އޭޝިއަން ބޮޑީބޯޑިން ފެޑެރޭޝަންގެ އޮފީސް ރާއްޖޭގައި ހުޅުވޭތޯ މަސައްކަތް ކުރަނީ

Jul 24, 2022, 11:12 AM
އައިބީސީގެ ސީއީއޯ ގްލެން (ކ) އާއި އެމްބީބީއޭގެ ރައީސް ފުކޫ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އައިބީސީގެ ސީއީއޯ ގްލެން (ކ) އާއި އެމްބީބީއޭގެ ރައީސް ފުކޫ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭޝިއަން ބޮޑީބޯޑިން ފެޑެރޭޝަން (އޭބީސީ)ގެ އޮފީސް ރާއްޖޭގައި ހުޅުވުމާއި ގުޅޭގޮތުން އިންޓަނޭޝަނަލް ބޮޑީބޯޑިން ކޮންފެޑެރޭޝަން (އައިބީސީ)އާ އެކު މަޝްވަރާކޮށްފި އެވެ.

ސަރަހައްދީ ބޮޑީބޯޑިންގެ ފުރުސަތުތަކުގެ ދޮރު ރާއްޖެ އަށް ހުޅުވިގެންދާނީ އަންނަ ހޮނިހިރު ދުވަހު މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް ޕްރޯ"އާ އެކުގަ އެވެ. މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނައިރު، މުބާރާތުގައި ވާދަކުރާ އެތުލީޓުން މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ. މީގެ އިތުރުން މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓެކްނިކަލް ޓީމުގެ މެންބަރުންވެސް ރާއްޖެ އަންނަމުން އެބަ ދެ އެވެ.

އެ ގޮތުން އިންޓަނޭޝަން ބޮޑީބޯޑިން ކޮންފެޑެރޭޝަންގެ ސީއީއޯ އަދި އައިބީސީ ވޯލްޑް ޓުއާ މެނޭޖަރު ގްލެން ކުއެވޭސް މިހާރު ހުރީ ރާއްޖޭގަ އެވެ. އޭނާ ވަނީ މުބާރާތުގެ ތައްޔާރީތައް ބަލާލައި މުބާރާތުގެ އިންތިޒާމްތަކާ މެދު ހިތްޖަމަޖެހުން ވެސް ފާޅުކޮށްފަ އެވެ.

ގްލެންގެ މި ދަތުރުގައި ކުރިއަށްދިޔަ އެންމެ މުހިންމު އެއް ކަމަކީ ބޮޑީބޯޑިން އިން ރާއްޖެ އަށް ބައިނަލްއަގްވާމީ މައިދާނުގައި ހުރި ފުރުސަތުތައް ދެނެގަނެ އެކަންކަން މަގު ފަހި ކުރުމެވެ.

ދާދިފަހު ކުޅިވަރާ ބެހޭ ވަޒީރު، މަހުލޫފު ވެސް ވަނީ ގްލެން އާ ބައްދަލުކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ އެކި އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުއިރު، ފުރުސަތު ލިބިއްޖެ ނަމަ އޭޝިއާ ސަރަހައްދުގެ މައި އޮފީސް ރާއްޖޭގައި ހުޅުވުމަށް ތައްޔާރަށް އޮތްކަމަށް މިނިސްޓަރު މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.

އެމްބީބީއޭގެ އިސް ވެރިންނާއި ގްލެން އަދި ކުޅިވަރާބެހޭ ވުޒާރާގެ އިސް ފަރާތްތައް ބޭއްވި ބައްދަލުވުމުގެ ތެރެއިން.---

ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަންގެ އިސްވެރިންނާ އެކު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް އައިބީސީ ވޯލްޑް ޓުއާގެ ލެގެއް ރާއްޖެ އަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.

ގްލެން ވަނީ އެމްބީބީއޭއިން މެދުނުކެނޑި މިދިޔަ ދޮޅު އަހަރު ކުރި މަސައްކަތް ފާހަގަކޮށް ރާއްޖޭގެ އެތުލީޓުންގެ ކުރިއެރުމަށް ކުރެވެމުން އަންނަ މަސައްކަތަށް ތައުރީފުކޮށްފަ އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގައި ވާދަކުރުމަށް ދުނިޔޭގެ ޗެމްޕިއަނުން ރާއްޖެ އަށް އަންނަން ފަށާފައިވާއިރު، ބައިނަލްއަގްވާމީ އެތުލީޓުން މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އަންނަ ބުދަ ދުވަހުގަ އެވެ. މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ޓީމް ހޮވުމަށް ކުރިއަށް ގެންދިޔަ ޓްރަޔަލްތައް ނިމި ގައުމީ ޓީމު ވެސް އަންނަނީ މިހާރު ޕްރެކްޓިސްތައް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox