ޒުވާން ބޮޑީބޯޑަރުންނާ އެކު ގައުމީ ޓީމު ވިޒިޓް މޯލްޑިވްސް ޕްރޯ އަށް ތައްޔާރު!

Jul 29, 2022, 6:24 AM
ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ބްރީފިންގެ ތެރެއިން ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު ކުޑައައްޔަ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ބްރީފިންގެ ތެރެއިން ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު ކުޑައައްޔަ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ އައިބީސީ ވޯލްޑް ޓޫއާގެ މުބާރާތަށް ގައުމީ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. މި ފަހަރު މުބާރާތަކީ މިވަގުތު ރާއްޖޭގެ ބޮޑީބޯޑިންގައި އެންމެ ސީނިއާ ކޮށް ތިބި ބޯޑަރުންނަށް ބައިނަލްއަގްވާމީ މައިދާނުގައި ތަފާތު ދައްކަން ލިބޭނެ ފަހި ފުރުސަތެކެވެ. އަނެއްކޮޅުން، މިއީ ސީނިއާ ޓީމްގައި ހިމެނޭ ޒުވާން ބޯޑަރުންނާއި، ޖޫނިއާ ބައިގައި ވާދަކުރާ ޖޫނިއާ ގައުމީ ޓީމްގެ ބޯޑަރުންނަށް ބައިނަލްއަގްވާމީ މައިދާނަށް ލޯ ހުޅުވައި މިކަމަށް އިތުރަށް ލޯބި ޖެހޭނެ މުބާރާތަކަށް ވާނެ އެވެ.

ގައުމީ ސީނިއާ ޓީމަށް ބަލާއިރު ޓީމް ލީޑު ކުރަން ހުރީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އަދި އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. 35 އަހަރުގެ އައްޔަ އަށް މިއީ އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ މުބާރާތެވެ. މީގެ ކުރިން މެލޭޝިއާ، އޮސްޓްރޭލިއާ، އިންޑޮނީޝިއާ އަދި ސްރީލަންކާގައި ބޭއްވި ބައެއް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ އައްޔަ އަށް މި މުބާރާތަކީ އަމިއްލަ ގައުމުގައި ރަނގަޅު ވަނައެއް ހޯދަން ލިބޭނެ ފަހި ފުރުސަތެކެވެ.

ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމާއި، ރާއްޖޭގެ އެންމެ މޮޅު ބޮޑީބޯޑަރުގެ މަގާމް ހޯދާފައިވާ ކުޑަ އައްޔަ ވަނީ މިހާތަނަށް ކެރިއަރުގައި 40 އަށް ވުރެ ގިނަ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. އުމުރުން 12 އަހަރުގައި މާލޭ ރާޅުގަނޑަށް ފުންމާލި އައްޔަ މި ފަހަރުގެ މުބާރާތުގެ މެންސް އޯޕަން އަދި ޑްރޮޕް ނީ ކެޓަގަރީގައިވެސް ވާދަކުރާނެ އެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި އެންމެ މޮޅު ބޮޑީބޯޑަރަކީ މިފަހަރު އެންމެ ބޮޑަށް ދިވެހިންގެ އުއްމީދުތައް ގުޅިފައިވާ އެތުލީޓެވެ.

އައްޔަގެ ފަހަތުން ދެން ހުރީވެސް ބޮޑީބޯޑިންގެ ވަރުގަދަ ނަމެކެވެ. 2010 ވަނަ އަހަރު ބޭއްވި ރަންދަ ގައުމީ ޗެލެންޖުން ފުރަތަމަ ވިދާލި އަލީ ޖާވިދު (ޖާއްޓެ) އަކީވެސް ހުނަރުން ފުރިގެންވާ ބޮޑީބޯޑަރެކެވެ. ޒުވާން އުމުރުގައި ރާޅުގަނޑުގައި ދެއްކި ޖާދުލާއިއެކު އޭނާއާއިމެދު ކުރެވުނު އުއްމީދުތައް ބޮޑުވި އެވެ. އެކި ސަބަބުތަކާއި ހުރެ އޭނާއަށް އެންމެ ބޭނުންވާ ވަރުގެ ކާމިޔާބީތައް ނުލިބުނު ކަމުގައިވިޔަސް މިވަގުތު ކެރިއަރުގެ ޕީކުގައި ހުރި ބޮޑީބޯޑަރަށް ފެންވަރު ދައްކާލަން މިއީ ރަނުގެ ފުރުސަތެކެވެ. ވިިޒިޓް މޯލްޑިވްސް ޕްރޯ، މުބާރާތުގައި ޖާއްޓެ ވާދަކުރާނީ މެންސް އޯޕަން ބައިގައި އެކަންޏެވެ. މިހާތަނަށް 27 އަށް ވުރެ ގިނަ މުބާރާތުގައި ވާދަކޮށްފައިވާ ޖާއްޓެ ވަނީ މީގެ ކުރިން މެލޭޝިއާގައި ކުރިއަށްދިޔަ ބޮޑީބޯޑިން މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފަ އެވެ.

އައްޔަ އާއި ޖާއްޓެއަށް ފަހު ދެން ސީނިއާ ޓީމުގައި ހިމެނޭ ދެ ބޮޑީބޯޑަރުންނަށް މިއީ ބައިނަލްއަގްވާމީ ފުރަތަމަ ތަޖުރިބާ އެވެ. 19 އަހަރުގެ މުހައްމަދު ވިއާމް (ޖޭޑީ) އަދި މުހައްމަދު ރީޝާން ރަޝީދު އަކީ މި ވަގުތު ރާއްޖޭގައި ތިބި އުއްމީދީ ބޮޑީބޯޑަރުންގެ ލިސްޓުގެ އެންމެ ކުރީގައި ތިބި ދެ އެތުލީޓުންނެވެ.

ޖޭޑީ ފުރަތަމަ ވިދާލީ އުފަންރަށް ފުވައްމުލަކުގައި 2018 ވަނަ އަހަރު ބޭއްވި އެލީސް ބޮޑީބޯޑުން ޗެލެންޖުންނެވެ. އޭގެ ފަހުން ގައުމީ މުބާރާތްތަކުގައި ވާދަކުރަމުން އައިސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ގައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ. މި ވަގުތު ގައުމީ ރޭންކިންގެ ތިން ވަނައިގައި އޭނާ އޮތީ މިއަހަރު ކުރިއަށްދިޔަ ދެ މުބާރާތުގައި ހޯދި ރަނގަޅު ނަތީޖާތަކުގެ ސަބަބުންނެވެ. މޯލްޑިވްސް ޕްރޯގެ މެންސް އޯޕަން އަދި ޑްރޮޕް ނީ ކެޓަގަރީގައި ވެސް ވިއާމް ވާދަކުރާނެ އެވެ.

ނަވާރަ އަހަރުގެ ރީޝާން އެންމެ ފުރަތަމަ ފާހަގަވީ 2019 ގެ ލަބެރަ ބޮޑީބޯޑިން ޗެލެންޖުންނެވެ. އެ މުބާރާތުގެ އެންމެ އުއްމީދީ ބޮޑީބޯޑަރު ރީޝާން 2019 ގައި ބޭއްވި ބޮޑު ފިލާ ޗެލެންޖުގެ ޖޫނިއާ ބައިގެ އެއް ވަނަ ހޯދި އެވެ.

ރީޝާން އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޖޫނިއާ ތަރިއެކެވެ. ރާއްޖޭގެ ޖޫނިއާ ޗެމްޕިއަންގެ ގޮތުގައި ފާހަގަވި ރީޝާން އަކީ ރާޅުގަނޑުން ކޮންމެ ދުވަހެއްގެ ހަވީރު ވެސް ފެންނާނެ މޫނެކެވެ. މިހާތަނަށް ގައުމީ ލެވެލްގެ އެންމެ ފަސް މުބާރާތެއްގައި ވާދަކޮށްފައި ހުރި ކަމުގައިވިޔަސް ރީޝާންގެ ހުނަރާ މެދު ޝައްކު ކުރެވޭނެ ޖާގައެއް ނެތެވެ. ކުރިއަށް އޮތް މުބާރާތުގައި އޭނާ ވާދަކުރާނީ މެންސް އޯޕަން ކެޓަގަރީގަ އެވެ.

ދެން އޮތީ ޖޫނިއާ ޓީމެވެ. ޖޫނިއާ ޓީމުގައި ތިބި އެތުލީޓުންނަށް ބަލާއިރު، މިއީ ހުރިހާ ގޮތަކުންވެސް ރާއްޖޭގެ ބޮޑީބޯޑިންގެ ކުރިމަގު ބައްޓަން ކުރެވޭނެ މުބާރާތެކެވެ. މި ޓީމް ލީޑު ކުރަން ހުރީ އެންމެ ފަހުން ކުރިއަށް ގެންދިޔަ މޯލްޑިވްސް ޕްރޯ ޓްރަޔަލްސްގެ ޖޫނިއާ ބައިގެ އެއް ވަނަ ހޯދީ ޝިމާލް ޝާމީމް (ޝިމައްލެ) އެވެ.

ފުވައްމުލަކުގެ ބޮޑިބޯޑަރު ގައުމީ ލެވެލްގައި ވާދަކޮށް ތަފާތު ދައްކަމުން އަންނަތާ މާ ގިނަ ދުވަހެއް ނުވެ އެވެ. ޝިމައްލެ 17، އަކީ މިވަގުތު އެންމެ ފޯމުގައި ހުރި ޒުވާން ބޯޑަރެވެ. މިހާތަނަށް ގައުމީ ލެވެލްގައި ވާދަކުރި ތިން މުބާރާތުގައިވެސް ރަނގަޅު ކާމިޔާބީތަކެއް ޝިމައްލެވަނީ ހޯދައިފަ އެވެ. މުބާރާތުގެ އޯޕަން ބައިގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީގައި ވެސް ޝިމައްލެ ވާދަކުރާނެ އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނެ އެންމެ ޒުވާން ބޯޑަރަކީ 13 އަހަރުގެ އިޔާން އަހުމަދު އެވެ. 2021 ގައި ބޭއްވި މުލަ ބޮޑީބޯޑިން ޗެލެންޖުންނާއި، ރާއްޖޭ ބޮޑީބޯޑިން ޗެލެންޖުގެ އެންމެ އުއްމީދީ ބޮޑީބޯޑަރަކީވެސް އިޔާން އެވެ. އޭނާ އަންނަނީ ޒުވާން އުމުރުގައިވެސް އުއްމީދީ މަންޒަރެއް ކުރަހައިދެމުންނެވެ. އެންމެ 13 އަހަރުގައި އިޔާން މި މުބާރާތުގައި ވާދަކުރުމަކީ އޭނާގެ ކުރިމަކަށް ލިބޭނެ ބޮޑު ތަޖުރިބާއަކަށްވާނެ އެވެ.

ޖޫނިއާ ޓީމުގައި ހިމެނޭ ފުވައްމުލަކުގެ އަނެއް ބޮޑީބޯޑަރަކީ 15 އަހަރުގެ މުހައްމަދު ޖަރީޝް ޖިހާދު (ޑީކޭ) އެވެ. ޑީކޭ ވަނީ މިއަހަރުގެ ކުރީކޮޅު ކުރިއަށްދިޔަ ބުރުނުޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޖޫނިއާ ބައިގެ އެއްވަނަ ހޯދައިފަ އެވެ. މިހާތަނަށް ވާދަކުރި ގައުމީ ލެވެލްގެ ތިން މުބާރާތުންވެސް ޑީކޭ ވަނީ ރަނގަޅު ވަނަތަކެއް ހޯދާފަ އެވެ. އެންމެ 11 އަހަރުގައި ބޮޑީބޯޑިންގެ ތެރެއަށް ވަތް ޑީކޭ މޯލްޑިވްސް އޯޕަންގައި ވާދަކުރާނީ އޯޕަން ކެޓަގަރީގައި އެކަންޏެވެ.

ޖޫނިއާ ޓީމްގެ ފަހު ބައިވެރިއަކީ މުހައްމަދު ކައިފް ރައިމޫން ކަމާލުއްދީން (ކައި) އެވެ. ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކައި ވާދަކުރަން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އޭނާ އަށް ޖޫނިއާ ޓީމުން ފުރުސަތު ލިބުނީ ގައުމީ ލެވެލްގައި މިހާތަނަށް ވާދަކުރި ދެ މުބާރާތުން ހޯދާފައިވާ ނަތީޖާ އަށް ބަލާފަ އެވެ. ކައިގެ އެންމެ ކާމިޔާބަކީ 2021 ގައި ބޭއްވި ރާއްޖެ ބޮޑީބޯޑިން ޗެލެންޖުގެ ތިންވަނަ ހޯދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox