މުހައްމަދު ރީޝާން ވެސް ފުރަތަމަ ބުރުގައި ވާދަކުރި އެވެ. ފުރަތަމަ ބުރުގެ އަށް ވަނަ ހީޓުގައި ވާދަކޮށް ރީޝާން އަށް ތިން ވަނަ ލިބުނީ 7.75 ގެ ސްކޯ އަކުންނެވެ. އުމުރުން 13 އަހަރުގެ އިޔާން އަށް ލިބުނީ 6،5 ގެ ސްކޯ އެކެވެ. އެ ހީޓުން އެއް ވަނަ ހޯދީ ހަވާއީގެ ޑޭވިޑު ހުބާޑް 15.15 ގެ ސްކޯ އެއް ހޯދި އެވެ. ދެވަނަ އަށް ދިޔަ ކެނޭރީ އައިލެންޑްސްގެ އާމިޑް ސޮލިވެރޭސް އަށް ލިބުނީ 14.35 ގެ ސްކޯ އެކެވެ.

ފިރިހެން އޯޕަން ބައިގައި ރާއްޖެއިން ދެން ވާދަކުރި ދާވޫދު ފަޒީހު ވަނީ ހީޓު ހަޔެއްގައި ރަނގަޅު ވާދައެއް ކޮށްފަ އެވެ. މި ހީޓުގެ އެއް ވަނަ ހޯދީ 13.00 ގެ ސްކޯ އަކާއެކު ފްރާންސްގެ ޔަން ސަލައުން އެވެ. ދެ ވަނަ އަށް ދިޔަ ކެނެރީ އައިލެންޑްސްގެ ގެބްރިއަލް މޮލީނާ 9.75 ގެ ސްކޯ އެއް ހޯދިއިރު، ފަޒީހު އަށް ތިންވަނަ ލިބުނީ 9.00 ގެ ސްކޯ އަކުންނެވެ. މި ހީޓުގެ ފުލަށް ދިޔައީ 3.35 ގެ ސްކޯއަކާ އެކު އަހުމަދު ފައުޒާނެވެ.

ފުރަތަމަ ބުރުގެ ހީޓުތަކުން އެއް ވަނަ އަށް ދިޔަ އެތުލީޓުން ކޮލިފައިވާނީ ތިން ވަނަ ބުރަށެވެ. ބާކީ ހުރިހާ އެތުލީޓުންނަށް ދެ ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ.

މުބާރާތުގެ ފިރިހެން އޯޕަންގެ ފުރަތަމަ ބުރުގެ ހީޓުތަކަށްފަހު މިއަދު މެންދުރު ފަހު ކުރިއަށްދާނީ އަންހެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކާއި ޖޫނިއާ ޑިވިޝަންގެ ހީޓުތަކުގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީގެ ހީޓުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox