ވިޒިޓް މޯލްޑިވްސް ޕްރޯ އަށް ގައުމީ ބޮޑީބޯޑިން ޓީމް ކޭމްޕްކޮށްފި

Jul 31, 2022, 12:37 AM
ވިޒިޓް މޯލްޑިވްސް ޕްރޯ 2022 އަށް ގައުމީ ބޮޑީބޯޑިން ޓީމު ވަނީ މަރުކަބު ޕްލާޒާގައި ކޭމްޕްކޮށްފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 އަށް ގައުމީ ބޮޑީބޯޑިން ޓީމު ވަނީ މަރުކަބު ޕްލާޒާގައި ކޭމްޕްކޮށްފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގަައި ވާދަކުރާ ރާއްޖޭގެ ގައުމީ ސީނިއާ އަދި ޖޫނިއާ ބޮޑީބޯޑިން ޓީމް މަރުކަބު ޕްލާޒާ ގައި ކޭމްޕް ކޮށްފި އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ އަކީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާގެ މުބާރާތެކެވެ. މި މުބާރާތަށް ދުނިޔޭގެ އެކި ގައުމުތަކުން މަތީ ފަންތީގެ ބޯޑަރުން ވާދަކުރާނެ އެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު، މިއީ އައިބީސީގެ މުބާރާތެއް އޭޝިއާ ސަރަހައްދުގައި ވެސް ބާއްވާ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ އިވެންޓުތަކުގެ ހީޓުތައް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އަށް އެތުލީޓުން މި ހީޓުތަކުގައި ވާދަކުރާނެ އެވެ. މިގޮތުން ރާއްޖޭގެ ސީނިއާ ޓީމުގައި ހިމެނޭ ބޮޑީބޯޑަރުންނަކީ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ)، އަލީ ޖާވިދު (ޖާއްޓެ)، މުހައްމަދު ވިއާމް (ޖޭޑީ) އަދި މުހައްމަދު ރީޝާން ރަޝީދު އެވެ.

ޖޫނިއާ ޓީމުގައި ހިމެނޭ ހަތަރު ބޮޑީބޯޑަރުންނަކީ ޝިމާލް ޝާމީމް (ޝިމައްލެ)، އިޔާން އަހުމަދު، މުހައްމަދު ޖަރީޝް ޖިހާދު (ޑީކޭ) އަދި މުހައްމަދު ޖަރީޝް ޖިހާދު (ޑީކޭ) އެވެ.

ގައުމީ ޓީމް ކޭމްޕްކޮށްފައިވަނީ މުބާރާތުގެ އެއް ޕާޓްނަރު ކަމަށްވާ މަރުކަބު ޕްލާޒާގަ އެވެ. މިއީ ގައުމީ ބޮޑީބޯޑިން ޓީމެއް ބައިނަލްއަގްވާމީ މުބާރާތަކަށް މި ގޮތަށް ކޭމްޕްކުރި ފުރަތަމަ ފަހަރެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކާއި ދިމާކޮށް ޓީމްތަކުން އެއްކޮށް އެއް ތަނެއްގައި ކޭމްޕް ކުރުމަކީ އާންމު ކަމެކެެވެ. މި ގޮތުން މީގެ ކުރިން ރާއްޖޭގައި ބޭއްވި ބައެއް ބައިނަލްއަގްވާމީ މުބާރާތްތަކާއި ދިމާކޮށް އެ މުބާރާތްތަކުގައި ވާދަކުރި ގައުމީ ޓީމްތަކުން އެއްތަނެއްގައި ކޭމްޕް ކުރިކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox