ވިޒިޓް މޯލްޑިވްސް ޕްރޯ އަކީ ރާއްޖޭގެ ބޮޑީބޯޑިންގެ ތާރީހީ ބަދަލެއްގެ ފެށުން: ގްލެން

Jul 24, 2022, 6:42 AM
އައިބީސީގެ ސީއީއޯ ގްލެން: އޭނާ ވަނީ ރާއްޖޭގައި ބާއްވާ ވިިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ މުހިންމު ވާހަކަ ތަކެއް ހިއްސާކޮށްފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އައިބީސީގެ ސީއީއޯ ގްލެން: އޭނާ ވަނީ ރާއްޖޭގައި ބާއްވާ ވިިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ މުހިންމު ވާހަކަ ތަކެއް ހިއްސާކޮށްފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ ހޮނިހިރު ދުވަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް ޕްރޯ" އަކީ ރާއްޖޭގެ ބޮޑީބޯޑިން އަށް އަންނަ އިންގިލާބީ ބަދަލުގެ ފެށުންކަމަށް އިންޓަނޭޝަނަލް ބޮޑީބޯޑިން ކޮންފެޑެރޭޝަން (އައިބީސީ)ގެ ސީސީއޯ ގްލެން ކުއެވޭސް ބުނެފި އެވެ.

މި މަހު 29 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހަށް މާލޭގައި އޮންނަ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022"ގައި ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުންނާ އެކު ރާއްޖޭގެ ބޮޑީބޯޑަރުން ވެސް ވާދަކުރާނެ އެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، މި މުބާރާތަށް އަންނަ މަޝްހޫރު ބޮޑީބޯޑަރުންވެސް މިހާރުވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ. އެ ގޮތުން ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޒަބެލާ ސޫސާ އިއްޔެ ވަނީ ރާއްޖެ އަތުވެފަ އެވެ.

އިޒަބެލާ އާއިއެކު އައިބީސީގެ ސީއީއޯ އަދި ވޯލްޑް ޓުއާ މެނޭޖަރު ގެލެން ކުއެވޭސް ވަނީ ރާއްޖެ އައިސްފަ އެވެ. އޭނާ ވަނީ ވިޒިޓް މޯލްޑިވްސް ޕްރޯއަށް ވަމުން އަންނަ ތައްޔާރީތައްވެސް ބަލަލާފަ އެވެ.

ރާޅުގަނޑު ސަރަހައްދުގައި ހުރެ ވާހަކަދައްކަމުން ގްލެން ބުނީ ރާއްޖޭގައި އައިބީސީގެ އިވެންޓެއް ބޭއްވުމަކީ ލިބޭ ބޮޑު ފަހުރެއް ކަަމަށެވެ. އަދި މި އިވެންޓު މިހާ ހިސާބަށް ގެނައުމުގައި މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަނާ އެކު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވެސް ގްލެން ވަނީ ބުނެފަ އެވެ.

"ރާއްޖޭގައި އައިބީސީގެ އިވެންޓެއް ބޭއްވުމަކީ ލިބޭ ބޮޑު ފަހުރެއް، ބޮޑު ހިތްހަމަޖެހުމެއް މިއީ. މިއީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު އެމްބީބީއޭއާއިއެކު ކުރެވުނު މަސައްކަތުގެ ނަތީޖާ. އެމްބީބީއޭގައި ތިބީ މިކަމަށް ގާބިލް ޓިމެއް، ރަނގަޅު ވިސްނުމުގައި ކުރިއަށްދާން އިނގޭ ޓީމެއް. މި ކުޅިވަރު ކުރިއެރުވުމަށް ރަނގަޅު ޓީމެއް. މިއީ ތާރީޚި ހަރަކާތަކަށްވާނެ." އައިބީސީ ވޯލްޑް ޓުއާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގްލެން ބުންޏެވެ.

ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ މަސައްކަތަށް ތައުރީފު ކުރަމުން ގްލެން ބުނީ އައިބީސީ އިން ބޭނުންވި ގޮތަށް ހުރިހާ ކަމެއްވެސް ކުރިއަށްދާ ކަމަށެވެ. އަދި ތައްޔާރީތަކާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނެފައިވެ އެވެ.

"ރާއްޖޭގެ ތައްޔާރީތަކާ މެދު ވަރަށް ހިތްހަމަޖެހޭ. ބޭނުންވި ސްޕީޑުގައި ބޭނުންވާ ގޮތަށް އެބަދޭ ހުރިހާކަމެއް ވެސް. ކުރިން ބުނިހެން ވަރަށް ދުރާލާ ތައްޔާރުވިކަމެއްވީމަ، ކަންކަން ރަނގަޅަށްދާނެކަމުގެ އިތުބާރު އެބައޮތް. މިއީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅައިގެން ކުރިއަށް ގެންދެވޭނެކަމެއް. ކުރިއަށް އޮތްތާނގައި ރާއްޖޭގައި ބާއްވާ ސެޓްފިކޭޝަން ކްލިނިކްތަކާއި އިތުރު ކުރަން މަސައްކަތް ކުރާނަން،"

ދުނިޔޭގައި ތިބި އެންމެ މަޝްހޫރު ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތަކީ ދިވެހި ބޮޑިބޯޑަރުންގެ ކުރިއެރުމަށް ވަރަށް މުހިންމު މުބާރާތެކެވެ. ގްލެން ބުނީ މީގެ ދިހަ އަހަރު ކުރިން ޗިލީގައި އައިބީސީގެ މުބާރާތެއް އަލަށް ބޭއްވިއިރު، އެ ގައުމުގައި ތިބި އެތުލީޓުންގެ ލެވެލްއާ މިހާރު ތިބި އެތުލީޓުންގެ ލެވެލް ބޮޑުތަނުން ތަފާތު ކަމަށާއި، އެ ކަހަލަ ބަދަލެއް ރާއްޖެއިން ވެސް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އޭނާ ބުނީ އެތުލީޓުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ މީހުން ކައިރިން ކަންކަން ދަސްކޮށް ކުރިއެރުން ކަމަށާއި، ވިޒިޓް މޯލްޑިވްސް ޕްރޯ އަކީ ރާއްޖޭގެ ބޮޑީބޯޑިންގެ އިންގިލާބީ ބަދަލުގެ ފެށުމަށް ވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

"އަހަރުމެން މީގެ 10 އަހަރު ކުރިން ޗިލީގައި އަހަރުމެން މުބާރާތް އަލަށް ބޭއްވީ. އޭރުގެ އެގައުމުގެ ލެވެލްއާ މިހާރުގެ ލެވެލްއަށް ބަލާއިރު ބޮޑު ތަފާތެއް އެބަފެނޭ. މިހާރު ގަދަ 24 ގައި އެބަތިބި ޗިލީގެ 8 ބޮޑީބޯޑަރުން. ހަމަ އެގޮތަށް ސައުތު އެފްރިކާ ވެސް. އަހަރެން އުއްމީދު ކުރަނީ އެކަހަލަ ބަދަލެއް ރާއްޖޭގެ ބޮޑީބޯޑިން އަށް ވެސް އަންނާނެ ކަމަށް. އެ ވަރުގެ ތަފާތެއް ފެންނާނެ ކަމަށް. އިންގިލާބީ ބަދަލެއްގެ ފެށުން މިއީ ރާއްޖެ އަށް." އައިބީސީގެ އިތުރު އިވެންޓުތައް ރާއްޖެއަށް ގެނައުމުގެ ވިސްނުމުގައި ހުރި ގްލެން ބުންޏެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ ބައިވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަރުހަބާ ކިޔަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ އަކީ އޭޝިއާ ސަރަހައްދުގައި ބައްވާ އައިބީސީ ވޯލްޑް ޓުއާގެ ފުރަތަމަ އިވެންޓެވެ. އެހެންކަމުން، މިއީ މި ސަހަރައްދަށް މި ކުޅިވަރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގްލެން ސިފަކުރި އެވެ.

ގްލެން ބުނީ ރާއްޖޭގައި މި ބާއްވާ މުބާރާތަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑީބޯޑިން އަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބޭ ބޮޑު ބާރެއް ކަމަށެވެ.

"އަހަރުމެންނަށް ވަރަށް މުހިންމު މުޅި ދުނިޔެ އަށް މި ކުޅިވަރު ފުޅާކުރަން. އެ ގޮތުން ރާއްޖެ އަށް މި އިވެންޓު ގެނައުމަކީ އެ މަސައްކަތަށް އެޅުނު ބޮޑު ފިޔަވަޅެއް. މި ގައުމުގެ ސަގާފަތާއި އަމިއްލަ ވަންތަކަ ކަމަކީ މި ކަހަލަ އިވެންޓެއް ބާއްވާއިރު ވަރަށް ބޮޑު ތަފާތަކަށް ވާނެ."

މުބާރާތުގައި ހަތަރު އިވެންޓެއް ކުރިއަށްދާނެ އެވެ. އެއީ ޖޫނިއާ ޑިވިޝަން، އޯޕަން ބައިގެން އަންހެން އަދި ފިރިހެން ޑިވިޝަންގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީ އެވެ. 29 ޖުލައިގައި މުބާރާތް ފަށާނީ ކޮން އިވެންޓަކުންކަން ނިންމާނީ އެ ދުވަހުގެ މޫސުމާއި ރާޅުގެ ހާލަތަށް ބަލާފައިކަމަށްވެސް ގްލެން ބުންޏެވެ.

ގްލެން ވަނީ ރާއްޖެ ކަހަލަ ގައުމެއްގައި މިވަރުގެ މުބާރާތެއް ބާއްވަން އެންމެ ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ. މިގޮތުން ސަރުކާރާއި ކަމާ ގުޅުންހުރި ވުޒާރާތަކުން ކުރި މަސައްކަތާއި، އެމްބީބީއޭއިން ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްވެސް އޭނާ ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox