މާލޭ ރާޅުގަނޑުގެ ރާޅުތަކުގެ ފެންވަރާ މެދު ދުނިޔޭގެ ޗެމްޕިއަން އިޒަބެލާ ހިތްހަމަޖެހިފައި

Jul 29, 2022, 12:25 PM
ރާޅުގަނޑު ސަރަހައްދުގައި އިޒަބެލާ: އޭނާ ދެކޭގޮތުގައި ވިޒިޓް މޯލްޑިވްސް ޕްރޯ އަކީ ކާމިޔާބު މުބާރާތަކަަށް ވާނެ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާޅުގަނޑު ސަރަހައްދުގައި އިޒަބެލާ: އޭނާ ދެކޭގޮތުގައި ވިޒިޓް މޯލްޑިވްސް ޕްރޯ އަކީ ކާމިޔާބު މުބާރާތަކަަށް ވާނެ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭގެ ރާޅުގަނޑު ސަރަހައްދުން ނަގާ ރާޅުތަކަކީ ބޮޑީބޯޑިން އަށް އެންމެ އެކަށޭނަ ފެންވަރު ރަނގަޅު ރާޅުތަކެއްކަމަށް ދުނިޔޭގެ ބޮޑީބޯޑިން ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ބްރެޒިލްގެ އިޒަބެލާ ސޫސާ ބުނެފި އެވެ.

ދުނިޔޭގެ މަޝްހޫރު އެތަށް ޗެމްޕިއަނުންނެއް ވާދަކުރާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ފަށަން ތައްޔާރުވެފައިވާއިރު، މިއީ އޭޝިއާ ސަރަހައްދުގައި އައިބީސީ ވޯލްޑް ޓުއާގެ ލެގެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު އޮންނައިރު، ބޮޑީބޯޑިން އިވެންޓުތައް ކުރިއަށްދާނީ މާދަމާ ހެނދުނުން ފެށިގެންނެވެ.

މުބާރާތުގައި ވާދަކުރާ ހުރިހާ އެތުލީޓުން ވެސް މިހާރު ރާއްޖެ އައިސްފައިވާއިރު، ހުރިހާ ބޯޑަރުންގެ އެންމެ ބޮޑަށް ތައުރީފު ކުރާ އެއް ކަމަކީ މާލޭގެ ރާޅުގަނޑެވެ. ބައެއް ގައުމުތަކުގެ ރާޅު ޕޮއިންޓުތަކުގައި ރާޅު ނަގަނީ ވަކި ގަޑިތަކެއްގަ އެވެ. އެކަމަކު، ރާޅުގަނޑު ސަރަހައްދުގައި މުޅި ދުވަހު އެއްކޮށް ރާޅުތައް އެއްވަރެއްގައި ނަގާތީ އެކަން ހުރިހާ ބޯޑަރުންވެސް ފާހަގަކުރި އެވެ.

އިޒަބެލާ ރާޅުގަނޑު ސަރަހައްދުގައި ރާޅާއަޅަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދުނިޔޭގެ ޗެމްޕިއަން، އިޒަބެލާ ބުނީ ރާޅުގަނޑު ސަރަހައްދުގައި ނަގާ ރާޅުތަކަކީ ބޮޑީބޯޑިން އަށް އެންމެ "ފައްކާ" ފެންވަރުގެ ރާޅުތަކެއް ކަމަށެވެ. އަދި އެ ސަރަހައްދުގެ ރާޅުތަކުގެ ބާރު މިނާއި އުސްމިނަށް ބަލާއިރު ވެސް ވަރަށް ހިތްގައިމު ކަމަށް އިޒަބެލާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ މި ސަރަހައްދުގެ އެންމެ ހިތްގައިމު ކަމަކީ ހުރިހާ ވަގުތަކު ވެސް ރީތި ރާޅުތަކެއް ނެގުން ކަމަށެވެ.

އިޒަބެލާ ބުނީ ރާއްޖޭގެ ރާޅުތަކަކީ މީގެ ކުރިން މުބާރާތްތަކުގައި އަޅާފައި ހުރި ރާޅުތަކަށް ވުރެ ތަފާތު ރާޅުތަކެއްކަމަށެވެ. އެހެންކަމުން މިއީ ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.

"މި ރާޅުތައް ވަރަށް ސަޅި. ވަރުގަދަ ރާޅުތަކެއް އެ ނަގަނީ. އެކަމަކު، ނުރައްކާވާ ކަހަލަ ގޮތަކަށް ނޫން. މި ކަންޑިޝަން އަކީ ބޮޑީބޯޑިން އަށް ވަރަށް ހިތްގައިމު ކަންޑިޝަން އެއް، ވަރަށް ހިތްހަމަޖެހިފައި މިހިރީ" އިޒަބެލާ، 33، ބުންޏެވެ.

އިޒަބެލާ ބުނީ މުބާރާތުގެ ފެންވަރު ރަނގަޅުވާނީ ވެސް ރާޅުތަކުގެ ފެންވަރު ރަނގަޅުވެގެން ކަމަށެވެ. ރާޅުގަނޑަށް ބަލާލާފައި މި މުބާރާތުގައި ވާދަކުރާ ބޮޑީބޯޑަރުންގެ ފަރާތުން ވަރަށް ތަފާތު މޮޅު ހުނަރުތަކެއް ފެންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިޒަބެލާ ވަނީ ބުނެފަ އެވެ.

ބްރެޒިލްގެ އެންމެ ފާހަގަކޮށްލެވޭ ބޮޑީބޯޑަރު ބުނީ ރާއްޖޭގައި އަލަށް ބޭއްވި ކަމުގައިވިޔަސް ތައްޔާރީތަކަށް ބަލާއިރު އެކަން ފާހަގަ ނުވާކަމަށެވެ.

"ފުރަތަމަ ފަހަރަށް މިވަރުގެ މުބާރާތެއް މިއޮންނަނީ ރާއްޖޭގައި. އެކަމަކު އާ ކަމެއް ނެތް. ވަރަށް ތައްޔާރުވެފައި އޮތް ކަން އެބަ އިނގޭ. އެތުލީޓުން ވަރަށް ހިތްހަމަ ޖެހިގެން މުބާރާތް ފުރިހަމަކުރާނެކަމުގެ އިތުބާރު އެބައޮތް" އިޒަބެލާ ބުންޏެވެ.

"އަހަރެން ދެކެފިން ރާއްޖޭ ކުދިން ބޯޑީބޯޑު ކުރާތަން. ވަރަށް ހުނަރުވެރި ކުދިން އެބަތިބި. ބޭނުންވަނީ އެކުދިންނަށް ފުރުސަތު ލިބުން. ވަރަށް މޮޅު ރާއްޖެ ކުދިން"

އޭނާ ބުނީ ރާއްޖެއަކީ ވަރަށް އަންނަން ބޭނުންވެފައި ހުރި ގައުމެއްކަމަށާއި، މިކަހަލަ މުބާރާތެއް ރާއްޖޭގައި އޮތުމަކީ ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބޭނެކަމެއްކަމަށެވެ. އަލަށް މިފަހަރު އާދެވުނު ނަމަވެސް ވަރަށް އަވަހަށް ޗުއްޓީއަށްވެސް ރާއްޖެ އަންނާނެކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox