ވިޒިޓް މޯލްޑިވްސް ޕްރޯ 2022 އާ އެކު ރާއްޖެ ތާރީހުގެ ތެރެއަށް!

Jul 29, 2022, 6:34 PM
ވިޒިޓް މޯލްޑިވްސް ޕްރޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭޝިއާ ސަރަހައްދުގައި ބާއްވާ ވޯލްޑް ޓުއާގެ ފުރަތަމަ މުބާރާތް ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން 150 އަށް ވުރެ ގިނަ ބޮޑީބޯޑަރުން ވާދަކުރާ އައިބީސީ ވޯލްޑް ޓޫއާގެ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ބައިނަލްއަގްވާމީ ފެންވަރުގެ އެންމެ މަތީ ފަންތީގެ މުބާރާތާއި ގުޅޭގޮތުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް) ބުނީ މި މުބާރާތުގެ ސަބަބުން ރާއްޖެ ހުޅުވިގެންމިދަނީ ސާފް ޓުއަރިޒަމްގެ ބޮޑީބޯޑިންގެ އާ މާކެޓެއް ކަމަށާއި، މިއީ ރާއްޖޭގެ ބޮޑީބޯޑަރުން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

މިއަދުގެ އިވެންޓްގެ ތެރެއިން ބޮޑީބޯޑިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ރަޝް ވާހަކަ ދައްކަނީ،--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި މުބާރާތް ރާއްޖެ ގެނައުމަށް އެމްބީބީއޭ އިން ކުރި މަސައްކަތް ކާމިޔާބުކޮށް މުބާރާތް ބޭއްވުމަށް މަގުފަހިކޮށްދެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ވުޒާރާތަކުން ދެއްވި އެހީތެރިކަން ރަޝް ފާހަގަކުރި އެވެ.

"އަބަދުވެސް ބޮޑީބޯޑަރުންގެ އުއްމީދަކީ ވޯލްޑް ޓުއާ އިވެންޓެއްގައި ވާދަކޮށް ރަނގަޅު ވަނައެއް ހޯދުން. މިއަދު، މި ހުޅުވާލެވޭ ދޮރަކީ ދިވެހިރާއްޖޭގެ ބޮޑީބޯޑަރުންނަށް ވޯލްޑް ޓުއާގައި ވާދަކޮށް ރާއްޖޭގެ ނަން ފަވާލަން ލިބޭ އަގުހުރި ފުރުސަތެއް. މިއަދު ތި ފެންނަނީ 2020 ވަނަ އަހަރުން ފެށިގެން އައިބީސީއާ އެކު ކުރެވުނު ބުރަ މަސައްކަތުގެ ފޮނި މީރުކަން" ރަޝް ބުންޏެވެ.

ރަޝް ބުނީ މުޅި މުޅި ރާޅާ އަޅާ އާއިލާގެ އުއްމީދަކީ ރާއްޖޭގެ ރާޅާ އެޅުންތެރިން ބައިނަލްއަގްވާމީ މައިދާނުގައި ވެސް ވިދާލުން ކަމަށެެވެ، މީގެ އިތުރުން ވަރުނުލާ ރާޅުގަނޑަކީ ގައުމީ ރާޅާ އެޅުމުގެ "ސްޓޭޑިއަމް"ގެ ގޮތުގައި ތަރައްގީ ކުރެވި މި ފަސްގަނޑުގައި ގިނަ ބައިނަލްއަގްވާމީ މުބާރާތްތަކެއް ބޭއްވުން ކަމަށެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ކުޅިވަރުގެ ތެރެއިން ރާއްޖެ މަގުބޫލު މަންޒިލަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި މިކަހަލަ މުބާރާތްތައް ވަރަށް މުހިންމު ކަމަށެވެ. އަދި މި މުބާރާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުމަށް އެހީތެރިވާ ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

"މި އިވެންޓުގެ މެއިން ސްޕޮންސަރަކަށް ވިޒިޓް މޯލްޑިވްސް ވާން ނިންމި މައިގަނޑު ސަބަބަކީ މި ކުޅިވަރާއިއެކު ރާއްޖެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ކުރިއެރުވޭނެތީ. ރާއްޖެ ކަހަލަ ގައުމެއްގައި މި ކަހަލަ ކުޅީވަރެއް ކުރިއެރުންވެސް މުހިންމު. އަބަދުވެސް އަޅުގަނޑުމެން ތިބޭނީ އެމްބީބީއޭއާ އެކުގައި." ތޮއްޔިބު ވިދާޅުވި އެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށްދިޔަ ކަމުގައިވިޔަސް ހީޓުތައް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގަ އެވެ. މުބާރާތުގެ ފޯރި އިތުރު ކުރުމަށްޓަކައި ކޮންމެ ރެއަކު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މިޔުޒިކް ޝޯތައް ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox