ވިޒިޓް މޯލްޑިވްސް ޕްރޯ 2022: ގައުމީ ޓީމުގެ ކުރިއެރުމަށް އަގުހުރި ފުރުސަތެއް!

Jul 30, 2022, 1:47 PM
ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު ކުޑަ އައްޔަ ރާޅުގަނޑުގައި ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ކުރިން ރާޅާއަޅަނީ.--- ފޮޓޯ: ވިޝާހު ޒަރީރު

ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު ކުޑަ އައްޔަ ރާޅުގަނޑުގައި ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ކުރިން ރާޅާއަޅަނީ.--- ފޮޓޯ: ވިޝާހު ޒަރީރު

ބައިނަލްއަގްވާމީ މުބާރާތްތައް އަމިއްލަ ގައުމުގައި ބޭއްވުމަކީ އަބަދުވެސް ކުޅިވަރެއްގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެ މުބާރާތުން ލިބޭ ތަޖުރިބާތަކުގެ އިތުރުން ދުނިޔޭގެ މޮޅެތި ކުޅުންތެރިންނާ ވާދަކޮށްލައި އެ ކުޅުންތެރިންގެ ފަރާތުން ގިނަ ކަންކަން ދަސްވެ އެވެ. އަނެއްކޮޅުން، ކުޅުންތެރިންނެކޭ އެއްގޮތަށް ކުޅިވަރު ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އޮފިޝަލުންނަށް ވެސް ގިނަ ފުރުސަތުތައް މަގު ފަހިވެ އެވެ.

މިއަދު ފެށުމަށް ހަމަޖެހިފައިވާ ވިޒިޓް މޯލްޑިވްސް ޕްރޯ އަކީ މިގޮތަށް ކުރެވޭ ބުރަ މަސައްކަތެއްގެ ބޮޑު ފެށުމެކެވެ. ދޮޅު އަހަރެއްހާ ދުވަސް ވަންދެން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)އާ އެކު ކުރެވުނު މަސައްކަތުން އައިބީސީ ވޯލްޑް ޓުއާގެ ލެގެއް ރާއްޖޭގައި ބާއްވަން މިއޮތީ ތައްޔާރުވެފަ އެވެ.

ގައުމީ ޓީމަށް ލިބޭނެ ފުރުސަތުތައް ގިނަ ގުނަ!

ބޮޑީބޯޑިންގެ ގައުމީ ޓީމަށް ބަލާއިރު ބައެއް ބޯޑަރުންނަކީ ސަރަހައްދީ ލެވެލްގެ ތަރިންނެވެ. އޭޝިއާ ސަރަހައްދުގެ ބައެއް މުބާރާތްތަކުން ރަން ވަނަތަކެއް ހޯދާފައިވާ ހުނަރުވެރިންނެވެ. އެ އެތުލީޓުން އަބަދުވެސް ދެކެމުން އައި ހުވަފެނަކީ ދުނިޔޭގެ ފެންވަރުގެ މުބާރާތަކަށް ދިޔުމެވެ. ދުނިޔޭގެ ފެންވަރުގެ ބޯޑަރުންނާ އެކު ވާދަކުރުމެވެ.

މި ފަހަރު މި ލިބުނީ އެ ފުރުސަތެވެ. އަދި ވޯލްޑް ޓުއާ ރޭންކިންގެ ތެރެއަށް ވަދެލަން މިއޮތީ މަގު ފަހިވެފަ އެވެ.

ބައިނަލްއަގްވާމީ މީޑިއާ ތަކުން ކަވަރުކުރާ މޯލްޑިވްސް ޕްރޯއާ އެކު ދިވެހި އެތުލީޓުންނަށް ދުނިޔޭގެ އެކި ބްރޭންޑްތަކަށް ފެނި ފުރުސަތުތައް ލިބުން މަގު ފަހިވާނެ އެވެ. އަދި ރާއްޖޭގެ ބޯޑަރުންގެ ހުނަރުވެރިކަން ފެނި އައިބީސީ އިން ވެސް އިތުރު ފުރުސަތުތަކެއް ބޯޑަރުންނަށް ހޯދައިދިނުން ގާތެވެ.

"ވަރުނުލާ ރާޅުގަނޑަ"ށް ބައިނަލްއަގްވާމީ މުބާރާތްތަކެއް

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ބޮޑީބޯޑީން އެސޯސިއޭޝަނުން ފާހަގަކޮށްފައިވަނީ އެންމެ ބޮޑު އުއްމީދަކީ ވަރުނުލާ ރާޅުގަނޑު ގައުމީ ބޮޑީބޯޑިން "ސްޓޭޑިއަމް"ގެ ގޮތުގައި ތަރައްގީވުމެވެ. އެކަން އެގޮތަށް ވެއްޖެނަމަ ގިނަ މުބާރާތްތަކެއް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބޭނެ އެވެ. އެހެންކަމުން، މޯލްޑިވްސް ޕްރޯ އިން މި ހުޅުވާލައިދެނީ ބައިނަލްއަގުވާމީ މައިދާނަށް ބޮޑީބޯޑިން އިން އާ މަންޒިލެއްގެ ދޮރެވެ.

އެންމެ ބޮޑު އެއް ސަބަބަކީ ދުނިޔޭގެ އެހެން ގައުމުތަކާއި ތަފާތު ސިފަތަކެއް ވަރުނުލާ ރާޅުގަނޑުގައި ހުރުމެވެ. މިގޮތުން މުޅި ދުވަހު އެއް ފެންވަރެއްގެ ރީތި ރާޅުތަކެއް ނެގުމާއި، ރާޅުތަކުގެ ބާރު މިނާއި އުސްމިނަށް ބަލާއިރު ބޮޑީބޯޑިން އަށް އެންމެ ހެޔޮވަރު ރާޅުތަކަކަށް ވުމަކީ ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ.

މީގެ އިތުރުން ރާޅުގަނޑު ހިމެނޭ ސަރަހައްދަކީ ހުރިހާ ގޮތަކުން މުބާރާތަކަށް އެކަށޭނަ ތަނެކެވެ. ހިތްގައިމު މާހައުލެކެވެ. ސަޕޯޓަރުންނާއި، ކުޅި ބެލުންތެރިންނަށް ގާތުން މަންޒަރު ފެންނާނެ ގޮތަށް އޮތް ސަރަހައްދެކެވެ. ކޮފީ ބުއިމާއި އެހެނިހެން ކަންކަން ފަސޭހައިން ހަމަޖެހިފައި އޮތް ހިސާބެކެވެ. މީގެ އިތުރުން ސިނަމާލެ ބްރިޒާއި، ގައުމީ އެއާޕޯޓު ފަހަތުގައި އޮތުމަކީ ރާޅުގަނޑުގެ ރީތިކަން ފުރިހަމަކޮށްދޭ ސިފަތަކެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް "އާ މާކެޓެއް"

ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބުކަމުގައިވާ ފަތުރުވެރިކަމަށް ވެސް މި މުބާރާތުން ބޮޑު އަސަރެއް ކުރާނެ އެވެ. މި މުބާރާތާ އެކު މި ވަދެވެނީ ފަތުރުވެރިކަމުގެ އާ މާކެޓަކަށެވެ. މީގެ ކުރިން ވެސް ރާއްޖެ އަށް މޫދު ކުޅިވަރުގެ އެކި ފަންތީގެ މީހުން އައިސް އުޅެ އެވެ. ނަމަވެސް ބޮޑީބޯޑިންގެ ދުނިޔޭގެ ޗެމްޕިއަނުން ރާއްޖެ އައި މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖެ އައި ބޭރުގެ ގިނަ އެތުލީޓުންނަށް މިއީ މި ގައުމަށް އާދެވެނު ފުރަތަމަ ފަހަރެވެ. ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަށް އާދެވުމާ އެކު ހުރިހާ އެންމެން ވެސް ފާހަގަކުރީ އެއް ކަމެކެވެ. އަބަދުވެސް ޗުއްޓީ އަށް އަންނަން އެންމެ ބޭނުންވި ގައުމަށް އާދެވުމާ އެކު ލިބުނު އުފަލާއި ހިތްހަމަޖެހުމެވެ. ބައެއް އެތުލީޓުން އައީ އާއިލާއާ ވެސް އެކުގަ އެވެ. އަނެއް އެތުލީޓުންގެ ވިސްނުމަކީ މުބާރާތަށް ފަހު އާއިލާއާ އެކު ޗުއްޓީި އަށް އެނބުރި ރާއްޖެ އައުމެވެ.

ހަމަޔަގީނުން ވެސް ދުނިޔޭގެ އެތައް ގައުމެއްގައި މަގުބޫލު ކުޅިވަރުގެ މަޝްހޫރު އެތުލީޓުން ސޯޝަލް މީޑިއާގައި ފޮލޯކުރާ އެތައް ފޮލޯވަރުންނަށް މި މަންޒަރު ފެންނާނެ އެވެ. އެކަމުގެ ސަބަބުން ރާއްޖެ އަނެއްކާވެސް މަގުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ވާނެ އެވެ.

ގިނަ ބައެއްގެ ބުރަ މަސައްކަތުން ހަގީގަތަކަށްވި ވިޒިޓް މޯލްޑިވްސް ޕްރޯއާ އެކު ހުޅުވިގެން މިދަނީ ގިނަ ގުނަ ފުރުސަތުތަކެކެވެ. މި ފުރުސަތުތަކާ އެކު ރާއްޖޭގެ ބޮޑީބޯޑިން އެހެން ހަރުފަތަކަށް ކުރިއަށް ޖެހިލާނެ އެވެ. ރާއްޖޭގެ ބޯޑަރުންނަށް އާ އުއްމީދަކާއި ހިތްހަމަޖެހުމެއް ލިބޭނެ އެވެ. ބޭނުންވާ ކާމިޔާބީ ހޯދުމަށް އެ ބޯޑަރުންނަށް އިތުބާރާއި ޔަގީންކަން ލިބޭނެވެ. މޯލްޑިވްސް ޕްރޯއާ އެކު ދިވެހި ބޮޑީބޯޑިންގެ ކުރިމަގު ވަރުނުލާ ރާޅުގަނޑުން ބޭރަށް ނުކުމެ ދުނިޔޭގެ އެކި ގައުމުތަކުގައި އުދުހިލަން މިއޮތީ ފުރުސަތު ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox